Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޕީއެލް

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

ޚާއްސަ އެހީ އަށް ބޭނުންވާ އައްޑޫ ސިޓީގެ 20 މީހަކަށް އެމްޕީއެލް އިން ވަޒީފާ ދެނީ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 03:22
އެމްޕީއެލުން ވަޒީފާ ދިން ޚާއްސަ އެހީއަށް ބޭނުންވާ 20 އައްޑޫ ސިޓީން މާލެ އައުމުން އެއާޕޯޓްގައި މަރުހަބާ ކިޔަނީ

އެމްޕީއެލުން ވަޒީފާ ދިން ޚާއްސަ އެހީއަށް ބޭނުންވާ 20 އައްޑޫ ސިޓީން މާލެ އައުމުން އެއާޕޯޓްގައި މަރުހަބާ ކިޔަނީ

ފާޑު ކިއުމަކީ މައްސަލައެއް ނޫން ކަމަށާއި ފާޑުކީ ކަމުގައިވީ ނަމަވެސް އެމްޕީއެލް އިން އަމަލު ކުރާނީ އޮންނަ އުސޫލުތަކާ ގަަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އުސޫލުތައް ތަންފީޒުކުރުމުގެ ގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހުޅުވާލުމުން ވަޒީފާއަށް ވަނުމަށް އައްޑޫ ސިޓީ އިން މާލެ އަންނަ 20 ކުދިންނަށް މަރުހަބާ ދެއްނެވުމަށް ވެލާނާ އެއާޕޯޓުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ، އެމްޕީއެލް އިން މިވީ ދުވަސްތަކުގައި 300 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނީވެސް ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒު ކުރުމައި ކަމަށެވެ.

Advertisement - newsAdvertisement

ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ނަޝީދު ދާދިފަހުން ސޯޝަލް މީޑިޔާގައި ޖުނެއިދުގެ އިސްތިއުފާއަށް ގޮވާލި ގޮވާލެއްވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ފާޑު ކިއުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ފާޑު ކިޔުންތަކުގެ ސަބަބުން އޭނާ އަށް ލިބޭނީ އިތުުރު ކުރިއެރުން ކަމަށެވެ. އަދި އެމްޕީއެލްގެ ތެެރެއިން ކަންކަން ކުރުމާއި އަބަދުވެސް އޮންނަ އުސޫލަށް ތަބާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުން ޚާއްސަ އެއީއަށް ބޭނުންވާ ކުދިންނަށް ވަޒީފާ ދިނުމުގެ މަސައްކަތާއި ގުޅޭ ގޮތުން ޖުނައިދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިިއްޔާގެ އިސްނެންގެވުމުގެ ދަށުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާާއި އެފަަދަ ކުދިންނަށް އެހީވެ އަޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.

އައްޑު ސިޓީން މާލެ އައި 20 މީހުންނަށް އެމްޕީއެލް އިން ވަޒީފާ ދޭ އިރު އަދިވެސް އެމްޕީއެލްގެ އެހެން ސަރަހައްދު ތަކުންވެސް ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ވަޒީފާ ދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުނެއިދު ވަނީ ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެމީހުން ދިރިއުޅޭ ތަނެއްގައި ތިބެެގެން ވަޒީފާ ލިބިގެން ދިއުމުން އެފަދަ ފަރާތްތަކުގެ ދިރިއުޅުމަށް ރަގަޅު ބަދަލުތަކެއް އައިސްގެންދާނެ ކަން ފާހަގަކުރައްވާފަ އެވެ.

އެޕްއީއެލް އިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާ ދިނުމުގެ މަސައްކަތް ފަށާފައިވާ އިރު ދާދިފަހުން ވަނީ ފެނަކަ ކޯޕަރޭޝަނުންވެސް ޚާއްސަ އެހީ އަށް ބޭނުންވާ 100 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފަ އެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު