Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަ ސުރުޚީ

ތުއްތޮންބެއަށް ދެއްވި ވަރުގަދަ އީދު ހަދިޔާ

ހުކުމް ކުރީ 13 ވަނަ ދުވަހެއްގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 14:10
ރައީސް މައުމޫން މާލެއަށް ބާލަނީ

ރައީސް މައުމޫން މާލެއަށް ބާލަނީ

އެންމެ ބާރުގަދަ މަޤާމްތައް ދެއްވީ ކޮއްކޮއަށެވެ. އެންމެ މަޤާމެއް ދެ މަޤާމެއް ނޫނެވެ. އެއްފަހަރާ އެތައް މަޤާމެކެވެ. ފައިސާ އާއި ބާރުވެރިކަމާ ގުޅުންހުރި ވުޒާރާތަކުންނެވެ. ކުރުކޮށްފޮނިކޮށް ބުނަންޏާ ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ކޮއްކޯފުޅު ޔާމީން ގެންގުޅުއްވީ އަބަދުވެސް މަތިފަޑީގައެވެ. ސަރުކާރުގެ ނަގާކިޔާ އެންމެ އިސް މީހުންގެ ތެރޭގައެވެ. ކޮއްކޯފުޅު ޢަބްދުﷲ ޔާމީނަށް މީހުން ކުރާ ނަފްރަތާއި ދައްކާ ވާހަކަތަކުން ސަރުކާރަށް ކުރިމަތިވާ ގޮންޖެހުންތަކަށް ފަރުވާލެއް ބެހެއްޓެވުމެއް ނެތިއެވެ. ޔާމީނާ މެދު މީހުން ކުރަމުންދިޔަ ތުހުމަތުތަކަށް ބީރުކަންފަތެއް ދެއްވާފައެވެ. ހަމަ ކޮއްކޯފުޅަށް ޓަކައެވެ.

ޢަބްދުﷲ ޔާމީނަކީ މީހުންގެ ތާއީދު އޮތް ބޭފުޅެއް ކަމަށް ބުނާ މީހުން މަދެވެ. އެކަމަކު ޑީއާރުޕީގެ ތެރެ އިން ޓިކެޓް ނުލިބިދާނެކަން ކަށަވަރުވީމާ ހެއްދެވި ޕީޕީއެމް ތެރެއިން ޓިކެޓް ދެއްވާ ވެރިކަމަށް ގެންނެވުމުގައި ވެސް ރައީސް މައުމޫނު ނުޖައްސަވާ މަރުފައްޔެއް ނެތެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވީ ދުވަހު އެމަނިކުފާނު ކޮއްކޯފުޅަށްޓަކައި ވަޑައިގެން ކެމްޕެއިނަށް އަރާވަޑައިނުގަންނަވާ ހަމަ އެންމެ ރަށެއް ވެސް ނެތެވެ. އެމަނިކުފާނަށް ކުރާ ޤަދަރާއި ކުރާ ސަޕޯޓަށްޓަކައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ނުކުރާ އާދޭހެއް ނެތެވެ.

ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށް ފަހު ޤާސިމް އިބްރާހީމްގެ ސަޕޯޓަރުން ޔާމީނަށް ފިރުކާލަން ވަޑައިގެންނެވީ ވެސް ޚުދު ރައީސް މައުމޫނެވެ. ދެއަތަށް ކިރިކިރި ހުރި ޤާސިމްގެ ތާއީދު ހޯއްދެވީ ސީދާ ރައީސް މައުމޫން ކުނޫޒަށް ވަޑައިގެން އެދެއްކެވި ވާހަކަ ތަކުންނެވެ.

މިއަދު ނިކަން ބައްލަވާށެވެ. އެދެއްވީ ވަރުގަދަ ބަދަލެކެވެ. ހެޔޮކަމަކަށް އެދެއްވީ ހަމައެކަނި ކަޅުތެޔޮ ހަމެއް ނޫނެވެ. އެ އަށް ވުރެ ކުޑަ އަނދިރި ޖަލުގޮޅިއެކެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލުއަނިޔާ ލިބުނު ގަލޮޅު ކެނެރީގޭ ނަޝީދުގެ ހިތައް ވަންވަރުގެ ރަހުމެއް ވެސް އެއްލޭ ހިނގާ ކޮއްކޯފުޅު ޔާމީންގެ ހިތަކަށް ނުވަނެވެ.

ރައީސް މައުމޫނަށް ބުދަދުވަހު ކުރި ހުކުމް ވެގެން އެދިޔައީ މިޤައުމުގައި މިހާތަނަށް ކުރެވުނު އެންމެ އިބުރަތުން ފުރިގެންވީ އެއް ހުކުމަށެވެ. ހަމަގައިމު ވެސް ރައީސް ނާސިރުގެ ދައުރުގައި ރައީސް މައުމޫނު ޖަލަށްލީ ދުވަސް ވެސް މިއަދާ އަޅާކިޔާއިރު ބޭހަކަށް ވެސް ނުފުދޭނެއެވެ. ގައިބާރު ދެރަވެ ބަލިހާލު ބޮޑުވެ އުމުރުން ދުވަސްވެ އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުވި ދުވަހު އެމަނިކުފާނަށް އެކުރެއްވި ހުކުމަކީ އާދައިގެ ހުކުމެއް ނޫނެވެ. މައްސަލަ އިން ސަލާމަތްވެވަޑައިގަންނަވާން ޤާނޫނީ ވަކީލެއް ދިފާއީ ހެއްކެއް ހުށަހަޅާނެ ފުރުސަތެއް ނުލިބިއެވެ. ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ ރޭއަޅުކަމަށް ވެސް ވަގުތުކޮޅެއް ނުދީ އެތެޅުވީ ކުޑަކުޑަ ކޯޓު ރޫމު ތެރޭގައެވެ. ދަންވަރު ނިދިކުރައްވަން އޮއްވާ ހައްޔަރުކޮށްގެން ގެންދިޔަ ގޮތައް އެ ހުރަގެއިން ނުކުމެ ބޭރުތެރެއަށް ރަނގަޅަށް ނުކުމެލެވޭވަރުގެ ފުރުސަތެއް ވެސް ނުދީ ޖަލުގައި ބާއްވައިގެންނެވެ. ރެއެއް ދުވާލެއް، އަމުދުން ދަންވަރަށް ވެސް ނުބަލައި މައްސަލަ ނިންމާލައި ހުކުމް އެކޮށްލީ ހަމަ ފަޓާސް ބަރިއެއް ހެންނެވެ. ސީދާ ސާއަތަށް ފައްތާން، 13 ވަނަ ދުވަހެއްގައި ޚުލާސާ ބާޔާނާ އެކުއެކީގައި ޖަލުގޮޅިއަށް ހުކުމް އެކޮށްލީ ކުޑަ ވެސް ބަލާލުމެއް ނެތިއެވެ. ބަރަކާތްތެރި މަހެއްގައި އެމަހުގެ އެންމެ ބޮޑު އަޅުކަމުގައި ހުންނަވައިގެން ތިޔަ ކޮށްލި ހުކުމުން އިސްލާމީ ޝަރީއަތަށް ވެސް ހުތުރެވެ. އެ ދީނުގައިވާ މާތް އުސޫލުތަކާއި ރިވެތި ހަމަޔާއި އިންސާފް އެއްކިބާ ކުރީތީއެވެ. އީދަށް ކަތިލާ ކުކުޅުގަނޑެއްހެން އީދުގެ ކުރިން "ކަތިލާ އަޅާލީ" ވެރިކަމަށް ގެންނެވި ތުއްތޮންބެއެވެ. ކާށިކިބައެއް ލައިފައި މުޅީގައި ވެސް ކުކުޅު އީދު ދުވަހާ ހަމައަށް ބައިންދާ އުޅުނަސް އަވަސް އަރުވާލާފައި އެއް އަހަރާ ހަތްމަހާ ހަދުވަހުގެ ހުކުމެއް ތިޔަކޮށްލީ މަޝްހޫރު 13 ވަނަ ދުވަހާ ދިމާކުރާށެވެ.

ނޫނޭވާ އޯގާތެރިއެވެ. ތުއްތޮންބެއަށް ދެއްވޭނީ ދެން ތިޔަވަރުގެ އީދު ހަދިޔާއެކެވެ. އެހެން މީހަކު ކުރިން ތަހުނިޔާ ކިއާފާނެތީ އެޑްވާންސްކޮށް ތިޔަ ދެއްވީ އަގުހުރި އީދު ހަދިޔާއެކެވެ. ފެންކަޅި ކޮށްލާނެ އަސަރުގަދަ އީދު ހަދިޔާއެކެވެ. ރައީސް ޔާމީނަށް ހަމަ އައްސަރި ބަހުން ސާބަހެވެ. ގާތުގައި ތިބި ކުދިންކޮޅު މިހާރު ހީނހީނފައި ބާރަށް އަތްޖަހާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު