Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ސަރުކާރުން ތާއީދު ދައްކަން ބާއްވާ އެއްވުންތަކަށް މަޖުބޫރުން މީހުން ދާ ކަމަށް ތުހްމަތު ކުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2017 | އާދީއްތަ 04:44
ރައީސް ޔާމިނަށް ތާއިދު އޮތްވަރު ދައްކާލަން ބޭއްވި އެއްވުމުގެ ތެރެއިން

ރައީސް ޔާމިނަށް ތާއިދު އޮތްވަރު ދައްކާލަން ބޭއްވި އެއްވުމުގެ ތެރެއިން

ރައީސް އަބްދުﷲ ޔާމިނަށް އޮތް ތާއިދު ކުޑަވެ އާންމުންގެ ނަފުރަތާއި ހަޅޭކުގެ އަޑު ގަދަ ވެފައިވާ މި ދަނޑިވަޅު ޕީޕީއެމް އިން ވަނީ އެމަނިކުފާނަށް އޮތް ތާއިދު ދައްކާލަން ހަރަކާތްތަކެއް ފަށާފަ އެވެ. އެހެން ނަމަވެސް އެއިން ރައީސް ޔާމިނަށް އޮތް ތާއިދަށް ވުރެ ބޮޑަށް ފެނުނީ ރައީސް ޔާމީނާމެދު މީހުންގެ ހިތްހަމަ ނުޖެހިފައިވާ މިންވަރެވެ. ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ޕީޕީއެމްގެ އެއްވުންތަކަށް ނެރޭކަން އިތުރަށް ހާމަވީ އެވެ.

ރައީސް ޔާމިން އަށް އޮތް ތާއީދު ދައްކާލަން ކުރި ކަމަކީ ރާއްޖޭގެ ވަކި ރަށްތަކަށް ގޮސް ހިނގާލުމެއް ބާއްވާލީ އެވެ. ނޫނީ ސައިކަލާއި ކާރުތަކުގައި ނިކުމެ ހަވީރު ފިނި ބުރެއް ޖަހާލީ އެވެ. ޕީޕީއެމް އިން ބުނާ ގޮތުން ނަމަ މިއީ 2018 އަށް ކުރާ ކެމްޕެއިން ދަތުރުތަކެއް ނޫނެވެ. ތާއީދު ދައްކާލަން ހިންގާ ހަރަކާތްތަކެކެވެ. ނަމަވެސް ތިކުރާ ކަމަކުން އަދި ތާއިދެއް ނުފެނެ އެވެ.

ތާއިދު ދައްކާލަން ބޭނުން ނަމަ ތިއަށް ވުރެ ފަސޭހަ ގޮތެއް އެބަ އޮތެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ވީ އެވެ. އަދި އެއިން ކޮންމެ ނަތީޖާއެއް ނިކުތަސް ރައީސް ޔާމިން އިސްތިއުފާ ދެއްވާކަށް ޖެހިވަޑައިއެއް ނުގަންނަވާނެ އެވެ. އޭރުން ގައިމު ޕީޕީއެމް އިން ތިޔަ ރަށްތަކަށް ގޮސް ކުރާ ޚަރަދުތައް ކުރާކަށް ނުޖެހޭނެ އެވެ. އަދި އެހެންމެ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައިގެން ނެރެނީ ކަމަށް ބުނެ އޮޅުވާ އިލްޒާމުން ވެސް ބަރީއަ ވެވޭނެ އެވެ. ގައިމުވެސް ރައީސް ޔާމިންނަށް އޮތް ތާއީދު ކޮންމެހެން ދައްކާކަށް ބޭނުމެއް ނޫނޭ އެކަން 2018 ގައި އިނގޭނެ އޭ މިހާރު ޕީޕީއެމް އަކަށް ނުބުނެވޭނެ އެވެ. ޕީޕީއެމްގެ އިސްވެރިން ރައީސް ޔާމިނަށް އޮތް ތާއިދު މީހުންނަށް ދައްކަވަން ބޭނުންވާކަން މިހާރު އެންމެނަށް ވެސް އެބަ އިނގެ އެވެ.

ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް އިދިކޮޅު ސިޔާސީ އިސްވެރިންގެ މައްޗަށް ނުއުފުލާވަރަށް މަނިކުފާނުގެ ވެރިކަމުގައި އުފުލި ޖިނާއީ ދައުވާތަކާ ގުޅިގެންނާއި ކޮށްފައިވާ ހުކުމްތަކުން މަނިކުފާނަށް ލިބުނީ ކިހާ ތާއީދެއްތޯ އޭރުން އެނގޭނެ އެވެ. ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކަށް ނެރުއްވި ޑރ. މުހައްމަދު ޖަމީލް ކުރެއްވި ބުރަ މަސައްކަތްޕުޅާ ނުލާ ރައީސް ޔާމިނަށް ލިބޭނެ ވޯޓު އޭރުން ފެންނާނެ އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދު ކުރާ އެންމެން ތިމަން މަނިކުފާނަށް ވޯޓު ދެއްވާށޭ ވިދާޅުވެ ކުރެއްވި ކެމްޕެއިނާ ނުލާ ލިބޭނެ ވޯޓުގެ ހިސާބެއް އޭރުން އެނގިވަޑައިގަންނަވާނެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިކުންނަވާ ރައްޔިތުންގެ ކިބައިން އާދޭސްނުކޮށް މަނިކުފާނަށް ލިބޭނެ ވޯޓެއް ނިކަން ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކަވާލައްވާށެވެ. ފާރިސް މައުމޫނާއި ސައުދު ހުސެއިންގެ ބޮލުގައި އަޅުވާފައިވާ ތުހްމަތުތަކާއެކު ޝަރީއަތްތައް ހިނގާއިރު އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުން ރައީސް ޔާމިނަށް ލިބޭނީ ކިތައް ވޯޓުތޯ ރައްޔިތުންގެ ގާތުން އައްސަވާށެވެ. ގާސިމް އިބްރާހިމަށް ޖައްސާފައިވާ ހާލާއެކު އދ. އަތޮޅުން 500 ވޯޓު ވެސް ރައީސް ޔާމިނަށް ލިބޭނެ ކަމަށް ނުފެންނައިރު އެއީ ކުށްހީއެއް ކަން ދައްކަވާށެވެ. މާލޭ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީން ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާއިރު އެ ތާއިދު އަނބުރާ ޔާމިނަށް ލިބުނު ކަމަށް ސިކުނޑި ގަބޫލެއް ނުކުރެ އެވެ. އެ ޝައްކު ރައްޔިތުންނަށް ފިލުވަދޭން ތިޔަހާ ބޭނުންވާނަމަ ތިޔަހެން ބާއްވާ ލޮރީ ބުރަކުން އެކަމެއް ނޭނގޭނެ އެވެ. ވޯޓަކަށް ވަޑައިގަންނަވާށެވެ.

ރައީސް ޔާމިނަށް އޮތް ތާއިދު ދައްކާލާން ހދ. ކުޅުއްދުއްފުށީގައި ބޭއްވި ހަރަކާތުގައި މީހުންނާއި އެއްވަރަށް ކާރު އޮތްއިރު އޭގެ ތެރެއިން ގިނަ ކާރުގައި އިނީ ހަމަ އެކަނި ޑްރައިވަރު ކަމަށް އެބަ ބުނެ އެވެ. އެއީ ހަގީގަތެއް ނޫންކަން ސާފުކޮށްދޭން އަނެއްކާ ވެސް އިތުރު މަސައްކަތެއް ކުރާން ޖެހުނީ އެވެ. އައްޑޫ ސިޓީގައި ނިކުމެ ތިބި ކަސްޓަމްސްގެ މުވައްޒަފުންނަކީ ހިތުން ރުހުމުން ނިކުން ބައެއް ނޫން ކަމަށް އެބަ ބުނެ އެވެ. ގދ. ތިނަދޫ އާއި ފުވައްމުލަކު ސިޓީގައި ނިކުން މީހުންގެ ދެބައި ކުޅައި އެއްބަޔަކީ ސަރުކާރުގެ މުވައްޒަފުން ކަމަށް ބުނާ ވާހަކައިގެ ހަގީގަތް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.

އަނެއް ކަމަކީ 200 މީހުން އެއްވެ ފޮޓޯއެއް ނެގުމުން ވެސް ފޮޓޯއަށް އެއީ ބައިވަރު ކަމަށް ހީވެދާނެ އެވެ. ނަމަވެސް އެއީ ހާހުން ގުނާލެވޭ އާބާދީއެއްގައި ވޯޓުލާ މީހުންގެ ނިސްބަތުން ކިހާ ކުޑަ ޕަސެންޓެއްކަމާމެދު ވިސްނާލަބަލާށެވެ.

ތާއިދު ތިޔަ ގޮތަކަށް ނުދެއްކޭނެ އެވެ. ތާއިދު އޮތްވަރު ދައްކާލަން ބޭނުން ނަމަ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ވޯޓުގެ އުސޫލަށް ވަޑައިގަންނަވާށެވެ. އެހެން ނޫނަމަ ތާއިދު ދައްކަން ކުރާ ދަތުރެއް ކަމަށްބުނެ ތިޔަ ދަތުރުތައް ކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު