Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު

ސަރުކާރާ ގުޅުންހުރި މީހަކަށް އިންޑިއާއަކަށް ދެން ނޭރޭނެ، އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ: ނަޝީދު

ރައީސް ޔާމީން އެކަނިވެވަޑައިގަންނަވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 ޖޫން 2018 | ބުރާސްފަތި 11:30
ރައީސް ނަޝީދު: ބޭރު ޤައުމުތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެ

ރައީސް ނަޝީދު: ބޭރު ޤައުމުތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ދެން އިންޑިއާއަށް ނޭރޭނެ ކަމަށާއި އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

އެމްޑީޕީގެ ދާއިރާތަކުގެ މަޖިލިސްތައް ފެށުމަށް ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން މިއަދު އުޅެމުންދަނީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ކަމަށާއި ރާއްޖޭގެ ކަންކަމާ ގުޅިގެން ބޭރުގެ ގައުމުތަކުން ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނިކޮށް ފެނިގެން މިދިޔައީ ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު ރަށު ބަންދަށް ބަދަލުވެގެން ދިޔަތަން ކަމަށެވެ. މިފެންނަނީ ބޭރުގެ ޤައުމުތަކުން ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ދިވެހި ވެރިކަމުގެ ނިޒާމާއި ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ބޭރު ޤައުމުތަކުން އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ. މިރާއްޖޭގެ ކަންކަމާ މެދު އެ ޤައުމުތަކުން އަބަދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު މިވަނީ އިންޑިއާ އިން ދިވެހި ރާއްޖޭގެ ވެރިކަމާ ގުޅޭ އެއްވެސް ބޭފުޅަކަށް އިންޑިއާއަށް ނޭރޭނެ ކަމަށް ނިންމާފައި ކަމަށާއި އިންޑިއާ އިން ޓްރެވަލް ބޭން ކަނޑައަޅައިފި ކަމަށެވެ. އަޅުގަނޑުމެންނަށް މިއަދު އެތަން ފެނިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ "މިކަން" ނިމޭނީ އިންޑިއާގެ އިތުރުން އީޔޫ އާއި އެމެރިކާ އަދި އދ. އިން ވެސް ފިޔަވަޅު އަޅައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އެކަނިވެވަޑައިގަންނަވާނެ ކަމަށާއި ޖެހިވަޑައިގަންނަވާނީ ދޫދެއްވަން ކަމަށެވެ.

ރައީސް ނަޝީދު ވަނީ މި ސަރުކާރުގެ އިސްވެރިންނަށް އަޅާ ފިޔަވަޅުތަކަކީ ހަމަ ހައްގު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އިންޑިއާ އިން ވެސް އަޅާނެ ކަމަށާއި ޕީޕީއެމް ސަރުކާރުގެ އިސް ލީޑަރުންނަށް އެ އަޅާ ފިޔަވަޅުތަކަކީ ހަމަ ހައްގު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ހާލުގައި ޖައްސާފައި އެބޭފުޅުން ތަންތަނަށް ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

22 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު