Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފީރު އަތުލް ކޭޝަޕް

އެމެރިކާގެ ސަފީރު ކޭޝަޕް ރާއްޖެޓީވީއަށް ޒިޔާރަތްކުރައްވައިފި

6 ޖޫން 2018 | ބުދަ 10:53

ސަފީރު ކޭޝަޕް ވަނީ ރާއްޖެ ޓީވީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 6 ޖޫން 2018 | ބުދަ 10:53
ސަފީރު އަތުލް ކޭޝަޕް ރާއްޖެ ޓީވީގެ މުވައްޒަފުންނާ އެކު

ސަފީރު އަތުލް ކޭޝަޕް ރާއްޖެ ޓީވީގެ މުވައްޒަފުންނާ އެކު

އެމެރިކާއިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ރާއްޖެޓީވީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރާއްޖެ ޓީވީ އިން ސަފީރު ކޭޝަޕްއަށް މަރުހަބާ ދެންނެވީ ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަލީމް އާއި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސައިން ފިޔާޒް މޫސާ އަދި ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރުންނާއި އެހެނިހެން އިސް ވެރިންނެވެ.

ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަލީމް، ސަފީރު އަތުލް ކޭޝަޕްއަށް މަރުހަބާ ދަންނަވަނީ

ބުދަ ދުވަހުގެ މެންދުރު ރާއްޖެޓީވީއަށް ޒިޔާރަތް ކުރައްވާ، ސަފީރު ކޭޝަޕް ވަނީ ރާއްޖެ ޓީވީ އާއި ރާއްޖެއެމްވީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވާފައެވެ. ސަފީރު ވަނީ ރާއްޖެ ޓީވީގެ ނިއުސްރޫމާއި، ސްޓޫޑިއޯތައް ވެސް ބައްލަވާލައްވާފައެވެ.

ސަފީރު ކޭޝަޕް ރާއްޖެ ޓީވީގެ އިމާރާތް ބައްލަވައިލެއްވުން

ރާއްޖެ ޓީވީއަށް ކުރެއްވި ޒިޔާރަތުގައި، ސަފީރު ކޭޝަޕް ވަނީ ރާއްޖެ ޓީވީއަށް އެކްސްކްލޫސިވް އިންޓަރވިއުއެއް ވެސް ދެއްވާފައެވެ. މި އިންޓަރވިއުގައި ރާއްޖޭގެ މަސްރަހާއި، އެމެރިކާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ސަފީރު ވާހަކަ ދެއްކެވިއެވެ.

މި އިންޓަރވިއު ރާއްޖެ ޓީވީއިން ބުދަ ދުވަހުގެރޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ ޓީވީއަށް ސަފީރު ކޭޝަޕް ކުރެއްވި ޒިޔާރަތުގައި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަލީމް ވަނީ ސަފީރަށް ޚާއްސަ ގަލަންކޮޅެއް ހަދިޔާ ކުރައްވާފައެވެ.

ރާއްޖެ ޓީވީގެ ފަރާތުން ސަފީރު ކޭޝަޕްއަށް ގަލަންކޮޅެއް ހަދިޔާ ކުރުން

ސަފީރު ކޭޝަޕް ރާއްޖެ ޓީވީއަށް ކުރެއްވި މި ޒިޔާރަތުގައި އެމެރިކާ އިން ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ޚާއްސަކޮށް، ސްރީލަންކާގެ ކޮލަމްބޮގައި ޤާއިމްކޮށްފައިވާ އެމްބަސީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

އަންގާރަ ދުވަހު ކޭޝަޕް ވަނީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ރޯދަ ވީއްލުމެއް ވެސް ދެއްވާފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
12 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!
02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް