Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެޓީވީއަށް އިންޒާރުދިނުން

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

ފުލުހުން ބުނަނީ ތަހުގީގު ދަނީ ހަމަ ކުރިއަށްކަމަށް، އިތުރު ކޮމެންޓެއް ކުރާކަށް ބޭނުމެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 15:07
ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ ރައްޔިތުން ބޭއްވި މުޒާހަރާ ކަވަރުކުރަން ރާއްޖެޓީވީގެ ޓީމް ދާން އުޅުމުން، ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، ސްޓޭޝަނަށް ގެއްލުން ދޭނެ ކަމަށް ބުނި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުދަ ދުވަހު ވިދާޅުވީ ރާއްޖެޓީވީ ނޫސްވެރިންނަށާއި ސްޓޭޝަނަށް އިންޒާރުދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް ފޯނުން ގުޅައި އިންޒާރުދިން ފަރާތްތަކުން ބުނެފައިވަނީ ފ. އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅަށް "ރާއްޖޭޓީވީގެ ބަޔަކު އަރައިފި ނަމަ ފުނޑާލާނަން" ކަމަށެވެ.

މި މާރޗު މަހުގެ ދެވަނަ ދުވަހު، އެތައް ފަހަރެއްގެ މަތިން ރާއްޖޭޓީވީއަށް ފޯނުންގުޅައި އިންޒާރު ދިން ފަރާތްތަކުން ބުނެފައިވަނީ "ތިތަނުގެ ބަޔަކު މިކޮޅަށް އަންނަން އުޅޭކަން އެނގޭ ކަމަށާއި، އަންނަ ގަޑިޔާ ހުރިހާ މައުލޫމާތެއް ވަނީ ލިބިފައި" ކަމަށެވެ. ވަރަށް ހަޑި ހުތުރުބަހުން މުޢާމަލާތް ކުރަމުން އެ ފަރާތުން ބުނެފައިވަނީ "އަތު ޖެހިއްޖެއްޔާ މަރާލާނަން" ކަމަށެވެ.

މަރުގެ އިންޒާރު ދިން ނަމަވެސް، ރާއްޖެޓީވީން ފ. އަތޮޅަށް ގޮސް މުޒާހަރާ ކަވަރުކޮށްފައިވެ އެވެ.

ރާއްޖެޓީވީން ބުނެފައިވަނީ ސްޓޭޝަނުގެ ނޫސްވެރިނަށް މަރުގެ އިންޒާރުދީ ބިރުދެއްކި ނަމަވެސް، ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެ ސްޓޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ރާއްޖެޓީވީއަށް އިންޒާރުދީފައިވާ އިރު ފ. އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅު ނިލަންދޫއަށް ދިޔަ ދެ އެހެން ނޫސް އެޖެންސީއެއްގެ ދެ ނޫސްވެރިޔަކަށް ބަޔަކު އިންޒާރުދިނުމުގެ ސަބަބުން ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު