Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީއަށް އިންޒާރު ދިނުން

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!

އެމައްސަލާގައި މީހަކު ހައްޔަރު ނުކުރިނަމަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 12:01
ރާއްޖޭޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި ނޫސްވެރިޔާ އަޒްމޫން އަހުމަދު ފުލުހުންގެ އިދާރާއަށް ވަންނަނީ

ރާއްޖޭޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި ނޫސްވެރިޔާ އަޒްމޫން އަހުމަދު ފުލުހުންގެ އިދާރާއަށް ވަންނަނީ

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ ރައްޔިތުން ބޭއްވި މުޒާހަރާ ކަވަރުކުރަން ރާއްޖެޓީވީގެ ޓީމް ދާން އުޅުމުން، ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، ސްޓޭޝަނަށް ގެއްލުން ދޭނެ ކަމަށް ބުނި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާގެ މީޑިއާ އޮފިޝަލް އާދިއްތަ ދުވަހު ވިދާޅުވީ ރާއްޖެޓީވީ ނޫސްވެރިންނަށާއި ސްޓޭޝަނަށް އިންޒާރުދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް ފޯނުން ގުޅައި އިންޒާރުދިން ފަރާތްތަކުން ބުނެފައިވަނީ ފ.އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅަށް "ރާއްޖޭޓީވީގެ ބަޔަކު އަރައިފިނަމަ ފުނޑާލާނަން" ކަމަށެވެ.

މި މާރޗު މަހުގެ ދެވަނަ ދުވަހު، އެތައް ފަހަރެއްގެ މަތިން ރާއްޖޭޓީވީއަށް ފޯނުންގުޅައި އިންޒާރު ދިން ފަރާތްތަކުން ބުނެފައިވަނީ "ތިތަނުގެ ބަޔަކު މިކޮޅަށް އަންނަން އުޅޭކަން އެނގޭ ކަމަށާއި، އަންނަ ގަޑިޔާ ހުރިހާ މައުލޫމާތެއް ވަނީ ލިބިފައި" ކަމަށެވެ. ވަރަށް ހަޑި ހުތުރުބަހުން މުޢާމަލާތް ކުރަމުން އެ ފަރާތުން ބުނެފައިވަނީ "އަތު ޖެހިއްޖެއްޔާ މަރާލާނަން" ކަމަށެވެ.

މަރުގެ އިންޒާރު ދިން ނަމަވެސް، ރާއްޖެޓީވީން ފ. އަތޮޅަށް ގޮސް މުޒާހަރާ ކަވަރުކޮށްފައިވެ އެވެ.

ރާއްޖެޓީވީން ބުނެފައިވަނީ ސްޓޭޝަނުގެ ނޫސްވެރިނަށް މަރުގެ އިންޒާރުދީ ބިރުދެއްކި ނަމަވެސް، ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެ ސްޓޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ރާއްޖެޓީވީއަށް އިންޒާރުދީފައިވާ އިރު ފ. އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅު ނިލަންދޫއަށް ދިޔަ ދެ އެހެން ނޫސް އެޖެންސީއެއްގެ ދެ ނޫސްވެރިޔަކަށް ބަޔަކު އިންޒާރުދިނުމުގެ ސަބަބުން ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު