Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ އަތޮޅު ވިއްކާލުން

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

ސައުދީ އަކީ މުސްލިމް ގައުމެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުނުކޮށް ނުތިބެވޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 27 ފެބުރުއަރީ 2017 | ހޯމަ 03:50
ސައުދީ ރަސްގެފާނު ސަލްމާނާއި ރައީސް ޔާމީން

ސައުދީ ރަސްގެފާނު ސަލްމާނާއި ރައީސް ޔާމީން

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅުން ކަމަށް އެމްޑީޕިގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އަމްރު ވިދާޅުވީ ސަރުކާރުން ފ. އަތޮޅު ސައުދީ އަރަބިއްޔާއަށް ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު ސައުދީ އަކީ މުސްލިމް ގައުމެއްކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުނުކޮށް ނުތިބެވޭނެ ކަމަށެވެ. ސައުދީގައި ކެސީނޯތައް ހިންގުން މަނާ ވިޔަސް، އެގައުމުގެ ޝާހީ އާއިލާތަކުން އެމެރިކާގައި ކެސީނޯތައް ހިންގަމުން ދާކަމުގެ މައުލޫތުލިބިފައިވާ ކަމަށާއި ފ.އަތޮޅު ސައުދީއަށް ވިއްކާލުމަށް ފަހު އެއަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންކަހަލަ ޕްރެޖެކްޓެއްކަން ސަރުކާރުން ހާމަކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

"ސައުދީގެ ޕްރިންސެއް މީހަކު ރޭޕްކުރާކަމުގެ ވާހަކައާއި، އެފަދަ ވާހަކަތަކަކީ ދެކެވޭ ވާހަކަތައް. އެހެންކަމުން އެފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ސައުދީގެ ކަންކަން ފާހަގަކުރެވެނީ" ހުސެއިން އަމްރު ވިދާޅުވިއެވެ.

ދުނިޔޭގެ ޤައުމުތަކުގައި ބިމާއި ގުޅޭ ގޮތުން ބޮޑެތި ހަނގުރާމަތައްވެސް ކޮށްފައިވާކަން ފާހަގަކޮށް އަމްރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުގައި ބިންތަކަށް ތޮޅޭއިރު، ފ. އަތޮޅު ވިއްކާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

އަމްރު ވިދާޅުވީ ދިވެހި ރައްޔިތުން ބަނޑަށް ޖެހިފައި ނުވާއިރު ބިންތައް އެގޮތަށް ވިއްކަން ނުޖެހޭނެ ކަމަށާއި މިދާ ގޮތަށް ދާކަމުގައި ވާނަމަ ގްރީކަށް ވެގެން ދިޔަ ގޮތަށް ރާއްޖެ ވެސް ބަނގުރޫޓް ވެގެންދާނެ ކަމަށެވެ. ރާއްޖެ ބަނގުރޫޓް ނުވާނަމަ ބިންތައް ވިއްކަން ޖެހޭ ހާލަތަށް ދާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފ. އަތޮޅު ބައްލަވައިގަތުމާ ގުޅޭ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ. އެކަމަށް ބާރުލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންވެސް ވާހަކަދައްކަވާފައިވާއިރު، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މެމްބަރުންވެސް ގެންދަވަނީ އެކަމަށް ބާރުލިބިދޭގޮތަށް ވާހަކަދައްކަވަމުންނެވެ. މިހާތަނަށްވެސް އެކަން ދޮގުކޮށް ރަސްމީ ގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ތޭވީސް ރަށާއި، ރީތި ފަރުތަކާއި، ފިނޮޅުތައް ހިމެނޭ ފ. އަތޮޅު ވިއްކާލައިފިނަމަ އެއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ޤައުމުގެ އަތޮޅެއް ބޭރުގެ ބަޔަކަށް ވިއްކާލެވޭ ފުރަތަމަ ފަހަރަށްވެގެންދާނެ އެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް ސަރުކާރުތަކުގެ ތެރޭގައި ހިމެނޭ ސައުދީ ސަރުކާރުގެ އިސްވެރިންނަށް ޤައުމުން ބައެއް ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެ ސަރަހައްދުގައި ޤައުމުގެ ދުސްތޫރުގެ ބާރުވެސް ނުހިނގާނެ ބައެއް ފަރާތްތަކުން ބުނެ އެވެ.

ރައްޔިތުންގެ މެދުގައި މި މައްސަލައާ ބެހޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދާ އިރުވެސް ސަރުކާރުން އަދިވެސް މިކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށެއް ނުދެ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު