Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ އިދކޮޅު ޕާޓީތައް

ރައީސް މައުމޫނު ފަހަތަކަށް ނުޖެހޭނެ: ގުޅިފައިވާ ޕާޓީތައް

6 ޖޫން 2018 | ބުދަ 05:38

ރައީސް މައުމޫން ޖަލުގައި އޮންނަވާތާން 120 ދުވަސް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 ޖޫން 2018 | ބުދަ 05:38
ރައީސް މައުމޫނު ނޫސްވެރިންނައް މައުލޫމާތު ދެއްވަނީ - ފައިލް ފޮޓޯ

ރައީސް މައުމޫނު ނޫސްވެރިންނައް މައުލޫމާތު ދެއްވަނީ - ފައިލް ފޮޓޯ

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހުކުމަކާ ނުލައި ޖަލަށް ލާފައިވާތާ އަންގާރަ ދުވަހަށް ހަތަރުމަސް ވެފައިވާއިރު ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށާއި، ރައީސް މައުމޫނު އިސްލާހީ މަސައްކަތް ހުއްޓަވާލައްވާނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ

އިދިކޮޅު ފަރާތްތަކުން މިހެން ބުނީ މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމަށް ފަހު އެރޭ މެންދަމު ރައީސް މައުމޫނު ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލާފައިވާތާ 120 ދުވަސް ވުމާ ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައެވެ.

Advertisement - newsAdvertisement

ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ރައީސް މައުމޫނު "ޤާނޫނާ ޚިލާފަށް އަނިޔާވެރި ގޮތުގައި ހައްޔަރުކުރި" ދުވަހުން ފެށިގެން މިއަދަށް 120 ދުވަސް ހަމަވެގެން ދިޔައިރު ރައީސް މައުމޫންގެ ހަމައެކަނި ކުށަކީ ދިވެހި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ދެމިހުންނެވުމާއި އަދި ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ އިޞްލާޙީ މަސައްކަތުގައި އެމަނިކުފާނު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ކަމުގައެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ރައީސް މައުމޫންގެ މައްޗަށް ދަޢުވާކުރަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ދަޢުވާ ކަމަށާއި 2013 ވަނަ އަހަރު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވީ ކޮން މަސައްކަތްތަކެއްތޯ ބަލާއިރު ފެންނަނީ، ވަރުބަލިކަމެއް ނެތި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެން މިހާރު ވެރިޔަކަށް ހުންނެވި ޢަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދެއްވި މަންޒަރުތައް ކަމަށެވެ. ތަފާތު އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވައި ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ވޯޓު ދެއްވުމަށް ގޮވާލެއްވި އަޑުތައް ކަމަށާއި މިކަން މިގޮތަށް އޮތުމުން މީގެ މާނައަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައި މިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ. އަދި އެންމެ ބޮޑު ޓެރަރިޒަމްގެ ޢަމަލަކީ ވެސް އެއީ ކަމަށް އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ވެއެވެ.

ރައީސް މައުމޫނުގެ މައްޗަށްކުރާ ދަޢުވާއަކީ އެއްވެސް އަސާސެއް ނެތް ދޮގު ދަޢުވާއެއްކަން ފާޅުކޮށް އެނގޭ ކަމަށާއި މުޅި ދަޢުވާގައި ދައްކާފައިވާ ހުރިހާ ވާހަކަތަކަކީ ވެސް ހަދަހަދައިގެން ދައްކާފައިވާ ޚިޔާލީ ވާހަކަތަކެއްކަން އޮޅުމެއް ނެތި ހާމަވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުވުން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ތާއީދު ލިބިގެންދާނޭ އެއްވެސް މަގެއް ވެސް ނެތުން ކަމަށް ފާހަގަކޮށް އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ މި ޙަޤީޤަތް ފެނުމުން ކުރެވޭ ހަމައެކަނި ކަމަކީ މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި އަދި ފަސާދައިގެ ވާހަކަތައް ހާމަކުރާ ހަމަކޮންމެ މީހަކު ޖަލަށްލުން ކަމުގައެވެ.

"ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ 4 ލީޑަރުން ޖަލަށް ލުމުން، އެ 4 ލީޑަރުންނަށް ދިވެހި ލޮބުވެތި ރައްޔިތުން ކުރާ ތާއީދު މި ސަރުކާރަށް ލިބިގެންދާނެ ކަމަށް ދުށުމަށް ވުރެ މޮޔަކަމެއް އެއްވެސް މީހަކު ނުކުރާނެއެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދު، ޖޭޕީގެ ލީޑަރ އޮނަރަބްލް ޤާސިމް އިބްރާހީމް އަދި އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ޖަލަށްލުމުގެ ނަތީޖާއަކީ، ދެންނެވުނު 4 ލީޑަރުންނަށް ދިވެހި ރައްޔިތުން ކުރާ ތާއީދު ކުރިއަށް ވުރެވެސް އިތުރުވެގެން ދިޔުމެވެ. އަދި މި ސަރުކާރަށް ކުރާ ތާއީދު މުޅިންކަހަލަ ގޮތަކަށް ފުހެވިގެން ދިޔުމެވެ" އިދިކޮޅު ޕާޓީތަކުގެ ނޫސްބަޔާނުގައި ވެއެވެ.

ޙުކުމެއް ނެތި 120 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަކުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަޒުމަކަށް ކުޑަވެސް ގުޑުމެއް ނާންނަ ކަމަށާއި އިދިކޮޅު އަނެއް ތިން ލީޑަރުންނާ އެކު ފެއްޓެވި މަސައްކަތުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ރައީސް މައުމޫން ބަންދުގައި ބަހައްޓައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުވެދާނެ ކަމަށް ދުށުމަކީ ކުށް ހީއެއް ކަމަށާއި އިޞްލާޙީ މަސައްކަތްތައް ހުއްޓުވާލެވިދާނެ ކަމަށް ދުށުމަކީ މޮޔަކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަނިޔާވެރިކަމާއި، ފަސާދަ އާއި ކޮރަޕްޝަނުން ރައްޔިތުންގެ ތާއީދާއި ލޯބި ލިބިދާނެ ކަމަށް ދުށުމަކީ ވެސް ސިޔާސީ ގޮތުން ކުފޫ ހަމަނުވާކަން އަންގައިދޭ ކަމެއް ކަމަށާއި މާތް ﷲ ގެ ވާގިފުޅާއެކު، އަނެއް 3 ލީޑަރުންނާއެކު ރައީސްމައުމޫން ފެއްޓެވި މި މަސައްކަތްތައް ނިންމާލައްވާނީ ދިވެހި ރައްޔިތުންނަށް ކާމިޔާބު ހޯއްދަވާ ދެއްވުމަށްފަހުކަމަށާއި ރައީސް މައުމޫނާއި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ބޭފުޅުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް