Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިޕާ ވައިރަސް

ކެރެލާ ސްޓޭޓް ވަނީ އެލާޓްގައި: ކެރެލާގެ ސިއްހަތާ ބެހޭ ވަޒީރު

5 ޖޫން 2018 | އަންގާރަ 16:47

ޖޫން 1 ކުން ފެށިގެން ނިޕާ ވައިރަސްގެ އާ ކޭސްތަކެއް ރިޕޯޓުކޮށްފައި ނުވާ ކަމަށްވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 ޖޫން 2018 | އަންގާރަ 16:47
ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން

ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން

އިންޑިއާގެ ކެެރެލާ ސްޓޭޓު އޮތީ "އެލާޓް" ގައި ކަމަށާއި ކަމާބެހޭ ފަރާތްތަކުން ދަނީ "މީހުންގެ ފުރާނަތައް ނުގެއްލޭނެ ގޮތަށް ކުރެވޭނެހާ ކަމެއް ކުރަމުން" ކަމަށް ކެރެލާގެ ހެލްތް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ކެރެލާގެ ހެލްތު މިނިސްޓަރު ކޭކޭ ޝައިލަޖާ އަލްޖަޒީރާ އަށް މިމޭރުމުން އިންޓަވިއު ދެއްވިއިރު، 18 މީހަކު ވަނީ ނިޕާ ވައިރަސް އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 17 މީހަކު ވަނީ މަރުވެފައެވެ.

ނިޕާ ވައިރަސް ފެތުރުމުގެ ސަބަބުން 2379 މީހަކު ވަނީ ކެރެލާގެ ގޭތަކުގައި ކަރަންޓީން ކޮށްފައެވެ. އަދި ކެރެލާގެ މަލާބާރް ސަރަހައްދުގައި 2000 އަށް ވުރެ ގިނަ މީހުން ތިބީ މެޑިކަލް އޮބްޒަވޭޝަނުގައެވެ.

ކެެރެލާގެ ޑައިރެކްޓާ އޮފް ހެލްތު ސާރވިސަސް އާރްއެލް ސަރިތާ ހޯމަ ދުވަހު ވިދާޅުވީ ޖޫން 1 ކުން ފެށިގެން ނިޕާ ވައިރަސްގެ އާ ކޭސްތަކެއް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓުގައި މިހާރު ފެތުރެމުންދާ ނިޕާ ވައިރަސް ފެތުރޭ މިންވަރު މިހާރު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ނޫން ކަމަށާއި މިހާރު ނިޕާ ވައިރަސްގެ އާ ކޭސްތަކެއް ރިޕޯޓު ކުރެވެމުން ނުދާ ކަމަށް އާދީއްތަ ދުވަހުވެސް އޮފިޝަލުން ވަނީ ބުނެފައެވެ. އާދީއްތަ ދުވަހު ކަމާބެހޭ އޮފިޝަލުން ބޭއްވި މަތީ ފެންވަރުގެ ރިވިއު މީޓިންއެއްގައި އޮފިޝަލުން މިކަން ހާމަކުރެއްވިއިރު، އާދީއްތަ ދުވަހުގެ ބައްދަލުވުން ޗެއާ ކުރެއްވީ ޗީފް މިނިސްޓަރު ޕިނަރާއި ވިޖަޔަން އެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާ އިން ކަމަށް ވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތަ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީ ވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 މެއި 2018

އެމެރިކާގެ ސްޓޭޓްއަކުން އެބޯޝަންތައް ހުއްޓުވުމަށް ހަރުކަށި ބިލެއް ފާސްކޮށްފި

03 މެއި 2018
އެމެރިކާގެ ސްޓޭޓްއަކުން އެބޯޝަންތައް ހުއްޓުވުމަށް ހަރުކަށި ބިލެއް ފާސްކޮށްފި
29 އެޕްރީލު 2018

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަހްރެއިންއަށް ހަތިޔާރު ވިއްކުމަށް ހުއްދަދީފި

29 އެޕްރީލު 2018
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަހްރެއިންއަށް ހަތިޔާރު ވިއްކުމަށް ހުއްދަދީފި
26 އެޕްރީލު 2018

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ސީއައިއޭގެ ކުރީގެ ވެރިޔާ ޕޮމްޕެއޯ

26 އެޕްރީލު 2018
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ސީއައިއޭގެ ކުރީގެ ވެރިޔާ ޕޮމްޕެއޯ
30 އޯގަސްޓު 2017

ތޫފާން ހާވީ: ޓެކްސަސް ސްޓޭޓްގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ޒިޔާރަތް ކުރައްވައިފި

30 އޯގަސްޓު 2017
ތޫފާން ހާވީ: ޓެކްސަސް ސްޓޭޓްގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ޒިޔާރަތް ކުރައްވައިފި
29 ޖުލައި 2017

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

29 ޖުލައި 2017
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
03 އެޕްރީލު 2017

ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ

03 އެޕްރީލު 2017
ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް