Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ

3 އެޕްރީލު 2017 | ހޯމަ 11:31

ކާނާ ވިިހަވެެގެން އެޑްމިޓް ކުރީ 195 ފުލުހުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 އެޕްރީލު 2017 | ހޯމަ 11:31
"ދަ ސެންޓްރަލް ރިޒާވް ފޯސް" ގެ ފުލުހުންތަކެއެް

"ދަ ސެންޓްރަލް ރިޒާވް ފޯސް" ގެ ފުލުހުންތަކެއެް

އިންޑިއާގެ ކެރެލާގެ ޕަލިޕުރަމް ކޭމްޕްގެ 200 އެއްހާ ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ކާނާ ވިހަވި މައްސަލަ ތަހުގީގު ކުރަމަަށް އިންޑިއާގެ "ދަ ސެންޓްރަލް ރިޒާވް ފޯސް" އިން ނިންމައިފިއެވެ.

"ދަ ސެންޓްރަލް ރިޒާވް ފޯސް" ގެ ޑައިރެކްޓާ ޖެނެރަލް ސުޑީޕް ލަހްޓަކިއާ އާދީއްތަ ދުވަހުގެ ރޭ މި ހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރެއްވި އިރު ބައެއް ރިޕޯޓުތައް ބުނާ ގޮތުން 400 ފުލުހުން ކާނާ ވިހަވިއެވެ. އެހެން ނަމަވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ކާނާ ވިިހަވެެގެން އެޑްމިޓް ކުރީ 195 ފުލުހުން ކަމަށެވެ.

ބަނޑުދިޔައިވެ ފާޚާނާއަށް ދާންޖެހުމާއި ހޮޑުލުމުގެ މައްސަލަ ދިމާވީ މަސް ރިހަ ކެއުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނާއިރު، ފުލުހުން ކެއި މަސް ރިހައިގެ ސާމްޕަލެއް މިހާރު ވަނީ ފޮރިންސިކް ތަހުލީލަށްޓަކައި ފޮނުވާފައެވެ.

ކާނާ ވިހަވުމުގެ މައްސަލައަކީ ކެރަލާ ސްޓޭޓްގައި އަލަށް ކުރިމަތިވި މައްސަލައެއް ނޫން ކަމަށްވާއިރު ފުލުހުންގެ ތަމްރީނު މަރުކަޒުތަކުން ފުލުހުންނަށް ދޭ ކާނާގެ ފެންވަރު ދަށްވެގެން މީގެ ކުރިން ފުލުހުން ޝަކުވާ ވެސް ކޮށްފައިވެއެވެ.

ކާނާ ވިހަވި ގިނަ ފުލުުހުންނަކީ އަލަށް ރެކްރޫޓްކޮށްގެން ތިރުވަނަންތަޕޫރަމްގެ ޕަލިޕުރަމް ކޭމްޕްގައި ޓްރެއިނިން ހަދަމުންދާ ފުލުހުންނެވެ.

އިންޑިއާގެ ކެރެލާގެ ހެލްތު މިނިސްޓަރު ކޭކޭ ޝިލަޖާ އަދި ޓުއަރިޒަމް އެންޑް ކޯ-އޮޕަރޭޝަން މިނިސްޓަރު ކަކަޑަންޕަލީ ސުރެންދަން ވަނީ އެޑްމިޓްކޮށްފައިވާ ފުލުހުންގެ ހާލު ބެއްލެވުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2021

ކެރެލާގައި ފެން ބޮޑުވެ، މަރުވި މީހުންގެ އަދަދު 35 އަށް!

19 އޮކްޓޯބަރު 2021
ކެރެލާގައި ފެން ބޮޑުވެ، މަރުވި މީހުންގެ އަދަދު 35 އަށް!
18 އޮކްޓޯބަރު 2021

ކެރެލާގައި ފެން ބޮޑުވެ، މަރުވި މީހުންގެ އަދަދު 24 އަށް!

18 އޮކްޓޯބަރު 2021
ކެރެލާގައި ފެން ބޮޑުވެ، މަރުވި މީހުންގެ އަދަދު 24 އަށް!
29 ޖުލައި 2021

ކެރެލާގައި ލޮކްޑައުން އިއުލާން ކޮށްފި

29 ޖުލައި 2021
ކެރެލާގައި ލޮކްޑައުން އިއުލާން ކޮށްފި
11 ސެޕްޓެމްބަރު 2020

ކެރެލާގައި ކޮވިޑު މަރުތަކުގެ އަދަދު މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު

11 ސެޕްޓެމްބަރު 2020
ކެރެލާގައި ކޮވިޑު މަރުތަކުގެ އަދަދު މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު
19 އޯގަސްޓު 2018

ކެރެލާގައި ފެންބޮޑުވުން: ވާރޭ ތުނިކޮށްލުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކޮށްފި

19 އޯގަސްޓު 2018
ކެރެލާގައި ފެންބޮޑުވުން: ވާރޭ ތުނިކޮށްލުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކޮށްފި
18 އޯގަސްޓު 2018

ކެރެލާގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޯދީ ވަޑައިގެންފި

18 އޯގަސްޓު 2018
ކެރެލާގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޯދީ ވަޑައިގެންފި
12 އޯގަސްޓު 2018

ކެރެލާގައި ފެންބޮޑުވެ 30 އަށްވުރެ ގިނަ މީިހުން މަރުވެއްޖެ

12 އޯގަސްޓު 2018
ކެރެލާގައި ފެންބޮޑުވެ 30 އަށްވުރެ ގިނަ މީިހުން މަރުވެއްޖެ
19 ޖުލައި 2018

ކެރެލާގައި ފެންބޮޑުވެ 16 މީހަކު މަރުވެއްޖެ

19 ޖުލައި 2018
ކެރެލާގައި ފެންބޮޑުވެ 16 މީހަކު މަރުވެއްޖެ
02 ސެޕްޓެމްބަރު 2017

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް