Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަމަދޫ ކައުންސިލް

ކަމަދޫ ކައުންސިލްގެ ނާއިބު ރައީސް ސާޖިދު ސަސްޕެންޑް ކޮށްފި

ސާޖިދު ސަސްޕެންޑް ކޮށްފައިވަނީ މެއި 31 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 2 ޖޫން 2018 | ހޮނިހިރު 06:14
ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސާޖިދު

ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސާޖިދު

މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ބ. ކަމަދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސާޖިދު ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މެއި 31 ގައި ސާޖިދަށް އެކަން އަންގައި ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެރަށު ކައުންސިލްގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިޚާބުކޮށްފައިނުވާ މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތާއި ލިޔެކިއުމަށް ބެލިބެލުމުން ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެމަގާމަށް މެމްބަރަކު އިންތިޚާބު ކޮށްފައި ނުވާތީ ކަމަށެވެ. އަދި ކަމަދޫ ކައުންސިލަށް ރައީސަކު އިންތިޚާބު ކުރުމަށް ދެ ފަހަރެއްގެ މަތިން އެލްޖީއޭ އިން ސާޖިދަށް އެންގި ކަމަށާއި އެހެން ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ސާޖިދު ސަސްޕެންޑު ކުރި ކަމަށް އަންގައި ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސާޖިދުގެ ސަސްޕެންޝަންގެ މުއްތަދުގެ ތެރޭގައި އޭނާއަށް އެކައުންސިލް ތަމްސީލު ކުރުން މަނާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ. އަދި ކައުންސިލް ހިންގުމާއި ވަގުތީ ގޮތުން މިހާރު ހުންނެވީ ކައުންސިލް މެމްބަރު އަހުމަދު ސާމިރު ކަމަށާއި ހުސްވެފައިވާ ރައީސްގެ މަގާމަށް މިމަހުގެ 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން އިންތިޚާބު ކުރުމަށް ފަހު އެ އޮތޯރިޓީއަށް އެންގުމަށް ވަނީ ބުނެފައެވެ.

ސާޖިދު ވެސް ވަނީ އޭނާގެ ސަސްޕެންޝަނާ ގުޅިގެން އެލްޖީއޭއަށް ސިޓީއެއް ފޮނުވާފައެވެ. އޭނާ އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި ކައުންސިލްގެ އިދާރީ މުއައްޒަފުން ވަނީ އޭނާގެ ޒިންމާތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއަޅާފައި ކަމަށެވެ. އަދި އޭނާއަށް އެކައުންސިލްގެ ޖެމްސްގެ ޚިދުމަތް ނުލިބޭތާ ގާތްގަނޑަކަށް 5 މަސް ދުވަސްވެފައިވާ ކަމަށާއި ބޭނުންކުރާ ސިސްޓަމްތަކަށް ސޮފްޓްވެއާގެ ޚިދުމަތް ނުލިބުމާއި ޑޮކިއުމެންޓް ނުވަތަ ލިޔުންތައް ޕްރިންޓްކުރެވޭނެ ޚިދުމަތް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ކައުންސިލްގެ ބެލެހެއްޓުމުގެ ހިމެނޭ މިފަދަ އެއްވެސް ކަމެއް ސާފުކުރެވޭނެ ގޮތް ނުވެ އޮތުން ވެސް ވަނީ ފާހަގަކޮށްފައެވެ. އެދަތިތައް ފާހަގަކޮށް އެކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުވާފައިވާ ސިޓީތައް ވެސް އޭނާ ވަނީ އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީއާއެކު ފޮނުވާފައެވެ. އަދި އެދަތިތަކަށް ހައްލެއް ލިބުމުން ނޫން ގޮތަކަށް އޭނާއަށް މަސައްކަތް ކުރެވެން ނެތީތީ އެކަމަށް ވެސް އޭނާވަނީ އެލްޖީއޭގެ ކިބައިން މާފަށް އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު