Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓް ދޫކުރުން

ފްލެޓް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގިކަން ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައެއް ނެތް: އޭސީސީ

1 ޖޫން 2018 | ހުކުރު 18:19

އެގޮތަށް ނިންމުމުގައި ހަތަރު ކަމެއް ފާހަގަކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 1 ޖޫން 2018 | ހުކުރު 18:19
ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރަތްކޮށްފައިވާ ފްލެޓްތައް

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރަތްކޮށްފައިވާ ފްލެޓްތައް

"ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ފުލެޓްތައް ދޫކުރުމުގައި ކޮރްޕްޝަން އެކުލެވިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީން ނިންމި ނިންމުމުގައި ބުނެފައި ވަނީ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައިނެތަތީވެ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، އެ މައްސަލަ ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ނިންމުން އެގޮތަށް ނިންމުމުގައި ހަތަރު ކަމެއް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޕޮއިންޓް އުނި އިތުރު ކޮށްފައި ވަނީ އެ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި ފްލެޓަށް އެދި ފޯމު ހުށަހެޅިތާ އަހަރުތަކެއްވެފައި ވާތީ އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ބެލުމަށްފަހު ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާތީކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާރވޭ ކުރުމުގެ މަސައްކަތް އެކިއެކި ސަބަބުތަކާހުރެ ނިމިފައި ނުވާކަމަށް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ދެ ވަނަ ފުރުސަތެއް ދީ އިތުރަށް ސާރވޭ ކޮށްފައިވާކަން ތަހުޤީޤަށް ފާހަގަކުރެވުނު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަންކަމުގެ އިތުރުން ފްލެޓް ނުލިބިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތަކާ ގުޅިގެން އެފަރާތްތަކުގެ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އިން އިތުރަށް ބެލުމަށްފަހު، ޕޮއިންޓަށް ބަދަލު ގެންނަންޖެހޭ ފަރާތްތަކަށް އެބަދަލު ގެނެސް، އޭގެ ތެރެއިން ފްލެޓް ލިބެންޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ. އަދި ކެޓަގަރީ 1 އިން ފްލެޓް ލިބެނީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އަދި ކެޓަގަރީ 2 އިން ފްލެޓް ލިބެނީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށްވާއިރު، ކެޓަގަރީ 1 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން ފާހަގަކުރެވޭތީ އާއި، އަދި ކެޓަގަރީ 2 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން ފާހަގަކުރެވުނުކަމަށްވެސް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ.

އޭސީސީން އެގޮތަށް ނިންމާފައިވާއިރު، ފްލެޓް ލިބުނު ފަރާތްްތަކުގެ ނަންތައް ހައުސިން މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ. އަދި ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް ލިބުނު ޕޮއިންޓް 55 އަށް އަރާއިރު، ބައެއް ފަރާތްތަކަކީ އަންބެއް އަދި ދަރިއެއްވެސް ނެތް ފަރާތެއްކަން ވަނީ ހާމަވެގެންގޮސްފަ އެވެ. "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދޫކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން އިމާރަތް ކުރި ފްލެޓްތަކެވެ.

ކޮރަޕްޝަން ނެތްކަމަށް ނިންމައި މައްސަލަ ނިންމާލި އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް ހަސަން ލަތީފަކީ ރައީސް އަބްދުﷲ ޔާމީނަކީ ކާކުކަން އެނގިވަޑައި ގަންނަވަން ޖެހޭނެ ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދެއްވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެއްވެެސް ކަމެއް ނުކުރުމަށް އޭނާ ވަނީ ފަނޑިޔާރު އަލީ ހަމީދަށް އިންޒާރުދެއްވާފައި ކަމަށް ވެސް ފުލުހުންނަށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް