Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

ރައީސް މައުމޫނަށް ވަކީލުން އައްޔަން ކުރަން ފުރުސަތު ދިން ގޮތާއި އަޑުއެހުންދާ ގޮތުން ބޮޑެތި ޝަކުވާތަކެއް

ވަކީލުން އައްޔަން ކުރުމަށް ދިނީ ކުޑަ ވަގުތު ކޮޅެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 29 މެއި 2018 | އަންގާރަ 21:17
ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމު

ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމު

ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ މައްސަލައިން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަކިވެވަޑައިގެންނެވުމުން އަލުން ވަކީލުން އައްޔަން ކުރައްވަން ދެއްވި ވަގުތާ ޝަރީއަތް ކުރިއަށް ގެންދާ ގޮތާމެދު ރައީސް މައުމޫނު ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަ ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައީސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަ ޖައްސާފައި އޮތީ އަންގާރަ ދުވަހުގެ ރޭ 21.30ގަ އެވެ. އެހެން ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިން މި މައްސަލައިން ރައީސް މައުމޫނުގެ ގާނޫނީ ވަކީލު މައުމޫނު ހަމީދާއި އިބްރާހިމް ޝަމީލާއި މުހައްމަދު ފައިސަލް ތަނާޒުލު ވެފައިވާ ކަން ކޯޓަށް ވަނީ އަންގާފަ އެވެ. ގާނޫނީ ވަކީލެއް ނެތި ޝަރީއަތުގެ އަޑުއެހުމުގައި އިންނަވައި ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ވަކީލުން މައްސަލައިން ތަނާޒުލުވީ މި ޝަރީއަތްތައް ހިންގަމުންދަނީ ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ކަމަށްވާތީ ކަމަށެވެ. މި ޝަރީއަތް ހިންގަމުންދަނީ ވަކި މީހެއްގެ ނުފޫޒުން ކަމަށާއި އެމަނިކުފާނުގެ ހައްގަށް ބެލުމެއް ނެތި ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މައްސަލައަށް އެހެން ވަކީލަކު އައްޔަން ކުރުމަށްޓަކައި، ގާނޫނުގައި ދެވޭނެ އެންމެ ދިގު މުއްދަތު ދިނުމަށް ރައީސް މައުމޫނު އެދިވަޑައިގެންނެވުމުން މައްސަލަ ބައްލަވަން އިންނެވި ގާޒީ ހަސަން ނަޖީބު ވިދާޅުވީ ވަކީލުން ތަނާޒުލުވިކަން އަންގަވައި ސިޓީ ފޮނުއްވީ ނުރަސްމީ ގަޑިއެއްގައި ކަމަށެވެ. އެހެން ނަމަވެސް ތަނާޒުލުވުން ގަބޫލު ކޮށްފިކަމަށާއި ދެން މި މައްސަލައިގައި އެ ވަކީލުން ބަލައި ނުގަންނާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ޝަރީއަތް ކުރިއަށް ދާއިރުވެސް މައުމޫނަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަވާތީ މައުމޫނު ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އެހެން ނަމަވެސް ގާޒީ ތަކުރާރުކޮށް ވިދާޅުވީ ޝަރީއަތް ކުރިއަށްދާއިރު ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު އެބަ އޮތް ކަމަށާއި އަދި ދެން އޮންނަ އަޑުއެހުމަކަށް ވެސް ވަކީލުން އައްޔަން ކުރެއްވޭނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫނު ވިދާޅުވީ އެންމެ މިނެޓެއް ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތައް ކުރިއަށް ގެންދިއުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

ގާޒީގެ ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެންނެވިއިރު ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށް ޝަރީއަތް މެދުކަނޑާލުމަށް ނުވަތަ ފަސް ކުރުމަށް އިއުތިރާޒް ނުކުރައްވާ ދައުވާ ކުރާ ދައުލަތުގެ ވަކީލުން ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް ޝަރީއަތް ކުރިއަށް ގެންދަވާތީ ރައީސް މައުމޫނު ވަނީ ގާނޫނީ ވަކީލެއްގެ ހައްގު ދިނުމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރާ ކަމަށް ވިދާޅުވުމުން ވެސް ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަވާތީ އެކަން ފާހަގަ ކުރައްވާފަ އެވެ. ރައްދުގައި ގާޒީ ވިދާޅުވީ މައްސަލަ ބަލަނީ ދައުލަތުން ނޫން ކަމަށާއި ގާޒީ ކަމަށެވެ. އެހެން ވިދާޅުވުމުން މައުމޫނު ވިދާޅުވީ އެހެން ނަމަވެސް މައްސަލައިގައި ދެ ހަސްމުން އެއް ގޮތަކަށް އެދޭ ނަމަ އެކަމެއް ކުރައްވަން ވާނީ އެގޮތަކަށް ކަމަށާއި އިސްލާމީ އަދި ގާނޫނީ އުސޫލަކީ ވެސް އެއީ ކަމަށެވެ.

ރައީސް މައުމޫނު ވަކީލަކު އައްޔަން ކުރެއްވުމަށް ގާނޫނުގައި ބުނާ އެންމެ ދިގު މުއްދަތު ދެއްވުމަށް އެދިވަޑައިގެންނެވުމުން ގާޒީ ވިދާޅުވީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު ފަހު 13.30ގެ ކުރިން ވަކީލުން އައްޔަން ކުރެއްވުމަށްފަހު ކޯޓަށް އަންގަންވަން ވާނެ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނަށް ރަސްމީ ގަޑީގެ ތެރެއިން ވަކީލުން އައްޔަން ކުރުމަށް ލިބިވަޑައިގެންނަވާނީ ދެތިން ގަޑިއިރެވެ. އެއީ ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ރައީސް މައުމޫނު ފާހަގަ ކުރައްވައި އެއަށް ވުރެ ދިގު މުއްދަތެއް ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެނަމަވެސް ގާޒީގެ އެ ނިންމުމަށް ބަދަލެއް ނުގެންނެވި އެވެ.

މިއަޑުއެހުމުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ދިފާއު ހުށަހެޅުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދިންއިރު ވަކީލެއް ނެތި އިންނެވި ރައީސް މައުމޫނު ވެސް ހެކި ހުށަހެޅުމަށް ގާޒީ އެންގެވި އެވެ. ނަމަވެސް މައުމޫނު ވިދާޅުވީ ހެއްކާ ބެހޭ ހުރިހާ ލިޔުންތަކާއި އެ މައުލޫމާތު ހުންނާނީ އެމަނިކުފާނުގެ ކުރީގެ ވަކީލުންގެ އަތުގައި ކަމަށެވެ. އެހެން ކަމުން މި އަޑުއެހުމުގައި ހެކި ހުށަނޭޅުއްވޭނެ ކަމަށް ވިދާޅުވުމުން ގާޒީ ވިދާޅުވީ ބުދަ ދުވަހުގެ މެންދުރު ފަހު 14.00 ގައި ކުރިން ލިޔުމުން ހެކި ހުށައެޅިދާނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނު ވަނީ އެމަނިކުފާނަކީ ބަންދުގައި ހުންނަވާ ބޭފުޅަކަށްވާތީ އާއި ވަކީލުން ނެތުމުން އެއީ އެކަން ކުރެވޭނެ ހާ ވަގުތުކޮޅެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގާޒީގެ އެ ނިންމުމަށް ބަދަލެއް ނުގެންނެވި އެވެ. އެހެން ކަމުން ރައީސް މައުމޫނަށް ހެކި ހުށަޅުމަށް ލިބިވަޑައިގަންނަވާނީ ރަސްމީ ގަޑީގެ ތެރެއިން ހަތަރު ގަޑިއިރެއްހާއިރެވެ.

ރައީސް މައުމޫނާމެދު މި ގޮތައް އަމަލު ކުރެއްވުން ދިޔައިރު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ވަކީލުންގެ ވަނީ ރައީސް މައޫމޫނުގެ ދިފާއީ ވަކީލުންނަށް ފުރުސަތު ނުދީ ޝަރީއަތް ކުރިއަށް ގެންދަވާތީ ގާނޫނީ މައްސަލަތައް ފާހަގަ ކުރައްވާފަ އެވެ. އަދި ރައީސް މައުމޫނުގެ ވަކީލަކު ނެތި މި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަވަނީތޯ ސާފުކުރުމުން ގާޒީ ވަނީ ޝަރީއަތް ކުރިގެންދަނީ ރައީސް މައުމޫނުވެސް ހިމަނައިގެން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު މިއީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ މެދު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫނު ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު