Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާގެ އިންތިޚާބު

ޔޫރަޕުން ބަަލައިނުގަންނަ އިންތިޚާބެއް ބޭއްވުމުން ވެނެޒުއޭލާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ

29 މެއި 2018 | އަންގާރަ 03:47

އިންތިޚާބު ކާމިޔާބުކުރީ މިހާރުގެވެސް ރައީސް ނިކޮލަސް މަޑޫރޯ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 މެއި 2018 | އަންގާރަ 03:47
އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުން މަޑޫރޯ ސަޕޯޓަރުންނާއި މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަނީ

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުން މަޑޫރޯ ސަޕޯޓަރުންނާއި މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަނީ

މިމަހުގެ 20 ވަނަ ދުވަހު ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރާކަމަށް ބުނެ، އެޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ތައްޔާރުވަމުން އެބަދެއެވެ.

ހޯމަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބޭއްވި ވިލާތުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައިވަނީ ވެނެޒުއޭލާގެ އާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން އެޤައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި، އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ބުނާ ނިކޮލަސް މަޑޫރޯ އާއި ދެކޮޅަށް ވަރަށް އަވަހަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަމަށެވެ.

Advertisement - worldAdvertisement

ވިލާތުގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ވަނީ ވެނެޒުއޭލާގެ އިންތިޚާބުގެ ސައްހަކަމެއް ނެތްކަމަށާއި، ޑިމޮކްރެޓިކް އަދި ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވިފައި ނުވާކަމާށެވެ. މީގެ އިތުރުން އިންސާފުވެރި އިންތިޚާބެއް އަނެއްކާވެސް ބޭއްވުމަށް ވިލާތުގެ އިއްތިޙާދުން ވަނީ ވެނެޒުއޭލާގެ ސަރުކާރަށް ގޮވާލާފައެވެ.

ވެނެޒުއޭލާއާއި ދެކޮޅަށް ވިލާތުގެ އިއްތިޙާދުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ނިންމާނީ އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު ލަގްޒެމްބަރގްގައި ބާއްވާ ބައްދަލުވުމުގައެވެ.

މިދިޔަ ހުކުރު ދުވަހު ރޮއިޓަރސްއާ ވާހަކަ ދައްކަވަމުން އީޔޫގެ އިސް އޮފިޝަލަކު ވިދާޅުވީ ވެނެޒުއޭލާގެ ސަރުކާރުގެ އިސް 11 ބޭފުޅަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިސްނަމުންދާކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލާތުގެ އިއްތިޙާދުން ވަނީ ވެނެޒުއޭލާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައެވެ. އަދި ވެނެޒުއޭލާގެ ސަރުކާރުގެ އިސް ހަތް ފަރާތެއް ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުން މަނާކޮށް، ޔޫރަޕްގައި ހުރި އެ ހަތް ފަރާތުގެ މުދާ ވަނީ ހިފަހައްޓާފައެވެ.

މެއި 20 ވަނަ ދުވަހު ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސް ނިކޮލަސް މަޑޫރޯ ވަނީ 6 އަހަރުގެ 2 ވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ. މަޑޫރޯއަށް އިންތިޚާބުގައި 5.8 މިލިއަން ވޯޓުގައި ލިބިވަޑައިގަތްއިރު، އެންމެ ގާތުން ވާދަކުރެއްވި ހެންރީ ފެލްކަންއަށް ލިިބިވަޑައިގަތީ 1.8 މިލިއަން ވޯޓެވެ.

މި އިންތިޚާބުގެ ނަތީޖާ ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުނުކުރި އެއް ސަބަބަކީ އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓީ ރައުންޑްޓޭބަލް ކޯލިޝަނުން އިންތިޚާބު ބޮއިކޮޓްކުރުމެެވެ. އެކޯލިޝަނުން އިންތިޚާބު ބޮއިކޮޓްކުރުމުން ވެނެޒުއޭލާގެ ގިނަ ރައްޔިތުން ވޯޓުލާން ނިކުމެފައެއް ނުވެއެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން އިންތިޚާބުގައި ވޯޓުލާން ނިކުތީ ވޯޓުލިބުމުގެ ހައްޤު ލިބިގެންވާ އާބާދީގެ 46.01 އިންސައްތައެވެ.

އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓްކުރި އެއް ސަބަބަކީ އެޤައުމުގައި އެންމެ ނުފޫޒުގަދަ އަދި ރައްޔިތުންގެ ތާޢީދު އެންމެ ބޮޑަށް ލިބިފައިވާ އިދިކޮޅު 2 ލީޑަރުންކަމަށްވާ އެންރިކޭ ކަޕްރިލޭޒް އާއި ލިއޮޕޮލްޑޯ ލޮޕޭޒްއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރަސަތު މަޑޫރޯގެ ސަރުކާރުން ބަންދުކުރުމެވެ.

ވިލާތުގެ އިއްތިޙާދުން ވެނެޒުއޭލާގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އިތުރު ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންދާއިރު، އެމެރިކާއިންވެސް ވަނީ އިންތިޚާބުގެ މައްސަލައިގައި ވެނެޒުއޭލާގެ ސަރުކާރާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ވެނެޒުއޭލާގެ ސަރުކާރު ކުންފުނިތަކުގެ މުދާ ގަތުމުގައި ހަރުކަށި އުޞޫލުތަކެއް އެމެރިކާއިން ގެންގުޅޭނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަމީ ރިޔާސީ ޤަރާރަކުން އިއުލާންކުރައްވާފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2018

އަވަސް އިންތިޚާބެއް ބޭއްވުމަށް އަރްމޭނިއާގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

17 އޮކްޓޯބަރު 2018
އަވަސް އިންތިޚާބެއް ބޭއްވުމަށް އަރްމޭނިއާގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި
17 ޖުލައި 2018

އިރާނުގެ ނިއުކްލިއަރ އެއްބަސްވުން: ޔޫރަޕުން އެދޭ ގޮތަށް ލުއި ނުދެވޭނެ ކަމަށް އެމެރިކާ އިން ބުނެފި

17 ޖުލައި 2018
އިރާނުގެ ނިއުކްލިއަރ އެއްބަސްވުން: ޔޫރަޕުން އެދޭ ގޮތަށް ލުއި ނުދެވޭނެ ކަމަށް އެމެރިކާ އިން ބުނެފި
22 ޖޫން 2018

އިސްރާއީލުން ބާއްވާ އިންތިޚާބެއްގައި ބައިވެރިނުވާނަން: ގޯލާނުގެ ރައްޔިތުން

22 ޖޫން 2018
އިސްރާއީލުން ބާއްވާ އިންތިޚާބެއްގައި ބައިވެރިނުވާނަން: ގޯލާނުގެ ރައްޔިތުން
27 މާރިޗު 2018

ރަޝިއާގެ ޖާސޫސަކަށް ވިހަ ދިން މައްސަލަ: އެމެރިކާއާއި ޔޫރަޕުން ރަޝިއާގެ ޑިޕްލޮމޭޓުން ބޭރުކުރަންފަށައިފި

27 މާރިޗު 2018
ރަޝިއާގެ ޖާސޫސަކަށް ވިހަ ދިން މައްސަލަ: އެމެރިކާއާއި ޔޫރަޕުން ރަޝިއާގެ ޑިޕްލޮމޭޓުން ބޭރުކުރަންފަށައިފި
07 ޑިސެމްބަރު 2017

އެއް ކެންޑިޑޭޓް އަރުވާލެވިފައި، އަނެއް ކެންޑިޑޭޓް ޖަލުގައި: މިއީ އާދައިގެ އިންތިޚާބެއް ނޫން

07 ޑިސެމްބަރު 2017
އެއް ކެންޑިޑޭޓް އަރުވާލެވިފައި، އަނެއް ކެންޑިޑޭޓް ޖަލުގައި: މިއީ އާދައިގެ އިންތިޚާބެއް ނޫން
27 ނޮވެމްބަރު 2017

ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

27 ނޮވެމްބަރު 2017
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން
28 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު ނިންމަވައިފި

28 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު ނިންމަވައިފި
21 އޮކްޓޯބަރު 2017

ސްޕެއިން އިން ކެޓަލޯނިއާގައި އިންތިޚާބެއް ބާއްވަނީ

21 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާގައި އިންތިޚާބެއް ބާއްވަނީ
13 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ

13 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ
14 އޯގަސްޓު 2017

ވެނެޒުއޭލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަށް ނައިބު ރައީސް ޕެންސް ތާއިދު ކުރައްވައިފި

14 އޯގަސްޓު 2017
ވެނެޒުއޭލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަށް ނައިބު ރައީސް ޕެންސް ތާއިދު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް