Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ނިއުކްލިއަރ މައްސަލަ

އިރާނުގެ ނިއުކްލިއަރ އެއްބަސްވުން: ޔޫރަޕުން އެދޭ ގޮތަށް ލުއި ނުދެވޭނެ ކަމަށް އެމެރިކާ އިން ބުނެފި

ނިއުކްލިއަރ އެއްބަސްވުން އެކުލަވާލީ 2015 ވަަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖުލައި 2018 | އަންގާރަ 04:03
އީރާނުގެ ހަކަތައިގެ ދާއިރާގައި ޔޫރަޕުގެ އެތައް ކުންފުންޏަކުން ވަނީ އިންވެސްޓްކޮށްފައި

އީރާނުގެ ހަކަތައިގެ ދާއިރާގައި ޔޫރަޕުގެ އެތައް ކުންފުންޏަކުން ވަނީ އިންވެސްޓްކޮށްފައި

އީރާނާ މެދު ފިޔަވަޅު އަޅާއިރު ޔޫރަޕްގެ ކުންފުނިތައް އިސްތިސްނާ ކުރުމަށް ވިލާތުގެ އިއްތިހާދުން އެދުނު އެދުމަށް އެމެރިކާ އިން އިންކާރުކޮށްފިއެވެ.

ޔޫރަޕްގެ ގައުމުތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ވިލާތުގެ އިއްތިހާދުގެ އެދުން އެމެރިކާ އިން ބަލައިނުގަތީ އިރާނަށް ފިއްތުންތައް ކުރިމަތިކުރެވޭނެ އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އިސްތިސްނާއެއް ދެވޭނީ އެ ކަމަކުން އެމެރިކާގެ ގައުމީ ސަލާމަތަށް ފައިދާއެއް ވާނަމަ ކަމަށެވެ.

ވޮޝިންގޓަނުން އީރާނަށް އަޅާ ދަތިކުރުމުގެ އާ ފިޔަވަޅުތަކުގެ ސަބަބުން ވިލާތުގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން އެ ގައުމުތަކަށް ވަނީ ކުރިމަތިވެފައެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިން ދެކެފައި ނުވާފަދަ މާލީ ފިއްތުންތަކެއް އީރާނުގެ ސަރުކާރަށް ކުރިމަތިކުރަން" އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗަން ވެސް ސޮއިކުރައްވާފައިވާ ސިޓީގައި ވިދާޅުވެފައިވާ ކަމަށް އެންބީސީން ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ވަރަށް ޚާއްސަ ހާލަތެއްގައި މެނުވީ އިސްތިސްނާއެއް ނޯންނާނެއެވެ.

އެމެރިކާއިން އިރާނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ 2015 ވަނަ އަހަރު އީރާނާ އެކު ދުނިޔޭގެ ބާރުތަކުން ވި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު މެއި މަހުގެ ތެރޭގައެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާ އާއި، ރަޝިއާ އާއި، ޗައިނާ އާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޖަރުމަނު ވިިލާތުން، އީރާނާ އެކު، ވި ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

09 އޯގަސްޓު 2017
ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި
18 ޖުލައި 2017

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
05 ޖުލައި 2017

މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

05 ޖުލައި 2017
މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު