Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް - ސީރިޔާ

އިސްރާއީލުން ބާއްވާ އިންތިޚާބެއްގައި ބައިވެރިނުވާނަން: ގޯލާނުގެ ރައްޔިތުން

22 ޖޫން 2018 | ހުކުރު 05:53

26،000 މީހުންގެ އާބާދީއެއް އޮވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 ޖޫން 2018 | ހުކުރު 05:53
އިސްރާއީލުން ހިފާފައިވާ ގޯލާނުގެ އުސްބިންތަކުގައި އިސްރާއީލުގެ އަސްކަރީ ޓޭންކްތަކެއް ތައްޔާރީ ހާލަތުގައި

އިސްރާއީލުން ހިފާފައިވާ ގޯލާނުގެ އުސްބިންތަކުގައި އިސްރާއީލުގެ އަސްކަރީ ޓޭންކްތަކެއް ތައްޔާރީ ހާލަތުގައި

އިސްރާއީލުން ވެރިވެގެންފައިވާ ސޫރިޔާގެ ގޯލާނުގެ އުސްބިންތަކުގައި އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް އިސްރާއީލުން މަސައްކަތްކުރާ މުނިސިޕަލް އިންތިޚާބު ބޮއިކޮޓްކުރާނެ ކަމަށް އެސަރަހައްދަށް ނިސްބަތްވާ ރައްޔިތުން ބުނެފިއެވެ.

ގޯލާނުގެ އުސް ބިންތަކުގައި ހިމެނޭ އަވަށްތަކުގެ އިސްވެރިންނާއި ދީނީ ލީޑަރުން ބުނީ އެމީހުންނަކީ ސޫރިޔާގެ ޢަރަބިން ކަމަށާއި، އިސްރާއީލުން ގޯލާނުގެ އުސް ބިންތަކަށް ވެރިވެގެންފައިވާ ވެރިވެގަތުން ރަސްމީކުރުމަށް އިސްރާއީލުން ބާއްވާ އިންތިޚާބެއްގައި އެސަރަހައްދުގެ ރައްޔިތުން ބައިވެރިނުވާނެ ކަމަށެވެ. އެސަރަހައްދުގައި ފުރަތަމަ ފަހަރަށް މުނިސިޕަލް އިންތިޚާބެއް ބޭއްވުމަށް އިސްރާއީލުން މަސައްކަތްކުރަނީ އެޤައުމުގެ ސުޕްރީމް ކޯޓުން އެސަރަހައްދުގައި ވެސް މުނިސިޕަލް އިންތިޚާބު އޮންނަން ޖެހޭނެ ކަމަށް މިދިޔަ އަހަރު ކުރި ހުކުމަކާ ގުޅިގެންނެވެ.

26،000 ރައްޔިތުންގެ އާބާދީއެއް އޮންނަ ގޯލާނުގެ އުސްބިންތަކުގެ އަވަށްތަކުގެ ވެރިން ބުނީ އިސްރާއީލުން ހުރަސް އެކުރަނީ 'ރަތް ރޮނގެއް' ކަމަށެވެ.

އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދާދި ފަހުން އިސްރާއީލުގެ އޮފިޝަލުންތަކެއް ގޯލާނުގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކުރިއެވެ. އެހެންނަމަވެސް އިންތިޚާބުގައި ބައިވެރިނުވާނެ ކަމަށް އިސްރާއީލަށް އަންގާފައިވާނެ ކަމަށް ގޯލާނުގެ އިސް ފަރާތްތަކުން ބުނެއެވެ. އަދި އިންތިޚާބުތަކަށް ތާޢީދުކޮށް ވާހަކަ ދައްކާ މީހުންނަކީ ގޯލާނުގެ އުސް ބިންތަކުގައިވާ ޢަރަބި އަވަށްތައް ތަމްސީލްކުރާ ބައެއް ނޫން ކަމަށް ވެސް އެމީހުން ބުންޏެވެ. އަރަބި މިފަދަ އަވަށްތަކުން އާއްމުކޮށް އެމީހުންގެ އިސްވެރިންގެ ނިންމުންތަކަށް އިހްތިރާމްކުރެއެވެ.

ގޯލާނުގެ އުސް ބިންތަކުގެ ރައްޔިތުން ބުނާ ގޮތުގައި އިސްރާއީލުން ގޯލާނަކީ އެޤައުމުގެ ބައެއްގެ ގޮތުގައި ހެދުމަށް އެސަރަހައްދުގައި އިންތިޚާބުތައް ބޭއްވުމަށް މީގެ ކުރިން ވެސް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަމަށް ކުރިއެރުމެއް ނުލިބި އޮވެ، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ފައިދާނަގައި، އެމަސައްކަތް އިސްރާއީލުން އަލުން ފެށީ ކަމަށް އެމީހުން ތުހުމަތުކުރެއެވެ. ގޯލާނުގެ ޒުވާނުންގެ ކިބައިން އެމީހުންގެ ސީރިއާވަންތަކަން ނައްތާލައި، އިސްރާއީލުގެ ރަށްވެހިކަން ޤަބޫލުކުރުމަށް އެމީހުންނަށް ބާރު އެޅުމަށް އިސްރާއީލުން މަސައްކަތްކުރެއެވެ. އަދި ކުރިމަގަށް ވިސްނުމަށް އެމީހުންނަށް ބާރު އަޅަމުންދާއިރު، ގޯލާނުގެ ވިޔަފާރިތަކަށް ޓެކްސް ދެއްކުމުގައި ލުއި ގޮތްތައް ހަމަޖައްސައިދިނުން ފަދަ ކަންކަން އިސްރާއީލުން އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އިސްރާއީލުގެ ރަށްވެހިކަން ހޯދާފައި ވަނީ ގޯލާނުގެ އުސްބިންތަކަށް ނިސްބަތްވާ މީހުންގެ އެންމެ 6.5 އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އިސްރާއީލުގެ ރަށްވެހިކަން ހޯދާ މީހުންގެ ތެރެއިން 69 އިންސައްތައަށް ރަށްވެހިކަން ލިބެނީ އިސްރާއީލޫގައި ވިހެއުމުން ނުވަތަ ކައިވެނީގެ ސަބަބުންނެވެ.

ގޯލާނުގެ އުސްބިންތަކަށް އިސްރާއީލުން ވެރިވެގަތީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައެވެ. އަދި އެ އަށް ފަހު އެސަރަހައްދުގައި ދިރިއުޅުނު 130،000 އެއްހާ ސޫރިޔާ ރައްޔިތުން އެމީހުންގެ ގެދޮރުން ފައްސާލިއެވެ. އިސްރާއީލުން ވަނީ ގޯލާނުގެ އުސްބިންތަކުގައި ހުރި 340 އަވަށުން މީހުން ފައްސާލާފައެވެ. އަދި މިވަގުތު މީހުން ދިރިއުޅެނީ ހަމައެކަނި މަޖްދަލް ޝަމްސް، ޢައިން ޤިންޔާ، މަސާދީ އަދި ބަޤަތާ އަވަށުގައި އެކަންޏެވެ. އެ އަވަށްތަކުގެ އާބާދީ 26 ހާހަށް އަރައެވެ. ގޯލާނުގެ އުސްބިންތަކަށް ނިސްބަތްވާ 6 ލައްކަ ރައްޔިތުން އެމީހުންގެ ގެދޮރަށް ނާދެވިފައި ތިބިއިރު، އެސަރަހައްދުގެ ދަނޑުވެެރިކަމުގެ މައްޗަށް އިސްރާއީލުން ވަނީ ވެރިވެގެންފައެވެ. އެގޮތުން ގޯލާނުގެ އުސްބިންތަކުގައި ދަނޑުވެރިކަން ކުރެވޭ ހިސާބުތަކުގެ 80 އިންސައްތަ އިސްރާއީލުގެ ދަނޑުވެރިންނަށް އެޤައުމުގެ ސަރުކާރުން ވަނީ ދީފައެވެ. ގޯލާނުގެ އުސްބިންތަކުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންގެ އަދަދާ އެއް ވަރަކަށް އެސަރަހައްދުގައި އިސްރާއީލުން ވަނީ ޔަހޫދީންވެސް އާބާދުކޮށްފައެވެ.

އިސްރާއީލުން ގޯލާނުގެ އުސް ބިންތަކަށް ވެރިވެގެންފައި އޮންނަ އޮތުމަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، އިރުމަތީ ޤުދުސްއަކީ އިސްރާއީލުގެ ބައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ޤަބޫލުކުރެއްވި ހިސާބުން ގޯލާނުގެ އުސް ބިންތަކަކީވެސް އިސްރާއީލުގެ ބައެއްގެ ގޮތުގައި އެމެރިކާއިންނާއި ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރޭތޯ އިސްރާއީލުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ މެއި މަހު އިސްރާއީލުގެ އިންޓެލިޖެންސް މިނިސްޓަރ އިޒްރާއީލް ކެޓްޒް ވިދާޅުވީ ގޯލާނުގެ އުސްބިންތަކުގެ މައްސަލައަކީ އެމެރިކާއާއި އެޤައުމާއި ދެމެދު މިހާރު ދެކެވެމުންދާ ވާހަކަތަކުގެ ތެރެއިން އިސްރާއީލުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. އިސްރާއީލުން ބާއްވަން މަސައްކަތްކުރި އިންތިޚާބަކީވެސް އެސަރަހައްދުގެ ރައްޔިތުންގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ކުރެވޭ އިމްތިހާނެއް ކަމަށް ގޯލާނުގެ އުސްބިންތަކުގައި ދިރިއުޅޭ ފަރާތްތަކުން ޤަބޫލުކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި

21 އޯގަސްޓު 2017
އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް