Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާ

އެއް ކެންޑިޑޭޓް އަރުވާލެވިފައި، އަނެއް ކެންޑިޑޭޓް ޖަލުގައި: މިއީ އާދައިގެ އިންތިޚާބެއް ނޫން

މިނިވަންކަން އިއުލާންކުރަން ފެނޭތޯ ބެލުމަށް ވޯޓު ނެގީ އޮކްޓޯބަރު 1 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2017 | ބުރާސްފަތި 06:41
ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ކުރީގެ ރައީސް އަދި އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރައްވާ ލީޑަރު ކާލްސް ޕުއިޖެމޮންޓް

ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ކުރީގެ ރައީސް އަދި އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރައްވާ ލީޑަރު ކާލްސް ޕުއިޖެމޮންޓް

އަމިއްލަފުޅަށް އަރުވާލެވިގެން މިވަގުތު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނެވި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރު ސްޕެއިނުން ބާޠިލްކޮށްފިއެވެ.

ޕުއިޖެމޮންޓާއި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ކުރީގެ ހަތަރު ވަޒީރަކު ހައްޔަރުކުރުމަށް ސްޕެއިނުން ނެރުނު ޔޫރަޕިއަން އެރެސްޓް ވޮރަންޓް އަންގާރަ ދުވަހު ބާތިލްކުރުމުން ޕުއިޖެމޮންޓަށް އަރުވާލެއްވިގެން ބެލްޖިއަމްގައި ހުންނެވުމަށް ނުވަތަ އަނބުރާ ސްޕެއިނަށް ވަޑައިގެން ފުލުހުންގެ ހައްޔަރަށް ދިޔުމަށް ޗޮއިސް ލިބިގެންދާނެއެވެ. ޕުއިޖެމޮންޓް ވިދާޅުވީ އަނބުރާ ޤައުމަށް ވަޑައިގަންނަވާނީ ކެޓަލޯނިއާގެ ސަރހައްދީ ސަރުކާރަށް އޮންނަން ޖެހޭ ސަރަހައްދީ ބާރުތަކަށް ސްޕެއިންގެ މައި ސަރުކާރުން އިހްތިރާމް ކުރާނެކަމުގެ ޔަޤީންކަން ލިބުމުން ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ސްޕެއިންގެ ކެޓަލޯނިއާ ސަރަހައްދު ސްޕެއިންގެ މައި ސަރުކާރާއި ވަކިވެ، މިނިވަންކަން އިއުލާންކުރުމަށް ނިންމުމާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލައި، މިނިވަންކަމުގެ ވޯޓު ނެގުމުގައި ބައިވެރިވި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރުކޮށްފައެވެ.

ޕުއިޖެމޮންޓް ވިދާޅުވީ އަލުން ބާއްވާ ސަރަހައްދީ ސަރުކާރުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި، އެހެން ނަމަވެސް އެއް ކެންޑިޑޭޓަކު ޖަލުގައި ހުންނެވިއިރު، އަނެއް ކެންޑިޑޭޓަކު ހުންނެވީ އަރުވާލެއްވިފައި ކަމަށާއި، އެހެންކަމުން މިއީ އާދައިގެ އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަން ޖެހޭނީ އާއްމު ޙާލަތުގައި ކަމަށާއި، މިވަގުތު އޮތީކީ އާއްމު ހާލަތެއް ނޫން ކަމަށް ވެސް ޕުއިޖެމޮންޓް ވިދާޅުވިއެވެ.

ކެޓަލޯނިއާގެ މިނިވަންކަމުގެ ވޯޓަށް ފަހު އެޤައުމުގެ ރައްޔިތުންނަށް ޔޫރަޕިއަން ޔޫނިއަން އިން ލިބުނު އެއްބާރުލުން ކުޑަ ކަމަށް ބުނެ ކެޓަލޯނިއާގެ 50 ހާހެއްހާ މީހުން ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ވިލާތުގެ އިއްތިޙާދުގެ މައި އޮފީސްތައް ކައިރީގައި މުޒާހަރާކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު