Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަރިކޭން އިރްމާ

ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ

ތޫފާން އިރްމާ ކެރީބިއަންގެ ގައުމުތަކަށް އެރުމުގެ ސަބަބުން މަދުވެގެން 38 މީހަކު ވަނީ މަރުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 ސެޕްޓެމްބަރު 2017 | ބުދަ 06:08
ތޫފާން އިރްމާ ކެރީބިއަންގެ ސަރަހައްދަކަށް އަރާ ލިބުނު ގެެއްލުމުގެ ތެރެއިން

ތޫފާން އިރްމާ ކެރީބިއަންގެ ސަރަހައްދަކަށް އަރާ ލިބުނު ގެެއްލުމުގެ ތެރެއިން

ތޫފާން އިރްމާގެ ސަބަަބުން ގެއްލުންވި ކެރީބިއަން ގައުމުތަކަށް، ޔޫރަޕްގެ ގައުމުތަކުން ހަލުވި މިނެއްގައި އެހީތެރިވާން ނިންމައިފިއެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން އެހީތެރިވަމުން ދަނީ އެގައުމުތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ނުވަތަ ގައުމުތަކަށެވެ.

ތޫފާން އިރްމާގެ ސަބަބުން ގެއްލުންވި ފްރާންސްގެ ބާރުގެ ދަށުގައިވާ ގައުމުތަކަށް ޒިޔާރަތް ކުރައްވާ ފްރާންސް ގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ވައިގެ މަގުން އިތުރު އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޚަރިޖީ ވަޒީރު ބޮރިސް ޖޮންސަން ކެރީބިއަންގެ ގައުމުތަކުގެ ހާލު ބެއްލެވުމަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާއިރު ނެދަލޭންޑްސްގެ ރަސްގެފާނު ގެންދެވަނީ އެގައުމުގެ ބާރުގެ ދަށުގައިވާ ސަރަހަދުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.

ފްރާންސްގެ ބާރުގެ ދަށުގައި އޮންނަ ގައުމުތައް ކަމަށްވާ ސެއިންޓް ބާޓިސް އަދި ސެއިންޓް މާޓިން އިން ވަނީ 10 މީހަކު މަރުވެފައެވެ. ސެއިންޓް މާޓިންގެ ސަރައްދުގެ ދެބައި ކުޅަ އެއްބައި ކޮންޓްރޯލް ކުރަނީ ނެެދަލޭންޑްސް އިންނެވެ. އިނގިރޭސި ވިލާތުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ގައުމުތަކުން ނުވަ މީހަކު ވަނީ ތޫފާން އިރްމާ އެރުމުގެ ސަބަބުން މަރުވެފައެވެ.

ކެރީބިއަންގެ ގައުމުތަކަށް ތޫފާން އިރްމާ އެރުމަށް ފަހު ދެން މިސްރާބު ޖެހީ އެމެރިކާގެ ފްލޮރިޑާ އަށެވެ. ފްލޮރިޑާ އެ ތޫފާން އެރުމުގެ ސަބަބުން 22 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު