Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ - އިނގިރޭސިވިލާތް

ރަޝިއާގެ ޖާސޫސަކަށް ވިހަ ދިން މައްސަލަ: އެމެރިކާއާއި ޔޫރަޕުން ރަޝިއާގެ ޑިޕްލޮމޭޓުން ބޭރުކުރަންފަށައިފި

27 މާރިޗު 2018 | އަންގާރަ 03:31

ދެޤައުމުގެ ގުޅުން ގޯސްވީ އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިން ކަމަށް ބުނާ ރަޝިޔާގެ މީހަކަށް ހަމަލާ ދިނުމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 މާރިޗު 2018 | އަންގާރަ 03:31
ރަޝިއާގެ މައްޗަށްކުރާ ތުހުމަތު އެ ގައުމުން ދޮގުކުރޭ

ރަޝިއާގެ މައްޗަށްކުރާ ތުހުމަތު އެ ގައުމުން ދޮގުކުރޭ

ރަޝިއާގެ ކުރީގެ ޖާސޫސަކަށް އެމެރިކާގައި ވިހަދިން މައްސަލައިގައި އުފެދުނު ނުތަނަވަސްކަމުގައި އިނގިރޭސިވިލާތާއި އެކުގައި ތިބިކަން ހާމަކުުރުމަށް އެމެރިކާއާއި ވިލާތުގެ ގިނަ ގައުމުތަކަކުން އެ ގައުމުތަކުގައިތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފޮނުވާލަން ފަށައިފިއެވެ.

އިނގިރޭސިވިލާތާއި އެއްބައިވުމުގެ ގޮތުން 20 އަށް ވުރެ ގިނަ ގައުމުން 100 ޑިޕްލޮމޭޓުން ފޮނުވާލައެވެ.

ރަޝިއާއިން ވަނީ މި ކަމުގެ ބަދަލު ހިފާނެ ކަަމަށް ވައުދުވެފައެވެ.

އިނގިރޭސިވިލާތާއި ރަޝިއާގެ ގުޅުންގޯސްވީ ޖާސޫސުކޮށްދިން ކަމަށް ބުނާ ރަޝިޔާގެ ރައްޔިތަކާއި އޭނާގެ އަންހެން ދަރިފުޅު އިނގިރޭސިވިލާތުގެ ލަންޑަންގެ ސެލިސްބަރީގައި މާޗް މަހުގެ ކުރީކޮޅު މަރާލުމަށް ކުރެވުނު މަސައްކަތާ ގުޅިގެންނެވެ. އިނގިރޭސި ފުލުހުން ބުނާ ގޮތުގައި އެދެބަފައިންނަށް ހަމަލާދީފައި ވަނީ ރަޝިޔާގައި އުފައްދާ ނަރވް އެޖެންޓް ބޭނުންކޮށްގެންނެވެ. އަދި އޭގެ ހަފްތާއެއް ފަހުން ލަންޑަންގައި ހުރި ރަޝިޔާގެ އެހެން ވިޔަފާރިވެރިއަކަށް ހަމަލާދީ ވަނީ މަރާލާފައިވެއެވެ.

ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާދީފައި ވަނީ 66 އަހަރު ސަރްގޭ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު، 33 އަހަރުގެ ޔޫލިއާއަށެވެ. ސްކްރިޕާލް 2006 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް.އައި.ސިކްސް އަށް ޖާސޫސުކޮށްދިން ކަމަށް ބުނެ ޖަލަށް ލެވުނެވެ. އަދި 2010 ވަނަ އަހަރު މިނިވަންވުމަށް ފަހު އޭނާ ދިރިއުޅުން ބަދަލުކުރީ އިނގިރޭސިވިލާތަށެވެ. ސްކްރިޕާލްއަކީ ރަޝިޔާގެ އަސްކަރީ ޖާސޫސީ އިދާރާގައި ކާނަލެއްގެ ރޭންކްގައި ހުރެ ރިޓަޔަރ ކުރި އޮފިސަރެކެވެ. އޭނާގެ ދަރިފުޅު ޔޫލިއާ އިނގިރޭސިވިލާތަށް ދިޔައީ އެދެބަފައިންނަށް ހަމަލާދިނުމުގެ އެއް ދުވަސްކުރިން، މާޗް މަހުގެ 3 ވަނަ ދުވަހުއެވެ.

މި ހަމަލާތަކުގެ ފަހަތުގައި ރަޝިޔާގެ ސަރުކާރު އޮތް ކަމަށް އިނގިރޭސި ސަރުކާރުން ބުނި ނަމަވެސް، ރަޝިޔާ އިން އެކަން ދޮގުކުރެއެވެ.

ވިލާތުގެ އިއްތިހާދުގެ ލީޑަރުން މިދިޔަ ހަފްތާގައިވަނީ ނަރވް އޭޖެންޓް ބޭނުންކޮށްގެން ދިން ހަމަލާގެ ފަަހަތުގައިވަނީ ރަޝިއާކަމަަށް އެއްބަސްވެފައެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ވަނީ އެ ގައުމަށް ތާއީދުކޮށް ވިލާތުގެ ގައުމުތަކުން ރަޝިއާއަށް ދިން ރައްދަށް ތާއީދު ކުރަމުންނެވެ.

އިނިގރޭސި ވިލާތުންވަނީ އެ ގައުމުގައި ތިބި ރަޝިއާގެ 23 ޑިޕްލޮމޭޓަކު މި މަހުގެކުރީކޮޅު އަނބުރާ ފޮނުވާލާފައެވެ.

އިނގިރޭސި ވިލާތާއި އެއްބައިވަންތަކަން ހާމަކޮށް ހޯމަ ދުވަހު އެމެރިކާއިން ވަނީ އެ ގައުމުގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުންގެ ތެރެއިން 60 މީހުން ފޮނުވާލާފައެވެ. ވިިލާތުގެ ގައުމުތަކަށް ބަލާއިރު:

ފްރާންސް 4

ޖަރުމަނު ވިލާތް 4

ޕޮލެންޑް 4

ޗެކް ރިޕަބްލިކް 3

ލިތުއޭނިއާ3

ޑެންމާކު 2

ނެދަލޭންޑްސް 2

އިޓަލީ 2

ސްޕެއިން 2

އެސްޓޯނިއާ 1

ކްރޮއޭޝިއާ 1

ފިންލޭންޑް 1

ހަންގޭރީ 1

ލެޓްވިއާ 1

ރޫމޭނިއާ 1

އަދި ސްވިޑެންއިން 1 ޑިޕްލޮމޭޓަކުވަނީ ފޮނުވާލާފައެވެ.

މީގެ އިތުރުން ޔޫކްރެއިނުން 13 ޑިޕްލޮމޭޓަކު އަދި ކެނެޑާއިން 4 ޑިޕްލޮމޭޓަކު ފޮނުވާލައި ރަޝިއާއިން ހުށަހެޅި ތިން ފޯމެއް ވަނީ ބަލައިނުގެންފައެވެ.

އަލްބޭނިއާއިން 2 ޑިޕްލޮމޭޓުން، ނޯވޭއިން 1 ޑިޕްލޮމޭޓަކު އަދި މެސެޑޯނިއާއިންވެސްވަނީ ރަޝިއާގެ 1 ޑިޕްލޮމޭޓަކު އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް