Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޕީއޭ ބަޔާން

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން މިދިޔަ ހަފްތާގައި 6000 މީހުންނަށް ވުރެ ގިނައިން ރިޕޯޓްކޮށްފައިވޭ: އެޗްޕީއޭ

​​​​​​​އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން މިދިޔަ ހަފްތާގައި 6669 މީހުން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މެއި 2018 | ހޯމަ 12:59
ބަލި މީހަކަށް ފަރުވާދެނީ: ހުން ފެތުރޭ މިންވަރު އިތުރުވެފައި ވާތީ ސަމާލުވުުމަށް އިލްތިމާސްކޮށްފައިވޭ

ބަލި މީހަކަށް ފަރުވާދެނީ: ހުން ފެތުރޭ މިންވަރު އިތުރުވެފައި ވާތީ ސަމާލުވުުމަށް އިލްތިމާސްކޮށްފައިވޭ

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން މިދިޔަ ހަފްތާގައި 6669 މީހުން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

އަރިދަފުސް ރޯގާ އާއި ޑެންގީގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ އެޖެންސީން ހޯމަ ދުވަހު ނެރުނު ބަޔާނުގައިވަނީ މެއި މަހުގެ ތެރޭގައި ފެތުރުނު ރޯގާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ހަފްތާގައި މުޅިއަކު 14,300 މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އިންފްލުއެންޒާ އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި މީހުންގެ ނިސްބަތަށް ބަލާއިރު 69 އިންސައްތަ މީހުން އިންފްލުއެންޒާ A އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ތަފާސް ހިސާބުތަކަށް ބަލާއިރު މިދުވަސްވަރު ގިނައިން ފެންނަމުންދަނީ އިންފްލުއެންޒާ A ގެ ވައްތަރެއް ކަމުގައިވާ H3N2 ކަމުގައި ވެސް ބަޔާނުގައިވެއެވެ. އަދި ވޭތުވެދިޔަ ހަފްތާގައި އިންފްލުއެންޒާ ޖެހުނު އުމުރުން ދުވަސްވީ ބަލި މީހަކު ވަނީ މަރުވެފައެވެ.

Advertisement - newsAdvertisement

ޑެންގީ ހުމުގެ ހާލަތަށް ބަލާއިރު ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ދަށްވެފައިވާއިރު ވޭތުދިޔަ ހަފްތާގައި ޑެންގީ ބަލި ޖެހިގެން 96 މީހުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްފީއޭގެ ފަރާތުން ފަރުވާ ކުރުމާ ބެހޭ އުސޫލުތައް ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހިއްސާކޮށް، ބޭހާއި ޓެސްޓް ކުރުމަށް ބޭނުންވާ ތަކެތި ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރިކަން ކަށަވަރު ކުރުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކަމާބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ އެހީގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ރާއްކާތެރިވުމުގެ މައުލޫމާތު ވެސް އެޗްޕީއޭ އިން ދަނީ ހިއްސާ ކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާންމު މައުލޫމާތުގެ ގޮތުގައި ހިއްސާކުރަމުން އަންނަ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން ފާހަގަކޮށްފައެވެ.

ރައްކާތެރިވުމުގެ ފިޔަވަޅުތަކަކީ:

  • ރޯގާ ޖެހިގެން އުޅޭ ނަމަ ކެއްސާ، ކިނބިހި އަޅާއިރު ރުމާ ނުވަތަ ޓިޝޫފަދަ އެއްޗަކުން އަނގަމަތި ފޮރުވުން. އަދި އަނގަމަތި ފޮރުވަން ބޭނުން ކުރާ ތަކެތި ހާމައަށް ނުބެހެއްޓުން
  • އާންމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން
  • ބަލިނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުން
  • ބަލިނަމަ ކުޑަކުދިންނާ ދުރުގައި ހުރުން
  • ދުންފަތުގެ އިސްތިއުމާލް ކުޑަކުދިން ކައިރީ، އެ ކުދިން ތިބޭ ތަންތަނުގައި ނުކުރުން
  • ބަލި ޖެހުމުން، ނުރައްކާ ފުރުސަތު ބޮޑުމީހުންގެ ތެރެއިން އުމުރުން 5 އަހަރުގެ ދަށު ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާކުރާ ބަލިމީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން، އަދި ބައްޔެއް މިފަރާތްތަކަށް ޖެހިއްޖިއްޔާ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން
  • ބަލި މީހާ ޑޮކްޓަރަށް ދައްކަން ދާއިރު ވީހާވެސް މަދު މީހުން ދިއުމާއި ހޮސްޕިޓަލުގައި ބާއްވައިފައި އޮންނަ މީހަކަށް ޒިޔާރާތް ކުރަން ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން

ކޮންމެ އަހަރަކުވެސް މޭ މަހާއި އޯގަސްޓް މަހާއި ދެމެދު ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެގެންދާއިރު، މި އަހަރު ވެސް އެ މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު