Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫން

ރައީސް މައުމޫން ބަންދުން ދޫކޮށްދިނުމަށް އެދުން: އާލާސްކަންފުޅާ ގުޅޭ އަޑުއެހުން ސިއްރުކޮށްފި

28 މެއި 2018 | ހޯމަ 14:21

މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތުތަކެއް އަޑުއެހުމުގައި ވަނީ ހިއްސާކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 މެއި 2018 | ހޯމަ 14:21
ރައީސް މައުމޫން ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަނަވަނީ

ރައީސް މައުމޫން ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަނަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަށް ފަހު، އެ މަނިކުފާނު ބަންދުން ދޫކޮށްދިނުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުމޫމާތު އެ އަޑުއެހުމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހިއްސާކުރުމުގެ ފުރުސަތަށް އެދެފިއެވެ.

ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ގިނަ ކަންތައްތަކެއް، ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުތަކަށް ރިއާޔަތްކޮށް އެ އަޑުއެހުމުގައި އިއްވާފައި ވެއެވެ. ގާނޫނީ ވަކީލުންނާއި އާއިލާ އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ. އެ ހާލަތު މެދުވެރި ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.

Advertisement - newsAdvertisement

އެހެންކަމުން ޑޮކަޓަރުން ލަފާދެއްވާފައި ވަނީ 24 ގަޑިއިރު ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ހާލު ބެއްލެވުމަށް މީހަކު ބެހެއްޓުމަށެވެ.

ނަމަވެސް ވަކީލުން ވިދާޅުވީ ރައީސް މައުމޫނާ މެދު ފުލުހުން އަމަލު ކުރަމުންދަނީ ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް 24 ގަޑިއިރު ރައީސް މައުމޫންގެ ސިއްހީ ހާލަތު ބެލުމަކީ ފުލުހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނު ބަންދުން ދޫކޮށްދިނުމަށާއި ބަންދުން ދޫކޮށްދެވެން ނެތް ނަމަ، ގޭބަންދަށް ބަދަލުކޮށްދިނުމަށް ވެސް ވަކީލުން އެދިލެއްވިއެވެ.

ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ގެންދެވީ ރައީސް މައުމޫން ބަންދުން ދޫކޮށްލައިފި ނަމަ މިމައްސަލައިގެ ހެއްކަށް ނުފޫޒު ފޮރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނަމުންނެވެ. އެހެންކަމުން ރައީސް މައުމޫން ޖަލު ބަންދުން ދޫކޮށްދިނުމާ ދެކޮޅަށް ޕީޖީ އޮފީހުގެ ވަކީލުން ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ.

ޕީޖީ އޮފީހުގެ ވަކީލުން ރައީސް މައުމޫން ދޫކޮށްލެއްވުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމުން ރައީސް މައުމޫންގެ ވަކީލުން ވިދާޅުވީ ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތުތަކެއް މިއަޑުއެހުމުގައި ހިއްސާކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން އެ އަޑުއެހުން ސިއްރުކޮށް ދިނުމަށް އެދިލެއްވިއެވެ.

އެހެންކަމުން މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް، އެޑުއެހުން ސިއްރު ކުރުމަށް ނިންމެވިއެވެ.

މިދިއަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަ އެރޭ ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފަ އެވެ. އަދި އޭގެފަހުންވެސް ސިޔާސީ ގިނަ ބަޔަކު ހައްޔަރުކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ 09 ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް