Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްޠީނު

ފަލަސްޠީނުން އދ ގެ ދެ ޖަމުއިއްޔާ އަކާއި ގުޅިއްޖެ

24 މެއި 2018 | ބުރާސްފަތި 05:35

ގުޅިފައިވަނީ ޔޫ.އެން.ސީ.ޓީ.އޭ.ޑީ އަދި ޔޫ.އެން.އައި.ޑީ.އޯ އާއި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 މެއި 2018 | ބުރާސްފަތި 05:35
މި ޖަމުޢިއްޔާތަކާއި ގުޅުމުން ބައިނަލްއަޤުވާމީ މަސްރަހުގައި ބަސް ބުނާނެ އިތުރު ފުރުޞަތުތަކެއް ފަލަސްޠީނަށް ލިބިގެންދާނެ

މި ޖަމުޢިއްޔާތަކާއި ގުޅުމުން ބައިނަލްއަޤުވާމީ މަސްރަހުގައި ބަސް ބުނާނެ އިތުރު ފުރުޞަތުތަކެއް ފަލަސްޠީނަށް ލިބިގެންދާނެ | އޭއެފްޕީ

ފަލަސްޠީނުން އދ ގެ ދެ ޖަމުޢިއްޔާއެއްގެ މެންބަރަކަށް ވެއްޖެއެވެ.

އެ ޤައުމުން ގުޅިފައިވަނީ ޖެނީވާގައި ހިންގާ އދގެ ޓްރޭޑް އޯގަނައިޒޭޝަން، ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) އާއި ވިއެނާގައި ހިންގާ އދގެ ސިނާއިީ ތަރައްޤީގެ ޖަމުޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން (ޔޫއެންއައިޑީއޯ) އާއިއެވެ.

މީގެ އިތުރުން އެ ޤައުމުން ވަނީ ކެމިކަލް ހަތިޔަރާއި ދެކޮޅަށް އެކުލަވާލާފައިވާ، އދގެ ކޮންވެންޝަން އޮން ޕްރޮހިބިޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް ގައިވެސް ބައިވެރިވެފައެވެ.

ފަލަސްޠީނުން މި ދެ ޖަމުޢިއްޔާއާއި، ކޮންވެންޝަންގައި ބައިވެރިވިކަން އދގެ މެދުއިރުމަތީގެ ކޯޑިނޭޓަރު ނިކޮލޭ ލަޑެނޯވް ވަނީ އދގެ ސަލާމަތީ މަޖިލީހާއިވެސް ހިއްސާކޮށްފައެވެ.

މި ޖަމުޢިއްޔާތަކާއި ގުޅުމުން ބައިނަލްއަޤުވާމީ މަސްރަހުގައި ބަސް ބުނާނެ އިތުރު ފުރުޞަތުތަކެއް ފަލަސްޠީނަށް ލިބިގެންދާނެއެވެ.

ފަލަސްޠީނަށް މިހާތަނަށް އދގެ މެންބަރުކަން ދީފައި ނުވި ނަމަވެސް، އެ ޤައުމަކީ އދގެ އޮބްޒަރވަރ ސްޓޭޓެކެވެ. އެހެންކަމުން، އދގެ އެކިއެކި ޖަމުޢިއްޔާތަކާއި ކޮންވެންޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަލަސްޠީނަށް ލިބިގެންވެއެވެ.

މީގެ ކުރިން 2011 ވަނަ އަހަރު ފަލަސްޠީނުން ވަނީ އދގެ ތަޢުލީމާއި ސައިންސާއި ސަގާފަތާއި ބެހޭ ޖަމުޢިއްޔާ، ޔުނެސްކޯގެ މެންބަރަކަށް ވެސް ވެފައެވެ. މި ޖަމުޢިއްޔާތަކަކީ އެކި ޤައުމުތަކުން ދޭ އެހީއިން ހިންގާ ޖަމުޢިއްޔާތަކަށް ވާއިރު، ފަލަސްޠީނުން ޔުނެސްކޯއާއި ގުޅުމުން އެކަމާއި ނުރުހުން ފާޅުކޮށް، އެމެރިކާއިން އޭރު ވަނީ ޔުނެސްކޯއަށް ދޭ އެހީއިން ބައެއް އުނިކޮށްފައެވެ. އަދި ނިމިގެން ދިޔަ އަހަރު އެމެރިކާއިން ވަނީ ޔުނެސްކޯގެ މެންބަރުކަމުން ވަކިވެފައެވެ.

ފަލަސްޠީނުން ޔޫ.އެން.ސީ.ޓީ.އޭ.ޑީ އަދި ޔޫ.އެން.އައި.ޑީ.އޯ އާއި ގުޅުމުން އެ ޖަމުޢިއްޔާތަކަށް އެމެރިކާއިން ދޭ އެހީވެސް ކަނޑާލާނެ ކަމަށް ބެލެވޭއިރު، މިކަމާއި ގުޅިގެން އެމެރިކާއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2022

ރަޝިއާގެ އަސްކަރިއްޔާއާ ދެ ލައްކައަށްވުރެ ގިނަ މީހުން ގުޅިއްޖެ

06 އޮކްޓޯބަރު 2022
ރަޝިއާގެ އަސްކަރިއްޔާއާ ދެ ލައްކައަށްވުރެ ގިނަ މީހުން ގުޅިއްޖެ
12 މެއި 2022

ފިންލޭންޑް ނޭޓޯއާ ގުޅިއްޖެނަމަ މަޑުން ނޯންނާނެކަމުގެ އިންޒާރު ރަޝިއާއިން ދީފި

12 މެއި 2022
ފިންލޭންޑް ނޭޓޯއާ ގުޅިއްޖެނަމަ މަޑުން ނޯންނާނެކަމުގެ އިންޒާރު ރަޝިއާއިން ދީފި
14 އެޕްރީލު 2022

ފިންލަންޑް-ސްވީޑްން، ނޭޓޯއާ ގުޅިއްޖެ ނަމަ ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު

14 އެޕްރީލު 2022
ފިންލަންޑް-ސްވީޑްން، ނޭޓޯއާ ގުޅިއްޖެ ނަމަ ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު
01 ސެޕްޓެމްބަރު 2020

އިންޑިއާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރަނީ

01 ސެޕްޓެމްބަރު 2020
އިންޑިއާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރަނީ
24 ޖޫން 2020

ކޮވިޑް-19 ވެކްސިންއަކާއި ނުލާވެސް މަރުވެދާނެ ކަމަށް އިޓަލީގެ ޑޮކްޓަރެއް ވިދާޅުވެއްޖެ

24 ޖޫން 2020
ކޮވިޑް-19 ވެކްސިންއަކާއި ނުލާވެސް މަރުވެދާނެ ކަމަށް އިޓަލީގެ ޑޮކްޓަރެއް ވިދާޅުވެއްޖެ
12 މެއި 2020

ތިންވަނަ ބޮޑު ހަނގުރާމައަކާއި އެއްވަރުގެ ގެއްލުން ކޮވިޑް-19 އިން ލިބޭނެ: ޔޫއޭއީ

12 މެއި 2020
ތިންވަނަ ބޮޑު ހަނގުރާމައަކާއި އެއްވަރުގެ ގެއްލުން ކޮވިޑް-19 އިން ލިބޭނެ: ޔޫއޭއީ
24 އެޕްރީލު 2019

ބޮމުގެ ހަމަލާދިން މީހުންގެ ތެރޭގައި ދެމަފިރިއަކާއި ދެބެއިން!

24 އެޕްރީލު 2019
ބޮމުގެ ހަމަލާދިން މީހުންގެ ތެރޭގައި ދެމަފިރިއަކާއި ދެބެއިން!
23 އެޕްރީލު 2019

ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!

23 އެޕްރީލު 2019
ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
26 ނޮވެމްބަރު 2017

މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ

26 ނޮވެމްބަރު 2017
މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ
04 ސެޕްޓެމްބަރު 2017

އައިސިސްގެ 113 ހަނގުރާމަވެރިން ސީރިއާ ސަރުކާރާއި ގުޅިއްޖެ

04 ސެޕްޓެމްބަރު 2017
އައިސިސްގެ 113 ހަނގުރާމަވެރިން ސީރިއާ ސަރުކާރާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް