Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ ހަނގުރާމަ

އައިސިސްގެ 113 ހަނގުރާމަވެރިން ސީރިއާ ސަރުކާރާއި ގުޅިއްޖެ

ސީރިއާ ސަރުކާރުގެ ފައުޖުތަކާއި ގުޅުނު މީހުން ވަނީ ދީރް އަލް ޒޫރުގައި ހަނގުރާމަ ކުރުމަށް ދެކޮޅުހަދާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 ސެޕްޓެމްބަރު 2017 | ހޯމަ 23:52
ސީރިއާގައި ހަނގުރާމަކުރަމުންދާ އައިސިސްގެ ހަނގުރާމަވެރިންތަކެއް

ސީރިއާގައި ހަނގުރާމަކުރަމުންދާ އައިސިސްގެ ހަނގުރާމަވެރިންތަކެއް

ސީރިއާގެ ހުމްސްގެ ރައީފް އަވަށާއި ދީރް އަލް ޒޫރާއި ދެމެދުގައިވާ ސަހަރާގައި ތިބި އައިސިސް ޖަމާޢަތުގެ 113 ހަނގުރާމަވެރިން ސީރިއާ ސަރުކާރާއި ގުޅިފައިވާ ކަމަށް ސީރިއާ ސަރުކާރުން ބުނެފިއެވެ.

ސީރިއާ ސަރުކާރުގެ ފައުޖުތަކާއި ގުޅުނު ހަނގުރާމަވެރިންގެ އާއިލާތަކަށް ސީރިއާގެ ސަރުކާރުން މިހާރު ހިމާޔަތް ދީފައިވީނަމަވެސް، ސީރިއާ ސަރުކާރުގެ ފައުޖުތަކާއި ގުޅުނު މީހުން ވަނީ ދީރް އަލް ޒޫރުގައި ހަނގުރާމަ ކުރުމަށް ދެކޮޅުހަދާފައެވެ.

ސީރިއާ ސަރުކާރާއި އައިއިސްގެ ހަނގުރާމަވެރިންތަކެއް ގުޅުނު ނަމަވެސް، ސީރިއާގެ ހުމްސްގެ ރައީފް އަވަށާއި ދީރް އަލް ޒޫރާއި ދެމެދުގައިވާ ސަހަރާގައި ތިބި ހަނގުރާމަވެރިން ދެބައިވެފައިވާ ކަމަށާ، އޭގެން ބަޔަކަށް ހަމަލާ ދީފައިވާނެ ކަމަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން، ސީރިއާ ސަރުކާރުގެ ދަށަށް އެއްބަޔަކު ގޮސްފައިވާއިރު، އަދިވެސް ސަހަރާގައި ހަނގުރާމަވެރިން ތިބި ކަމަށް އެމެރިކާއިން ބުނެއެވެ. އަދި ސަހަރާގައި ތިބި ހަނގުރާމަވެރިން ބޭނުންކުރަމުންދިޔަ 40 ކާރަށް ހަމަލާދީ، 85 ހަނގުރާމަވެރިއަކު މަރާލާފައިވާކަމަށްވެސް އެމެރިކާ އިސްވެ އޮވެ ސީރިއާގައި ހަނގުރާމަކުރާ ކޯލިޝަނުން ވަނީ ބުނެފައެވެ.

ސީރިއާގެ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، ދެފަރާތުންވެސް ބުނަމުންދަނީ އެފަރާތްތަކަށް ކާމިޔާބުވަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު