Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމާލިއާ އޮބާމާ

މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ

މާލިއާގެ އުމުރުން މިހާރު 19 އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 26 ނޮވެމްބަރު 2017 | އާދީއްތަ 07:37
މާލިއާ އޮބާމާ

މާލިއާ އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދަރިކަނބަލުން، 19 އަހަރުގެ މާލިއާ އޮބާމާ ހާވާޑް ޔުނިވަސިޓީގައި ކިޔަވަން ފެށިތާ ދުވަސްކޮޅެއް ފަހުން އާންމުވެފައިވާ ވީޑިއޯއަކާ ގުޅިގެން އެކަމަނާއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މާލިއާ ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރެވެ. ވީޑިއޯގައި މީހަކު ވާހަކަދައްކާ އިރު، މާލިއާ އޮބާމާގެ ނަމުން ގޮވާ އަޑުވެސް އިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާވަނީ ރައްދު ދެއްވާފައެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި އިވާންކާ ވިދާޅުވީ، "މާލިއާގެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން އޭނާއަށް ވެސް ޒާތީ މިނިވަންކަން ލިބެންޖެހޭ" ކަމަށެވެ. އަދި މާލިއާއަކީ "ޒުވާނެއެއް އަދި އަމިއްލަ ފަރުދެއް"ކަމަށް ފާހަގަ ކުރައްވަމުން އިވާންކާ ވިދާޅުވީ މިފަދަ ކަންކަމީ މާލިއާގެ އަމިއްލަފުޅު ކަންކަން ކަމަށެވެ.

އިވާންކާގެ އިތުރުން، ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ދަރިކަނބަލުން، ޗެލްސީވެސް ވަނީ މާލިއާގެ ދިފާއުގައި ޓްވީޓް ކުރައްވައިފައެވެ.

މާލިއާ އޮބާމާގެ ޒާތީ ދިރިއުޅުމަކީ "ސަމާލުކަން ހޯދަން ބޭނުންކުރާ އެއްޗަކަށް ނުހަދާ، އެއަށް ވުރެ ރަނގަޅުވޭ،" ޗެލްސީ ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު