Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހެރީ އާއި މޭގަން

ހެރީއާއި މޭގަން ކައިވެނި ކުރައްވައިފި

ކައިވެނި ބައްލަވައިގެންފައިވަނީ ރާއްޖެ ގަޑިން ހަވީރު5 ޖެހިއިރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 މެއި 2018 | ހޮނިހިރު 16:20
ހެރީ އާއި މޭގަން ކައިވެނީގެ ހަފްލާގައި

ހެރީ އާއި މޭގަން ކައިވެނީގެ ހަފްލާގައި

ދުނިޔޭގެ އެތަށް މިލިއަން ބަޔަކު އިންތިޒާރު ކުރަމުން އައި ޝާހީ ކައިވެނި ކަމަށްވާ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނި ބައްލަވައިގެންފިއެވެ.

ކައިވެނީގެ ހަފްލާ އޮތީ ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ކައިވެނީގެ ރަސްމިއްޔާތު ހަމަލޮލުން ދެކިލުމަށް އެތައް ހާސް އާންމުން ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި ޓީވީންނާއި އޮންލައިންކޮށް މިކައިވެނީގެ ހަފްލާ ވަގުތުން ބެލި މީހުންގެ އަދަދު ވަނީ އެތައް މިލިއަނަކަށް އަރާފައެވެ.

ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެ ހަވީރު 5 ޖެހިއިރު ބޭއްވި ކައިވެނީގެ ކައިވެނީގެ ރަސްމިއްޔާތުގައި ޕްރިންސް ހެރީ އާއި ބޭބޭފުޅު ޕްރިންސް ވިލިއަމް އާއި ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑިލްޓަން ބައިވެރިވެ ވަޑައިގެންފައިވާއިރު މޭގަންގެ ބައްޕާފުޅު ތޯމަސް މާކަލްއަށް ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެވުނެވެ. މީގެ ހަފްތާއެއްގެ ކުރިން އޭނާއަށް ވަނީ ހާޓްއެޓޭކެއް ޖެހި ހިތުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދިވެސް އޭނާ އޮންނެވީ ހޮސްޕިޓަލުގައި އެދުމަތި ކޮށްފައިކަމުން ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވެވޭތީ ދެރަވާކަމަށް ތޯމަސް މާކެލް ވަނީ ވިދާޅުވެފައެވެ. މޭގަންގެ ބައްޕައަށް ކައިވެނީގެ އުފަލުގައި ބައިވެރި ނުވެވުނު ކަމުގައިވިއަސް މި ހަފްލާގައި މޭގަންގެ ބައްޕައެއްގެ ރޯލު އަދާކުރައްވާފައިވަނީ ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްއެވެ.

މޭގަން އާއި ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް

ކައިވެނީގެ ޕާޓީއަށް ހަދިޔާގެ ބަދަލުގައި ހެރީއާއި މޭގަން ބޭނުންފުޅުވީ ޗެރިޓީތަކަށް އެހީވުމަށެވެ. އެގޮތުން ހަތް ޗެރިޓީއެއް ޝާހީ އާއިލާއިން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ޗެރިޓީތަކާއި އެޗްއައިވީ އެއިޑްސް އިން ސަލާމަތްވުމަށް މަސައްކަތް ކުރާ ޗެރިޓީ އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވާ ޗެރިޓީއާއި އަދި ވަންނާނެ ގެއެއް ނުލިބިފައި ތިބި މީހުންނަށް އެހީވާ ޗެރިޓީ ހިމެނެއެވެ. ކައިވެނީގެ ރަސްމިއްޔާތަށް އާންމުންގެ ތެރެއިން 1000އެއްހާ މީހުންނަށް ދައުވަތު އަރުވާފާއިރު 800 އެއްހާ މެހެމާނުން ވަނީ ބައިވެރިވެފައެވެ.

މޭގަން

އިތުރަށް ކިޔާލަން

29 ޖޫން 2017

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި

29 ޖޫން 2017
އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި
31 މެއި 2017

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

31 މެއި 2017
"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި
28 މެއި 2017

ބެންސްޓިލާ އާއި ޓޭލާގެ ކައިވެނި ރޫޅިއްޖެ

28 މެއި 2017
ބެންސްޓިލާ އާއި ޓޭލާގެ ކައިވެނި ރޫޅިއްޖެ
22 އެޕްރީލު 2017

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު
17 އެޕްރީލު 2017

ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

17 އެޕްރީލު 2017
ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު