Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރަބާސް

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

6000 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ޕްރަބާސް އާއެކޭ ބުނެފައެއް ނުވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 މެއި 2017 | ބުދަ 12:06
ޕްރަބާސް

ޕްރަބާސް

"ބާހްބަލީ" ގެ ލީޑްރޯލުން ފެނިގެންދާ ޕްރަބާސް ވެފައިވަނީ "ބާހްބަލީ" ސިނަމާތަކަށް އައިފަހުން މުޅި އިންޑިއާގައި އެންމެ މަގުބޫލު އެކްޓަރަކަށް ވެފައެވެ. އަދި އެ ފިލްމްގެ ދެ ވަނަ ބަޔާ އެކު އޭނާގެ މަގުބޫލުކަން ވަނީ އިންތިހާ އަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒުވާން ގިނަ އަންހެން ކުދިންގެ ހިތްތަކުން ޕްރަބާސް ޖާގަ ހޯދާފައިވާ އިރު އޭނާއާ ކައިވެނިކުރުމަށް އެދި 6,000 ހުށައެޅުން ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް އޭނާ އާއެކޭ ބުނެފައިނުވާ ކަމަށް ވެއެވެ.

އަޑުތައް އަރާފައިވާ ގޮތުގައި 2018 ވަނަ އަހަރު ޕްރަބާސް ކައިވެނި ކުރާނެއެވެ. އިންޑިއާގެ ނޫހެއްކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ޕްރަބާސް ކައިވެނި ކުރާނީ އިންޑަސްޓްރިއަލިސްޓެއް ކަމަށްވާ މަޝްހޫރު ތެލުގޫގެ ޕޮލިޓިޝަން ބުޕާތީ ރާޖޫއަށް ކާފަ ކިޔާ ކުއްޖަކާއެވެ.

އެހެން ނަމަވެސް ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ޕްރަބާސްގެ އޮފިޝަލް ސްޕޯކްސްޕާސަންއަކާ އެ ނޫހުން ގުޅިކަމަށާއި އެކަން އަދި ޔަގީން ނުވާ ކަމަށެވެ. މީގެ ކުރިން ޕްރަބާސް އާއި "ބާހްބަލީ 2" ގައި އަންހެން އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދިޔަ އަނުޝްކާ ޝެޓީއާ ގުޅުމެއް އޮތް ކަމަށް އަޑުތައް ފެތުރުނެވެ. އަނުޝްކާ ޝެޓީ އާއި ޕްރަބާސް ވަނީ ތެލުގޫގެ އެހެން ފިލްމުތަކުން ވެސް އެކުގައި ފެނިގެން ގޮސްފައެވެ. އަދި ޕްރަބާސްއަށް ސަޕޯޓްކުރާ ގިނަ ފޭނުން ބޭނުންވަނީ ވެސް އެދެމީހުން ކައިވެނިކުރުމަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ޕްރަބާސް އަނުޝްކާއާ ކައިވެންޏެއް ނުކުރާނެއެވެ.

"ބާހްބަލީ 2" ގެ މަސައްކަތަށް ފަހު ޕްރަބާސް މިހާރު ދަނީ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ. ޕްރަބާސް އިންޑިއާއަށް އެނބުރި ވަރަށް އަވަހަށް ދާނެ ކަމަށާއި އެނބުރި އިންޑިއާއަށް އައުމުން އޭނާގެ ކައިވެންޏާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް މިއަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓް ކުރަން ފަށާ އޭނާގެ އާ ތެލުގޫ ފިލްމު "ސާހޯ" ގެ ޝޫޓިން ފަށާނެއެވެ. އެ ފިލްމުގެ ބޮޑުބައި ޝޫޓް ކުރާނީ އިންޑިއާގެ މުމްބާއީގައެވެ. މި ފިލްމު ސްކްރީންތަކަށް އަންނަ އަހަރު އަންނަ އިރު މި ފިލްމުވެސް ރިލީޒް ކުރާނީ "ބާހްބަލީ 2" ވެސް ރިލީޒް ކުރި ގޮތަށް ތަމަޅަ އަދި ހިންދީ ބަހަށް ޑަބް ކޮށްގެންނެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2018

ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ

26 ޖޫން 2018
ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ
16 ޖޫން 2018

ސަލްމާންގެ އައި ފައުންޑް ލަވް އެންމެން ބެލުމަށް އެދިއްޖެ

16 ޖޫން 2018
ސަލްމާންގެ އައި ފައުންޑް ލަވް އެންމެން ބެލުމަށް އެދިއްޖެ
14 ޖޫން 2018

ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ

14 ޖޫން 2018
ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ
09 ޖޫން 2018

ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި

09 ޖޫން 2018
ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި
14 އެޕްރީލު 2018

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

14 އެޕްރީލު 2018
ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު