Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސާފު އިންޑިއާ ކެމްޕޭން

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި

ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ބުނެފައިވަނީ، ވަޒީރު އާ އިރިގޭޝަން ސްކީމެއް ފައްޓަވައި ދެއްވީ ކަމަށް

ރާއްޖެ އެމްވީ | 29 ޖޫން 2017 | ބުރާސްފަތި 18:28
އިންޑިއާގެ މައި ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވަނީ

އިންޑިއާގެ މައި ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވަނީ

ބޮޑު ވަޒީރު މޯދީގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރާދާ މޯހަން ސިންގ ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރެއްވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިގައި ހިފައިފިއެވެ.

މި ފޮޓޯތަކާއެކު މިނިސްޓަރ މިކަން ކުރެއްވިކަން ފަޅާ އެރުމުން ސޯޝަލް މީޑިއާގައި އިންޑިއާގެ އާއްމު ރައްޔިތުން ގެންދަނީ ހަޖޫ ޖަހާ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މިނިސްޓަރ ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވާއިރު ހަތިޔާރު އެޅި ސިފައިން އޭނާގެ ފާރައަށް ތިބެއެވެ.

ފޮޓޯ ހާމަކުރި ޓްވީޓުގައި މިކަމަށް ހަޖޫ ޖަހަމުން ހިންދީ ބަހުން ލިޔެފައިވާ ލިޔުންކޮޅުގެ މާނައިގައި އޮންނަނީ، ވަރުގަދަ ސެކިއުރީޓީއާ އެކު ޔުނިއަން މިނިސްޓަރ ފޯ އެގްރިކަލްޗަރ އައު އިރިގޭޝަން ސްކީމެއް ފައްޓަވައި ދެއްވައިފި ކަމަށެވެ. ހަމަ އެއާއެކު، ބޮޑުވަޒީރު މޯދީގެ ސާފު އިންޑިއާ ކެމްޕޭން އަށް މިނިސްޓަރ އިތުރު ބާރެއް ދެއްވައިފި ކަމަށެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އީދު ބަންދަށް މިނިސްޓަރ ވަޑައިގަތީ ގާނޫނު ހަދާ މަޖިލީހުގައި އޭނާ ތަމްސީލް ކުރައްވާ ބިހާރުގެ މޮތިހާރީ އަށެވެ. އަދި މިދިޔަ ހޯމަ ދުވަހު އެ ޒިޔާރަތައް ފަހު އެނބުރި މިނިސްޓަރ ވަނީ ދިއްލީ އަށް އެނބުރި ވަޑައިގެންފައެވެ. މިހާދިސާއާ ގުޅޭ ގޮތުން މިނިސްޓަރާ ހަވާލާދީ ރިޕޯޓުތަކުގައިވަނީ، އެ ހިސާބުގައި ފާޚާނާއެއް ނެތުމުން، ދަތުރުމަތީގައި، ކެތް ނުކުރެއްވިގެން ކުޑަގިފިލި ކުރައްވަން މަޖުބޫރުވެ ވަޑައިގަތީ ކަމަށެވެ.

ބިހާރަކީ އިންޑިއާގެ އެހެން ސަރަހައްދުތަކާ އަޅާ ބަލާއިރުވެސް ފާޚާނާ އެންމެ މަދު އެއް ސަރަހައްދު ކަމަށާއި، ސާފު އިންޑިއާ ޕްރޮގްރާމްގައިވެސް އެންމެ ފަހަތުގައި އުޅޭ ސަރަހައްދު ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ބޮޑުވަޒީރު މޯދީގެ ސާފު އިންޑިއާ ކެމްޕޭން ލޯންޗު ކުރެއްވީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ކެމްޕޭންގެ ދަށުން މަގުމައްޗަށް ކުޑަގިފިލި ކުރުން ވަރަށް ބޮޑަށް އިންޑިއާގައިވަނީ ދައްކުރެވިފައެވެ. ކެމްޕޭން ފެށުމާއެކު، ބައެއް އަންހެން ކުދިން އަލަތު ކައިވެނި ކުރާނީވެސް ފާޚާނާ އެއް ހަދައިދިނުމުން ކަމަށް ބުނެފައިވާ ކަމަށް ވެއެވެ. ބައެއް ވިލެޖްތަކުގައި ރައްޔިތުން ޗަންދާ ނަގައިގެން އާއްމު ފާޚާނާތައްވެސް ވަނީ މި ކެމްޕޭންގެ ދަށުން ގާއިމް ކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
14 އެޕްރީލު 2017

އެންމެ ފަހުން ނެޝެނަލް އެވޯޑާއި ބެހޭ ގޮތުން އަކްޝޭ ރައްދު ދީފި

14 އެޕްރީލު 2017
އެންމެ ފަހުން ނެޝެނަލް އެވޯޑާއި ބެހޭ ގޮތުން އަކްޝޭ ރައްދު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު