Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫން

ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރުމަށް ޕާޓީތަކުން ގޮވާލައިފި

17 މެއި 2018 | ބުރާސްފަތި 09:58

އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައިވިޔަސް އެ މަނިކުފާނު ބަންދުކޮށްފައި ބެހެެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫން

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 17 މެއި 2018 | ބުރާސްފަތި 09:58
ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންނަނީ

ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންނަނީ

ރަމަޟާން މަހުގެ އަޅުކަން އަދާކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭ ބަންދަން ބަދަލުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ދެ ވަނަ ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް މައުމޫން ޖަލަށް ލާފައި ހުންނަވާތާ 100 ދުވަސް ހަމަވުމާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް މައުމޫންގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއާއި ވަކީލުން އެދުނު ނަމަވެސް އެކަމަށް އިޖާބައެެއް ނުދީ މި ބަރަކާތްތެރި ރަމަޟާން މަހު ޖަލުގައި ބެހެެއްޓުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

Advertisement - newsAdvertisement

ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު އިންތިހާއަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭންޖެހިފައިވާއިރު އަދި ބަންދުގައި ހުންނަ މަރުކަޒުގައި އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވެމުން ނުދާއިރު، އަދި އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން އަބަދުމެ އަރިހުގައި ބޭފުޅަކު ހުންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު ބަޔާނުގައި ބުނެފައިވަނީ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ޢަމަލުކުރެވެމުން ނުދާ ކަމަށެވެ.

އެމަނިކުފާނު ބަންދުގައި ގެންގުޅުއްވުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައިވިޔަސް އެކަށީގެންވާކަމެއް ނޫންކަމާއި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އެމަނިކުފާނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެވޭނީ ޢާއިލާއާ އެކުގައި ހުންނެވުމުން ކަމަށްވާތީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ދެއްވައި ގޭ ބަންދަށް ވިޔަސް ބަދަލު ކޮށްދެއްވުމަށް އެމަނިކުފާނުގެ ޢާއިލާއާ ވަކީލުންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި ދަންނަވަމުން ގެންދަވާ ދެންނެވުންތަކަށް އެއްވެސް އިޖާބައެއް ނުދޭ ކަމަށް ވެސް ބަޔާނުގައި ބުނެއެވެ.

"ރައީސް މައުމޫން ޣައިރުގާނޫނީ ގޮތުން ބަންދުކުރައްވާފައިވީ ނަމަވެސް، އެމަނިކުފާނު ކުރައްވަމުންގެންދަވާ އިސްލާހީ މަސައްކަތަށް ވެސް، އަދި އެމަނިކުފާނުގެ ޢަޒުމަކަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއާ ޤާނޫނުތަކުން ލިބިދޭ އެންމެހާ ޙައްޤުތައް ހަމަހަމަކަމާއެކު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ އިސްލާހީ މަސައްކަތް ވަރުގަދަ ކުރައްވައި، އެމަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދެއްވައެވެ." ބަޔާނުގައިވެ އެވެ،

ރައީސް މައުމޫން ޖަލަށް ލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ހެދިފައި ހުރި އެންމެހާއި ޤާނޫނުތަކާ ޚިލާފަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޒާތީ ހަސަދައިގައި ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް