Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމުގެ އުންމީދު އާވެއްޖެ: ޝިފާ

ޕާޓީގެ ރޫހު ވެސް އާލާ ވެއްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 މެއި 2018 | ހޮނިހިރު 05:21
ޖަލްސާގައި ޝިފާ ވާހަކަ ދައްކަނީ

ޖަލްސާގައި ޝިފާ ވާހަކަ ދައްކަނީ

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމުގެ އުއްމީދު އާވެއްޖެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވާ ރައީސް ނަޝީދުގެ ކެމްޕޭން ލޯންޗު ކުރުމަށް އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ 2018 ރިޔާސީ އިންތިހާބު ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމުގެ އުންމީދާއެކު ޕާޓީގެ ރޫހު ވެސް އާލާ ވެއްޖެ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން މާޔޫސްއެއް ނުވޭ، އަޅުގަނޑުމެން އެންމެނަށް ވެސް އިނގޭ ގައުމަށްޓަކައި ދީނަށްޓަކައި މި ލޮބުވެތި ވަތަނަށް ޓަކައި މިނިވަންކަމަށް ޓަކައި މަސައްކަތް ކުރާ ކޮންމެ ރައްޔިތަކު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ކޮންމެ ވެސް ކަހަލަ ކުޑަ ގޮޅި އެއްގައި ނުވަތަ ޖަލު ގޮޅި އެއްގައި ބަންދު ވެފައި ތިބޭ ތަން. ރައީސް ނަޝީދަށް ކޮން އަހަރަކު ތޯ މިނިވަން ކަމާއެކު ކުރިމަތި ލެވޭ ވަރު މި ވީ އިންތިހާބަކަށް އެކަމަކު ވިސްނާ ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައީސް ނަޝީދު ދެކެ ބިރު ގަންނާތީވެ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާ ބޭފުޅުން ކަންބޮޑުވާތީވެ ކޮންމެ ވެސް ކަމެއް ބޮލުގައި އަޅުވާފައި ޖަލުގެ ގޮޅިއަކަށް ލައި ކުށްވެރިކޮށް ރައްޔިތުންގެ ކުރިމަތީގައި ބޭޒާރު ކުރުމުގެ އުންމީދުގައި އެ ކަންކަން އެ ކުރައްވަނީ. ދަންނަވަންތޯ އެކެއް ފެބްރުއަރީގެ ހުކުމަކީ އެއީ ހުކުމަކީ. ފަސް ފަނޑިޔާރުން އިއްތިފާގު ވެފައި އެ ވަނީ އެ ބޭފުޅުންނަކީ ކުށްވެރިން ނޫން ކަމަށް އަދި ހުކުމެއް ތަންފީޒު ކުރަން ޖެހޭ ބައެއް ނޫން ކަމަށް ވެސް" ޝިފާ ވިދާޅުވިއެވެ.

"ޖަޒީރާ ރައީސް" ގެ ނަމުގައި ފެށި މި ކެމްޕޭންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ނޫން ކަމަށާއި މި ދަތި އުނދަގޫ ވަގުތުގައި ވެސް ރައީސް ނަޝީދު އިޚްތިޔާރު ކުރީ މުއާމަލާތް ކުރުމުގެ ސިފަ ކަމަށާއި އެ ގޮތުން ހުރިހާ ޕާޓީތަކާ ވާހަކަ ދައްކަވައިގެން މިހާރު ވެސް ކަންތައްތައް ކުރިއަށް ގެންދަވާ ކަމަށެވެ.

ޝިފާ ވަނީ ރައީސް ނަޝީދުގެ ހިތްވަރުފުޅަށް ސާބަސް ދެއްވާ ތައުރީފު ކުރައްވާފައެވެ.

"ޤައުމެއް ކޮޅަށް ޖެހޭނީ އަޒުމް ވަރުގަދަ ލީޑަރުންނަށް، އަނިޔާވެރި ފިތުނަވެރި ވައްކަމުން ފުރިގެންވާ ނުބައި ޒާތްޒާތުގެ ހީލަތްތެރި ރޭވުމުން ގައުމު ފަނާ ކުރަމުންދާ ލީޑަރުންނަކަށް ޤައުމެއް ބިނައެއް ނުކުރެވޭނެ. މި ރާއްޖޭން ފެންނަމުން މި ދަނީ މި ދެންނެވި ކަހަލަ ވިޔާނުދާ ތާކުންތާކު ނުޖެހޭ ވެރިކަމެއް މި ވަގުތު ހިނގަމުންދާ ތަން" ޝިފާ ވިދާޅުވިއެވެ.

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށް މިނިވަން ކޮމިޝަނެއް ގެނެސް، މިނިވަން އިންތިޚާބެއް ބާއްވާނެ ކަމަށާއި އެކަން ކުރެވެން އޮތީ ރައްޔިތުން ރައީސް ނަޝީދަށް މި ޕްރައިމަރީގައި ވޯޓު އަޅައިގެން ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

ހަލާލް ފައިސާ އިން ދިރިއުޅުން ބިނާ ކުރައްވަން ދަސްކޮށް ދެއްވައި ބާރު އެޅުއްވީ ރައީސް ނަޝީދުކަން ފާހަގަ ކުރައްވާ ޝިފާ ވިދާޅުވީ ދެން ވެސް އެކަން ކުރެއްވޭނީ ރައީސް ނަޝީދަށް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު