Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަމޭސް ރޮޑްރިގޭޒް

ހަމޭސް ބޭނުންވަނީ ބަޔާންގައި މަޑުކުރަން

ހަމޭސް ބަޔާންއާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 މެއި 2018 | ހޯމަ 14:27
ކޮލޮމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް

ކޮލޮމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލޮމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެ ޓީމުގެ މަޑުކުރަން ބޭނުންވާ ކަމަށް ބުނެފިއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް ހަމޭސް ބަޔާންއާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބަޔާންގެ ކޯޗުގެ މަގާމުގައި ސީޒަނުގައި ކުރީކޮޅު ހަވާލުވެގެން ހުރި ކާލޯ އަންޗެލޯޓީގެ އެދުމަކަށް އެ ޓީމަށް ގެނައި ޖޭމްސްގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބަޔާންއިން ބޭނުންވާނަމަ އެ ޓީމުން ރެއާލްއަށް 42 މިލިއަން ޕައުންޑް ދައްކަންޖެހެއެވެ. އުމުރުން 26 އަހަރުގެ ޖޭމްސް އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް މި ސީޒަނުގެ ބުންޑެސްލީގާގައި ބަޔާންއަށް ކުޅުނު މެޗުތަކުގައި އެ ޓީމަށް ހަތް ލަނޑު ޖަހައިދީފައެވެ.

ބުންޑެސްލީގާގައި ބަޔާން އެންމެފަހުން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ހަމޭސް ބުނީ އޭނާ އެ ޓީމުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ޖަރުމަނު ލީގަކީ ވަރަށް ވަރުގަދަ ލީގެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ޖަރުމަނަށް އައިއިރު އެ ގައުމާމެދު ދެކުނީ ވަރަށް ތަފާތުކޮށް ކަމަށާއި އެހެން ނަމަވެސް ފުރިފައިތިބޭ ސްޓޭޑިއަމްތައް ފެނުމާއެކު އެގައުމާ މެދު އޭނާ ފުރަތަމަ ދެކުނު ގޮތް ބަދަލުވެފައިވާ ކަމަށެވެ. އޭނާ ބުނީ އުއްމީދުކުރަނީ ބަޔާންއާއެކު ކުރިޔަށް ދިޔުމަށް ކަމަށެވެ.

އެހެން ނަމަވެސް ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ބުނެފައިވަނީ ޖުޕް ހެއިންކޭސް ކޯޗުކަމާއި ހަވާލުވިފަހުން ޖޭމްސް އަންނަނީ ތަފާތު ދައްކަމުން ކަމަށާއި އޭނާ އެ ޓީމަށް ގެނައުމަކަށް އަންޗެލޯޓީ ކުރި މަސައްކަތަކީ ވަރަށް ކާމިޔާބު އަދި އެހާމެ ގިނަ ފައިދާތަކެއް މިހާރު ލިބިގެންދާ ކަމެއް ކަމަށެވެ. އޭނާ ބުނީ ޖޭމްސްގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެހެން ނަމަވެސް އެކަންކަން ކުރުމަށް އަވަސްވެގަންނަން ބޭނުންނުވާ ކަމަށެވެ.

ބަޔާންއަށް ބަދަލުވެ ޖޭމްސް އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރާގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޖޭމްސް ރެއާލް ދޫކޮށްލީ އެ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. މީގެކުރިން ޖޭމްސް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ބަޔާންގައި ހޭދަކުރަމުންދާ ދުވަސްތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ސީޒަނުގެ ކުރީކޮޅު ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. އާ ގައުމަކަށް ބަދަލުވާން ޖެހުމުން އެކަމުގެ ދަތިތައް ދިމާވި ކަމަށާއި އެހެން ނަމަވެސް މިހާރު ޖަރުމަނުގެ ފުޓްބޯޅައަށް ހޭނިފައިވާ ކަމަށް ޖޭމްސް ބުނެފައި ވެއެވެ.

އަމާޒަކީ މި ސީޒަނުގައި ވެސް ކާމިޔާބުކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކުރުންކަން ފާހަގަކުރަމުން ޖޭމްސް ބުނީ ބަޔާންއަކީ ވެސް ރެއާލްއާ އެއްފަންތީގެއް ކްލަބެއް ކަމަށެވެ. މިއީ އާ ތަޖުރިބާއެއް ކަމަށާއި އެހެން ނަމަވެސް ބަޔާންގައި ހުރީވަރަށް ހިތްހަމަޖެހިގެން ކަމަށް މި އިންޓަވިއުގައި ޖޭމްސް ބުނެފައިވެއެވެ. އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަލުން އަނބުރާ ރެއާލްއަށް ގެންދަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އޭނާވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޖޭމްސް ބަޔާންއަށް ބަދަލުވީ ރެއާލްގައި ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށްފަހުއެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު