Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރާނީ ތިމަރަފުށި އަދި ފޯކައިދޫ

ފައިނަލްގެ ޖާގައެއް ހޯދީ ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބ. ފެހެންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 5 މެއި 2018 | ހޮނިހިރު 14:19
ސެމީ ފައިނަލް މެޗެއްގެ ތެރެއިން

ސެމީ ފައިނަލް މެޗެއްގެ ތެރެއިން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުން ތ. ތިމަރަފުށްޓާއި ށ. ފޯކައިދޫ ޖާގަ ހޯދައިފިއެވެ.

ތިމަރަފުށި ފައިނަލްގެ ޖާގައެއް ހޯދީ ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބ. ފެހެންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ގްރޫޕްގެ އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ތިމަރަފުށްޓަށް މި މެޗުގައި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު ނުވައެއް އަހުމަދު ތޯހިރް އަދި ބިދޭސީ ކުޅުންތެރިޔާ ކަމަށްވާ ޖާޒީ ނަމްބަރު 28 ކުއާސީ ޖީންއެވެ. ގްރޫޕްގެ ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފެހެންދޫއަށް މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 14 އާދަމް ނަސީމްއެވެ. ތިމަރަފުށި މެޗުން މޮޅުވި ލަނޑު ކުއާސީ ޖެހި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

ފޯކައިދޫ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފ. ނިލަންދޫގެ މައްޗަށް 2-0 ގެ ނަތީޖާކުން ކުރި ހޯދައިގެންނެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފޯކައިދޫއަށް މި މެޗުގައި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 22 މުހައްމަދު ފާރިޝް އިބްރާހިމް އަދި ޖާޒީ ނަމްބަރު 11 ހުސައިން ނިޝާންއެވެ. ނިލަންދޫ ސެމީއަށް ދަތުރުކުރީ ގްރޫޕްގެ އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ސެމީ ފައިނަލުން ބަލިވި ނަމަވެސް ފެހެންދޫ އަދި ނިލަންދޫއަށް ވެސް ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންވެފައެވެ. އެ ދެ ޓީމާއެކު ފައިނަލްގައި ވާދަކުރާ ތިމަރަފުށްޓާއި ނިލަންދޫ ވެސް ޕްރިމިއާ ލީގުން މިއަހަރު ފެންނާނެއެވެ. ތިމަރަފުށި ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ވެސް ވާދަކޮށްފައެވެ. އެފަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ބ. އޭދަފުށި އަތުންނެވެ. ޕްރިމިއާ ލީގުގައި ވާދަކުރާނީ މި ހަތަރު ޓީމުގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

25 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް

24 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު