Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

ނޭކުރެންދޫ އަތުން ހަނިމާދޫ މޮޅުވީ 0-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 25 މާރިޗު 2017 | ހޮނިހިރު 20:33
މިނިވަން ޗެމްޕިއަންޝިޕްގައި ހދ.ނޭކުރެންދޫ އަދި ހދ.ހަނިމާދޫ ބައްދަލުކުރި މެޗު

މިނިވަން ޗެމްޕިއަންޝިޕްގައި ހދ.ނޭކުރެންދޫ އަދި ހދ.ހަނިމާދޫ ބައްދަލުކުރި މެޗު

މިނިވަން ޗެމްޕިއަންޝިޕްގައި ހދ.ހަނިމާދޫ އަދި މާޅެންދޫ ކުޅުނު މެޗުން އެ ދެޓީމު ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ހަނިމާދޫ މޮޅުވީ ހދ. ނޭކުރެންދޫއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ކުޅުދުއްފުށީގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލްރަހީމް އެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅުނީ ހަނިމާދޫ އެވެ. އެގޮތުން 45 ވަނަ މިނެޓުގައި އެޓީމުން ވަނީ މުހައްމަދު އަބްދުއް ގަފޫރުގެ ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގައި ނޭކުރެންދޫއަށްވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައިވާއިރު، އެޓީމަށް ހަނިމަދޫގެ ގޯލު ފޫއަޅުވާލަން ވަނީ ނުކުޅެދިފައެވެ.

ހަނިމާދޫ އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޒްމީލް އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން މާޅެންދޫ މޮޅުވީ، ނ.ކުޑަފަރީއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން މާޅެންދޫ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމުން ވަނީ 41 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ނިޔާޒް އެވެ.

މާޅެންދޫ އިން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ނިޔާޒް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ކުޑަފަރީގެ މައްޗަށް މާޅެންދޫ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން މާޅެންދޫއިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަބްދުލް ރަހީމް އެވެ.

މެޗުގައި މާޅެންދޫ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އަދި ފަހު ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޒުފާން މޫސާ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު