Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް

މަނަދޫ އަތުން ކެނދިކުޅުދޫ މޮޅުވީ 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 މާރިޗު 2017 | ހުކުރު 23:30
ކެނދިކުޅުދޫ އާއި މަނަދޫ ބައްދަލުކުރި މެޗު

ކެނދިކުޅުދޫ އާއި މަނަދޫ ބައްދަލުކުރި މެޗު

މިނިވަން ޗެމްޕިއަންޝިޕްގައި ނ. ކެނދިކުޅުދޫ އާއި ނ. ނޮޅިވަރަމް ކުޅުނު މެޗު ކާމިޔާބުކޮށް އުންމީދާއެކު މުބާރާތް ފަށައިފި އެވެ.

ހުކުރު ދުވަހު ކުޅުނު މެޗު ކެނދިކުޅުދޫ އިން ކާމިޔާބުކުރީ ނ. މަނަދޫއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މަނަދޫ އިންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަސަން ޒައީމް އެވެ. އެހެން ނަމަވެސް ކެނދިކުޅުދޫއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 24 ވަނަ މިނެޓުގައި އަބްދުﷲ ސުއާދުގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއްނުވަނީސް ކެނދިކުޅުދޫއިން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު 46 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ސަމާލް އެވެ.

މި ލަނޑަށް ފަހު ވެސް ކެނދިކުޅުދޫ އިން ދިޔައީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެން ނަމަވެސް މެޗުގެ ކުޅުން ނިމުނީ 1-2 ގެ ނަތީޖާއިން ކެނދިކުޅުދޫކޮޅަށް ބުރަވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކެނދިކުޅުދޫގެ އަލީ ސަމާލް އެވެ.

ހުކުރު ދުވަހު ކުޅުނު މެޗުން ނޮޅިވަރަމް މޮޅުވީ ހދ. ފިނޭއާ ވާދަކޮށް 3-5 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފިނޭއިންނެވެ. މި ލަނޑު ހަ ވަނަ މިނެޓުގައި އަލީ މިސްބާހް މުހައްމަދު ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓު ފަހުން ނޮޅިވަރަމްގެ އަލީ ރަޝީދު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށްފަހު ނޮޅިވަރަމް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް 23 ވަނަ މިނެޓުގައި ރިޝްވާން އިބްރާހިމްގެ ލަނޑުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދި އެވެ. އެޓީމުން ލީޑު ފުޅާކުރީ 30 ވަނަ މިނެޓުގައި ހިޝާމް އަބްދުލް ރައްޒާގްގެ ލަނޑުންނެވެ.

އެހެންނަމަވެސް ފިނޭ އިން ވަނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު އާރިފް އެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 2-3 ގެ ނަތީޖާއިން ފިނޭގެ މައްޗަށް ނޮޅިވަރަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފިނޭއިން ވަނީ މާގިނައިރުތަކެއް ނުވަނީސް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 59 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި މިސްބާހް އެވެ.

އެހެންނަމަވެސް ނޮޅިވަރަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 73 ވަނަ މިނެޓުގައި ރިޝްވާން ކާމިޔާބުކުރި ލަނޑުން އަދި 83 ވަނަ މިނެޓުގައި އަހުމަދު އަފްރާހް ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޮޅިވަރަމްގެ އިބްރާހިމް ރިޝަވާން އެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު