Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝައިހް ކަމާލް ކަޕް

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 30 ހާސް އެމެރިކާ ޑޮލަރު ދޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2017 | ހޯމަ 00:21
ޑާބާ އަބާނީއާ ދެކޮޅަށް ކުޅުނު ޓީސީގެ ފުރަތަމަ 11

ޑާބާ އަބާނީއާ ދެކޮޅަށް ކުޅުނު ޓީސީގެ ފުރަތަމަ 11

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ނޭޕާލްގެ ލީގް ޗެމްޕިއަން މަނަން ކްލަބް ބައްދަލުކުރާ މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދޭގޮތަށް ހަމަޖެހިއްޖެ އެވެ.

އެސްޓާސްގެ އެކްސްކްލޫސިވް ސްޕޮންސާއާއެކު ރާއްޖެޓީވީން މި މެޗު ގެނެސްދޭއިރު، މެޗު ފެށުމުގެ 30 މިނެޓު ކުރިން ޕްރީޝޯއެއްވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މި މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދޭން ނިންމީ ޓީސީ އަކީ ރާއްޖެޓީވީގެ މީޑިއާ ޕާޓްނަރަށްވުމާއެކު، އެ ކްލަބަށް ކޮށްދޭކަމެއްގެ އިތުރުން ފުޓުބޯޅަ އަކީ ރާއްޖެޓީވީގެ އިތުރުން ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވުމުން ކަމަށެވެ.

ފިޔާޒް ވިދާޅުވީ، ރާއްޖެޓީވީގެ އަމާޒަކަށްވީ ކްލަބްތަކަށް ހިތްވަރުދިނުމުގެ ގޮތުން އަދި މުބާރާތުގައި ޓީސީ ހޯދަމުންދާ ރަނގަޅު ނަތީޖާއާއެކު ރާއްޖޭގައި ތިބި ފުޓުބޯޅަ އަށް ލޯބިކުރާ ރައްޔަތުންގެ ހިސާބަށް މެޗު ވަގުތުން ގެނެސްދިނުން ކަމަށެވެ.

ފިޔާޒް ވަނީ މި މެޗު އެކްސްކްލޫސިވްކޮށް ސްޕޮންސާކުރި އެސްޓާސް އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ގްރޫޕް އޭގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ޓީސީ ސެމީން ޖާގަ ހޯދާފައިވާ އިރު، އެ ގްރޫޕުން ދެން ސެމީން ޖާގަ ހޯދީ ފަސް ޕޮއިންޓް ހަމަކުރި ޕޮޗިއޮން ސިޓިޒެން އެފްސީ އެވެ. އެގޮތުން އެޓީމު ސެމީގައި ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޗިޓަގޮން އަބާނީއާ އެވެ. ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ހޯމަ ދުވަހު ހަވީރު 17:30 ގަ ފެށުމަަށް ހަމަޖެހިފައިވާއިރު، މި މެޗުގެ ހާއްސަ ޕްރީޝޯ 17:00 އިން ފެށިގެން ރާއްޖެޓީވީން ގެނެސްދޭނެއެވެ.

ރާއްޖޭގެ ޓީސީ ސެމީން ޖާގަ ހޯދާފައިވާއިރު، މިއީ ބައިނަލްއަގުވާމީ ކްލަބް މުބާރާތުކުން ރާއްޖޭގެ ކްލަބެއް ސެމީން ޖާގަ ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ އޭއެފްސީ ކަޕްގެ ސެމީފައިނަލް ކުޅެފައެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 30 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 15 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު