Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޫނިއަރ އެތުލެޓިކްސް

ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި

5 މެއި 2018 | ހޮނިހިރު 14:22

ރާއްޖޭގެ އެތުލީޓުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 މެއި 2018 | ހޮނިހިރު 14:22
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު

ސްރީ ލަންކާގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ ފިރިހެން އެތުލީޓުންގެ ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އެތުލީޓުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގައެވެ. މި ދުވުމުގެ އެއްވަނަ އިންޑިއާއިން ހޯދިއިރު ދެވަނަ ހޯދާފައިވަނީ ޕާކިސްތާނެވެ. ރާއްޖެއަށް ތިންވަނަ ލިބުނުއިރު ރޭސް ފެށިއިރު އެއްވަނައިގައި އޮތް ސްރީ ލަންކާ ޑިސްކޮލިފައިވީ އެ ގައުމުގެ ބައިވެރިޔެއްގެ އަތުން ބެޓަން ވެއްޓުމާއި ގުޅިގެންނެވެ.

މި މުބާރާތުގައި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ނާއިލް ވަނީ 400 މީޓަރު ދުވުމުގެ އިވެންޓްގެ ފައިނަލްގައި ވާދަކޮށް ފަސްވަނައަށް ރޭސް ނިންމާފައެވެ. އޭނާ މި އިވެންޓް ނިންމާފައިވަނީ 48.67 ސިކުންތުންނެވެ. ނާއިލް 400 މީޓަރު ދުވުމުގެ ފައިނަލަށް ދަތުރުކުރީ އޭނާ ވާދަކުރި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ހީޓުގެ ދެވަނަ އޭނާ ހޯދީ 49.62 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ފައިނަލްގައި ހުރިހާ މެޑަލްއެއް ވެސް ގެންދިޔައީ ސްރީ ލަންކާގެ އެތުލީޓުންނެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕްގެ ދަށުން ބޮޓްސްވާނާގައި ތަމްރީންތައް ފުރިހަމަކުރަމުން އަންނަ ނާއިލްއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އުއްމީދީ އެތުލީޓެވެ. ޖޫނިއަރ ގިނަ ކެޓަގަރީތަކެއްގެ ރެކޯޑު ވެސް އޭނާ އަތުގައި އޮންނައިރު އޭނާ ވަނީ މިއަހަރު ލަންޑަންގައި ބޭއްވި އައިއޭއޭއެފް ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގައި 400 މީޓަރު ދުވުމުގެ ރާއްޖޭގެ ރެކޯޑު ވެސް މުގުރާލާފައެވެ.

ނާއިލްގެ އިތުރުން އަހުމަދު އަލީވެސް ވަނީ 400 މީޓަރު ހީޓް އެކެއްގައި ވާދަކޮށްފަ އެވެ. އޭނާ ފައިނަލް ބުރަށް ކޮލިފައިވެފައެއް ނުވެ އެވެ. ރާއްޖޭގެ ވިޝާން އަބްރާހީމް ވެސް މިއަދު ވަނީ 100 މީޓަރު ދުވުގެ ހީޓް ދޭއްގައި ވާދަކޮށްފަ އެވެ. އޭނާ ވެސް ފައިނަލް ބުރަށް ގޮސްފައެއް ނުވެ އެވެ.

ލަންކާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް އެތުލީޓަކު އަންނަނީ ވާދަކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 މެއި 2017

އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި

09 މެއި 2017
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި
02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
30 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް