Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އޭޝިއަން ގްރޯން ޕްރީ

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

އޭޝިއަން ގްރޯން ޕްރިކްސްގެ ފައިނަލުގައި ސާއިދު ވާދަކޮށް ރޭސް ނިންމީ 10.40 ސިކުންތުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 14:21
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

އޭޝިއަން ގްރޯން ޕްރީގައި އޭޝިއާގެ ބޮޑެތި އެތްލީޓުންނާ ވާދަކޮށް 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ލޯ މެޑަލް ހޯދައިފި އެވެ.

އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ 100 މީޓަރު ދުވުމުން ސާއިދު ލޯ މެޑަލް ހާސިލްކުރީ ޗައިނާ، ހޮންކޮންގް، އިންޑިއާ އަދި ސްރީލަންކާގެ ވަރުގަދަ އެތްލީޓުންނާ ވާދަކޮށްގެންނެވެ.

100 މީޓަރު ދުވުމުގެ އިވެންޓުން 10 މިނެޓު 35 ސިކުންތުން ރޭސް ނިންމައިގެން ޗައިނާގެ ހައިޔަންގް ޒޫ ރަން މެޑަލް ހޯދިއިރު، ރިހި މެޑަލް ހޯދާފައިވަނީ 10 މިނެޓު 39 ސިކުންތުން ރޭސް ނިންމައިގެން އިންޑޮނޭޝިއާގެ ޔަސްޕީ ބޮބީ އެވެ. މި އިވެންޓުން ސާއިދު ލޯ މެޑަލް ހޯދީ ޔަސްޕީ ބޮބީއަށްވުރެ އެއް ސިކުންތު ލަހުން ރޭސް ނިންމައިގެންނެވެ.

އޭޝިއާގެ މަތީފަންތީގެ އެތްލީޓުންނަށް ދައުވަތުދީގެން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގައި އޭޝިއާގެ ޖުމްލަ 19 ގައުމެއް ވާދަކުރާއިރު، ސާއިދު ހަމައެކަނި މި މުބާރާތުގައި ވާދަކޮށްފައިވަނީ 100 މީޓަރު ދުވުމުގައެވެ. 100 މީޓަރު ދުވުމުގައި 10 ގައުމަކުން 12 އެތްލީޓުން ވަނީ ވާދަކޮށްފައެވެ.

އެތްލެޓިކްސް އިން ގައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ ސާއިދު ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރު ފަހަނަ އަޅައި އެއްވަނަ ބުރުގައި މިދިޔަ އަހަރު ސާއިދު ވަނީ ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު