Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާއިދު ރާއްޖެ އައުން

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

އޭޝިއަން ގްރޯން ޕްރިކްސްގެ ފައިނަލުގައި ސާއިދު ވާދަކޮށް ރޭސް ނިންމީ 10.40 ސިކުންތުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 08:32
ސާއިދު ރާއްޖެ އައުމުން މަރުހަބާ ކިޔަނީ

ސާއިދު ރާއްޖެ އައުމުން މަރުހަބާ ކިޔަނީ

އޭޝިއަން ގްރޯން ޕްރީ މުބާރާގައި އޭޝިއާގެ އެންމެ ބާރު ދުވުންތެރިންނާ ވާދަކޮށް، ލޯ މެޑެލް ހޯދި ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު އަންގާރަ ދުވަހު ރާއްޖެ އަތުވެއްޖެ އެވެ.

އޭޝިއަން ގްރޯން ޕްރީގައި ސާއިދު ވާދަކޮށްފައި ވަނީ 100 މީޓަރު ދުވުމުގަ އެވެ.

އާދީއްތަ ދުވަހު ކުރިޔަށްގެންދިޔަ 100 މީޓަރު ދުވުމުގައި ސާއިދު ލޯ މެޑަލް ހާސިލްކުރީ ޗައިނާ، ހޮންކޮންގް، އިންޑިއާ އަދި ސްރީލަންކާގެ ވަރުގަދަ އެތްލީޓުންނާ ވާދަކޮށްގެންނެވެ.

100 މީޓަރު ދުވުމުގެ އިވެންޓުން 10 މިނެޓު 35 ސިކުންތުން ރޭސް ނިންމައިގެން ޗައިނާގެ ހައިޔަންގް ޒޫ ރަން މެޑަލް ހޯދިއިރު، ރިހި މެޑަލް ހޯދާފައިވަނީ 10 މިނެޓު 39 ސިކުންތުން ރޭސް ނިންމައިގެން އިންޑޮނޭޝިއާގެ ޔަސްޕީ ބޮބީ އެވެ. މި އިވެންޓުން ސާއިދު ލޯ މެޑަލް ހޯދީ ޔަސްޕީ ބޮބީއަށްވުރެ އެއް ސިކުންތު ލަހުން ރޭސް ނިންމައިގެންނެވެ.

އޭޝިއާގެ މަތީފަންތީގެ އެތްލީޓުންނަށް ދައުވަތުދީގެން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގައި އޭޝިއާގެ ޖުމްލަ 19 ގައުމެއް ވާދަކުރާއިރު، ސާއިދު ހަމައެކަނި މި މުބާރާތުގައި ވާދަކޮށްފައިވަނީ 100 މީޓަރު ދުވުމުގައެވެ. 100 މީޓަރު ދުވުމުގައި 10 ގައުމަކުން 12 އެތްލީޓުން ވަނީ ވާދަކޮށްފައެވެ.

އެތްލެޓިކްސް އިން ގައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ ސާއިދު ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރު ފަހަނަ އަޅައި އެއްވަނަ ބުރުގައި މިދިޔަ އަހަރު ސާއިދު ވަނީ ވާދަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު