Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮލިޑަރިޓީ ގޭމްސް

އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި

9 މެއި 2017 | އަންގާރަ 18:41

ގައުމީ އެތުލެޓިކް ޓީމްގައި ހިމެނެނީ ފިރިހެން 5 އެތުލީޓުންނާއި 2 ކޯޗުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 9 މެއި 2017 | އަންގާރަ 18:41
އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް

އަޒަރުބައިޖާންގެ ބަކޫގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ 4 ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް މުބާރާތުގައި ބައިވެރިވުމަށް ފުރައިފިއެވެ.

މިމަހުގެ 12އިން 22 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ގައުމީ އެތުލެޓިކް ޓީމްގައި ހިމެނެނީ ފިރިހެން 5 އެތުލީޓުންނާއި 2 ކޯޗުންނެވެ.

ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭ އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި އަޒްނީމް އަހްމަދާއި ސަރީޝް އަޙްމަދާއި ޙުސައިން ފަޒީލް ހާރޫން އަދި ޒައިދު ޝަރީފް އެވެ.

މިޓީމުގެ ކޯޗުންނަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ސްޕްރިންޓް ހެޑް ކޯޗް އަމަދު ފާއިލް އާއި ހުސައިން ހަލީމް އެވެ.

މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރާއި 200 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ދުވުމުގައެވެ. މީގެ އިތުރުން 400 މީޓަރު ރިލޭގައި ވެސް ރާއްޖެއިން ވާދަކުރާނެ ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެތުލެޓިކްސްގެ އިތުރުން މިފަހަރުގެ ގޭމްސްގައި ދެން ބައިވެރިވާ ކުޅިވަރުތަކަކީ ސްވިމިންގ، ޓޭބަލް ޓެނިސް، ޓެނިސް އަދި ޝޫޓިން އެވެ.

ޖުމްލަ 15 އެތުލީޓުން ހިމެނޭ މި ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސައީދު މުހައްމަދެވެ. އަދި ޑެޕިއުޓީ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މުއުމިނާ އާދަމެވެ.

މީގެ އިތުރުން މިފަހަރުގެ ގޭމްސްގެ މެޑިކަލް އޮފިސަރަކަށް ހަމަޖައްސާފައި ވަނީ ގިނަ ގޭމްސްތަކެއްގައި އެ މަގާމު ފުރާފައިވާ މަޝްހޫރު ޑޮކްޓަރ މުހައްމަދު ފަޔާޒް ރިޒާ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް