Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނު ހަނގުރާމަ

ޔަމަނުގެ ސޮކޮޓްރާއަށް ޔޫއޭއީ ސިފައިން އަރައިފި

3 މެއި 2018 | ބުރާސްފަތި 14:45

ޔަމަނު ހަނގުރާމައިގައި ޔޫއޭއީއިން މަސައްކަތްކުރަނީ އެމީހުންގެ ބާރު ޔަމަނުގައި ގަދަކުރުމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 މެއި 2018 | ބުރާސްފަތި 14:45
ޔޫއޭއީ ސިފައިން ތަމްރީންތަކެއްގައި

ޔޫއޭއީ ސިފައިން ތަމްރީންތަކެއްގައި

އެފްރިކާގެ އައްސޭރިފަށާއި ކައިރީގައިވާ ޔަމަނުގެ ޖަޒީރާއެއްކަމަށްވާ ސޮކޮޓްރާއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސިފައިން އަރައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސޮކޮޓްރާއަށް ހުއްދައަކާއި ނުލައި ޔޫއޭއީގެ އަސްކަރީ 4 މަތިންދާބޯޓުގައި 100 އަށްވުރެ ގިނަ ސިފައިން ވަނީ އަރާފައެވެ. ބުދަ ދުވަހު ޔޫއޭއީ ސިފައިން ސޮކޮޓްރާއަށް އަރައި، އެރަށުގެ އެއަރޕޯޓް ބަލަހައްޓަން ތިބި ޔަމަނު ސަރުކާރުގެ ސިފައިން އެތަނުން ވަނީ ފައްސާލާފައެވެ.

މަތިންދާބޯޓުތަކުގައި ޓޭންކްފަދަ ބަރު ހަތިޔާރާއިއެކު ޔޫއޭއީ ސިފައިން ސޮކޮޓްރާއަށް އެރި އިރު، އެރަށުގައި މީގެ ކުރިންވެސް ޔޫއޭއީ ސިފައިން ކޮންމެވެސް ވަރަކަށް ތިއްބެވެ.

ޔޫއޭއީ ސިފައިން އެރުމާއި ގުޅިގެން ސޮކޮޓްރާގެ އެތައް ހާސް ބަޔަކު ނިކުމެ އެކަމާއި ދެކޮޅަށް އިހުތިޖާޖްކޮށްފައިވެއެވެ. ޔޫއޭއީ ސިފައިން ސޮކޮޓްރާއަށް އަރާފައި މިވަނީ ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ބޮޑުވަޒީރު އަހުމަދު ބިން ދަޣަރު އާއި އޭނާގެ ސަރުކާރުގެ 10 ވަރަކަށް ވަޒީރުން އެރަށަށް ވަޑައިގަތުމާއި ދިމާކޮށެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ޔޫއޭއީއިން ވަދެފައިވާއިރު، އެޤައުމުން ގެންދަނީ ޔަމަނުގެ ހަނގުރާމައިގައި އެޤައުމުގެ ރައީސް އަބޫރައްބު މަންސޫރު ހާދީގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަވެރިން ތަމްރީންކޮށް ނެރެމުންނެވެ. ޤަތަރު މައްސަލަ ފަދަ އެތައް މައްސަލައެއްގައި ސަޢޫދީއާއި ޔޫއޭއީގެ ޚިޔާލު އެއްގޮތްނަމަވެސް، ޔަމަނުގެ ހަނގުރާމައިގައި ދެޤައުމުން ވާގިވެރިވަނީ ދެ ފަރާތަށެވެ. ސަޢޫދީއިން ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ އަބޫރައްބު މަންސޫރު ހާދީގެ ސިފައިންނަށް ވާގިވެރިވަމުން ދިޔަނަމަވެސް، ޔޫއޭއީ އިން ގެންދަނީ ޔަމަނުގައި އަތް ގަދަކުރުމަށް މަސައްކަތްކުރަމުނެވެ.

ސޮކޮޓްރާގައިވެސް ޔޫއޭއީން މިހާރު ވަނީ ހަނގުރާމަވެރިން ތަމްރީނުކޮށްފައެވެ.

ޔޫއޭއީއިން ވަނީ ސޮކޮޓްރާގައި އަސްކަރީ އޮޕަރޭޝަންތައް ހިންގާކަމަށް އެއްބަސްވެފައެވެ. އެޤައުމުން ބުނާ ގޮތުގައި އެމީހުން ވަނީ 99 އަހަރުގެ މުއްދަތަކަށް ސޮކޮޓްރާ އާއި އެރަށް ކައިރީގައި އޮތް އަބްދުލްކޫރީ ނަމަކަށް ކިޔާ ޖަޒީރާ ކުއްޔަށް ހިފާފައެވެ. އެރަށުގެ ބޮޑެތި އިމާރާތްތަކާއި މަގުތަކުގައި ޔޫއޭއީ ދިދަ ނަގާފައިވާއިރު، އަބޫދާބީގެ ވަލީޢަޙުދު މުޙައްމަދު ބިން ޒައިދު އަލްނަޙްޔާންގެ ފޮޓޯތައް ވަނީ ހަރުކޮށްފައެވެ.

60 ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ސޮކޮޓްރާއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ބާވަތްތަކުގެ ސޫފާސޫފިތަކާއި ގަސްގަހާގެހި ފެންނަ ރަށެކެވެ. އަދި ފާއިތުވި 2 ޤަރުނުގައި ސޮކޮޓްރާ އޮތީ ޔަމަނުގެ ބެލުމުގެ ދަށުގައެވެ. ޔަމަނުގެ ޓޫރިޒަމް މިނިސްޓްރީއިން ތުހުމަތުކުރާ ގޮތުގައި އެރަށުގެ ރައްޔިތުން އަމިއްލަ މިނިވަންކަން އިއުލާންކުރުމަށް ޔޫއޭއީއިން ވަނީ ބާރު އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
15 ފެބުރުއަރީ 2017

ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ

15 ފެބުރުއަރީ 2017
ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް