Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު މަހްލޫފް

މާސްކު ބެހުމަކީ ކުށެއް ނޫން، ދެން ވެސް ބަހާނަން: މަހްލޫފް

3 މެއި 2018 | ބުރާސްފަތި 11:38

"ފާތުން" ކިޔާ ކަނބަލެއްވެސް މާސްކު ބެހި: މަހްލޫފް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 މެއި 2018 | ބުރާސްފަތި 11:38
މެމްބަރު އަހުމަދު މަހްލޫފް މިއަދު ކޯޓަށް ހާޒިރުކުރެވެނީ

މެމްބަރު އަހުމަދު މަހްލޫފް މިއަދު ކޯޓަށް ހާޒިރުކުރެވެނީ

އެއްވުންތަކުގައި ފުލުހުން ޕެޕަރ ސުޕްރޭ ގިނަ އަދަދަކަށް ޖަހަމުންދާތީ އާއްމު ރައްޔިތުންގެ ރައްކަލަކަށް މާސްކު ބެހުމަކީ ކުށެއް ނޫން ކަމަށާއި ދެން ވެސް މާސްކު ބަހާނެކަމަށް ޝަރީއަތުގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި މަހްލޫފް ވިދާޅުވީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ގިނަ އަދަދަކަށް ޕެޕަރ ސުޕްރޭ ޖަހާކަން އެއީ ފެންނަންއޮތް ހަގީގަތެއް ކަމަށާއި އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެއްވުންތަކާއި ގުޅިގެން ދާދިފަހުން ނެރުނު ރިޕޯޓްގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ރައްޔިތުންގެ ރައްކަލަކަށް އެފަދަ މާސްކު ބެހުމަކީ ކުށެއް ނޫން ކަމަށާއި އަދި އެއްވުންތަކާއި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގެއް ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މާސްކު ބަހައިގެންނާއި މާސްކު އަޅައިގެން މުޒާހަރާއެއް ކުރި މިއީ ފުރަތަމަ ފަހަރުވެސް ނޫން ކަަމެވެ. އަދި ބައެއް ކަހަލަ ރޯގާތަކާއި ގުޅިގެންވެސް އާއްމު ރައްޔިތުން މާސްކު ބޭނުން ކުރަމުންދާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ. އަދި "ފާތުން" ކިޔާ ކަނބަލެއްވެސް މާސްކު ބެހިކަން ދެނެހުރި ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ 400 އެއްހާ މާސްކު އޭނާ ބެހި ކަމަށެވެ. އަދި މާސްކު ބެހުމުންނާއި މާސްކު އެޅުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ދައުވާ ކުރާނަމަ އޭނާ އެކަނި ހައްޔަރުކޮށް ދައުވާކުރީ ކޮން އުސޫލެއްގެ ދަށުންތޯ ވެސް މަހްލޫފް ދައުލަތުގެ ވަކީލުންނާ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލާ ގުޅިގެން މާސްކު ބެހުމަކީ ކުށެއް ކަމަކަށް ދައުލަތުގެ ވަކީލުން ވިދާޅެއް ނުވެއެވެ. ނަމަވެސް އެ މާސްކުތައް ބެހުމުން ނިކުތް ނަތީޖާއަކީ މަގުމަތީގެ ހަމަނުޖެހުން ނަގާލުން ކަމަށާއި މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ ވެސް ހަމައެކަނި މާސްކު ބެހުން ނޫންކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ނަމަވެސް އެ ރޭ ކުރި މުޒާހަރާއާ ގުޅިގެން މަހްލޫފްގެ އިތުރުން، އެއްވެސް އެހެން މީހެއްގެ މައްޗަށް ދައުވާއެއް ކޮށްފައި ނުވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު މަހްލޫފް ހައްޔަރުކޮށްފައިވަނީ ޓްރެފިކަށް އުނދަގޫ ވާގޮތަށް މަގުމަތީގައި އެއްވެ، މާސްކު ބަހަމުންދަނިކޮށް، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެތަނުން ނުދިއުމުން ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ރައްދުގައި މަހްލޫފް ވިދާޅުވީ އޭނާ ޓްރެފިކަށް އުނދަގޫވާގޮތަށް އެސަރަހައްދުގައި މުޒާހަރާކޮށްފައި ނުވާނެ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީވެސް އެމްޑީޕީގެ ހަރުގެ ތެރޭގައި ހުއްޓާ ކަމަށެވެ. އަދި އެސަރަހައްދަށް ދިޔައީ ކާރުގައި ކަމަށާއި 10 ވަރަކަށް ފޫޓު ދުރުގައި ކާރު މަޑުކޮށްފައި މަގުމަތީ މަޑުނުކޮށް، ވަނީ އެމްޑީޕީގެ ހަރުގެއަށް ކަމަށާއި މާސްކު ބެހީވެސް ހަރުގޭގައި ހުރެގެން ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް އޭނާ އެތަނަށް ދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

މީގެއިތުރުން މަހްލޫފް ވިދާޅުވީ އޭނާ އެސަރަހައްދަށް ދިޔަ މަގުމަތީގައި އޭނާ ހައްޔަރު ކުރާނެކަން ފުލުހެއްގެ ފަރާތުން އޭނާއަށް މައުލޫމާތު ލިބިފައިވާތީ، އެހެން މުޒާހަރާތަކުގައި އިސްދައުރެއް އަދާކުރިނަމަވެސް އެރޭ ކުރި މުޒާހަރާގައި އޭނާ ހުރީ އިސްސަފުގައި ނޫން ކަމަށާއި އޭނާ ހުރީ އެމްޑީޕީގެ ހަރުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ ރޭ ކުރި މުޒާހަރާއާ ގުޅިގެން އޭނާގެ މައްޗަށް އެކަނި ދައުވާ ކުރާތީ، މިއީ ސިޔާސީ ގޮތުން ކުރާ ދައުވާއެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އިސްލާހީ ހަރަކާތާއި ގުޅިގެން، އެކަން ހުޓުވުމަށް، ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ. އެހެންކަމުން މިދައުވާ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ކަނޑައަޅާ ދިނުމަށް މަހްލޫފް ގާޒީގެ އަރިހުން އެދިލެއްވި އެވެ.

މިމައްސަލަ ބައްލަވާ ގާޒީ މުހުތާޒު ފަހުމީ ދައުލަތުގެ ވަކީލުން އަރިހުން އެތަނުން ދިއުމަށް މަހްލޫފަށް ފުލުހުން އެންގިތޯ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެތަނުން ދިއުމަށް ފުލުހުން މަހްލޫފަށް ވަކި އަންގާފައި ނުވާ ކަމަށެވެ. ފުލުހުން އެންގީ އެއްވުމުގެ ބައިވެރިންނަށް އެތަންދޫކޮށް ދިއުމަށް ވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މަހްލޫފާއި އޭނާގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވަނީ މަހްލޫފް ހައްޔަރުކޮށްފައިވަނީވެސް ކޯޓު އަމުރެއްނެތި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ މިއަޑު އެހުން ނިންމާލާފައިވަނީ ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް މަހްލޫފްއަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް