Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގެ ހުރިހާ އަވަށްތަކަށް ކަރަންޓް ދީފި

30 އެޕްރީލު 2018 | ހޯމަ 06:27

އަވަށްތަކަށް ކަރަންޓް ދީ ނިންމާލާފައި ވަނީ ހޮނިހިރު ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 އެޕްރީލު 2018 | ހޯމަ 06:27
އިންޑިއާގެ އަވަށަކަށް ކަރަންޓް ދީފައި

އިންޑިއާގެ އަވަށަކަށް ކަރަންޓް ދީފައި

އަވައްޓެރި އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓްދީ ނިންމާލާފައި ވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 28 އެޕްރީލަކީ އިންޑިއާގެ ތާރީޚީ ދުވަހެއް ކަމަށާއި އިންޑިއާގެ ތަރައްގީގެ މަގުގައި އާއުސްމިނަކަށް ދަތުރުކުރެވުނު ދުވަހެއް ކަމަށެވެ.

އިންޑީއާގެ ރައްޔިތުންގެ އެދުން ފުރިހަމަ ކުރެވިއްޖެ ކަމަށާއި އަދި އެންމެ ކުޑަ އަވަށުގައި ވެސް މިހާރު ކަރަންޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯދީ ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. މޯދީ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހުން އިންޑިއާގައި ކަރަންޓްދީފައި ވަނީ ވަކިން އޮންނަ އަވަށެއް ކަމަށްވާ މަނިޕޫރު އަވަށަށް ކަމަށެވެ. އިންޑިއާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް މެއި، 2014 ގައި ވަޑައިގަތުމަށް ފަހު ވަނީ އިންޑިއާގެ ކޮންމެ އަވަށަކަށް ކަރަންޓް ދިނުމަށް މަސައްކަތް ފަށާތާ 1000 ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރުމަށް ސްޓޭޓްތަކުގެ ސަރުކާރުން މަސައްކަތްކޮށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އިންޑިއާގެ 597،000 އަށް ވުރެ ގިނަ އަވަށް އޮންނައިރު މޯދީގެ ސިޔާސަތު އެކުލަވާލެއްވިއިރު ކަރަންޓް ނުދީ ބާކީ އޮތީ 18،452 އަވަށެވެ. މިމަސައްކަތް ފަށާފައި ވަނީ 15 އޮގަސްޓް 2015 ގައެވެ. އަދި ނިންމާލާފައި ވަނީ މަސައްކަތް ނިންމަން ކަނޑައެޅި 1000 ދުވަހުގެ ތެރެއިން 12 ދުވަސް ކުރިންނެވެ.

މުޅި އިންޑިއާ އަށް ކަރަންޓް ދީފައިވާކަން މޯދީ އިއުލާންކުރެއްވިއަސް ކަރަންޓް ދީފައިވާ އަވަށްތަކުގެ ގެތަކަށް ކަރަންޓް ދީފައި ވަނީ ގާތްގަނޑަކަށް 10 ޕަސެންޓެވެ. ކަރަންޓްދީފައި ވަނީ އަވަށްތަކުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަންތަނަށެވެ. އެހެން ނަމަވެސް 2019 އައުމުގެ ކުރިން އިންޑިއާގެ އައްސޭރި ފަށުގައި ދިރިއުޅޭ 40 މިލިއަން އާއިލާތަކަށް ކަރަންޓުގެ ޚިދުމަތް ދެވިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
10 މާރިޗު 2017

މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި

10 މާރިޗު 2017
މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް