Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

ތިން ބޭފުޅުން ވަނީ ދައުވާއަށް އިންކާރުކުރައްވާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2018 | ބުދަ 16:59
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

މައުމޫނާއި އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވީ ދައުވާއާ ގުޅިގެން ހުރި ގާނޫނީ މައްސަލަތައް ފާހަގަކޮށް ދައުވާ ލިބޭ ފަރާތުން ދެއްކެވި ވާހަކަތަކަށާއި ދައުލަތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ދައުވާގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅީ އެ ދައުވާކޮށްފައިވާ ގޮތުން އެކުށަކީ ނުކުރުމަށް ވުރެ ކޮށްފާނެ ކުށެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވީ މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މީހެއްގެ މައްޗަށް ކުރާ ދައުވާއަކަށް ހުރަސް އެޅުމުގެ ކުށުގައި ކަމަށާއި އަދި ހުރަސްއަޅާފައި ވަނީ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ މައްޗަށް ކޮށްފާނެ ދައުވާއަކަށް ކަމަށެވެ.

ކުށުގެ ދައުވާ ސިފަ ކުރެއްވެނީ ފްލޯކް ވާހަކައެއްގެ ގޮތުގައި ކަމަށް އަލީ ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި ދައުވާއެއް ކަމަށް ބުނެ ހުށައަޅައިގެން އުޅޭ ހުށަހެޅުން ސާފުނުވާ ކަމަށް އަލީ ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ދައުވާގައި އޮތީ އެމަނިކުފާނުގެ އަތުގައި ފޯނެއް އޮންނަން ޖެހޭނެ ކަމާއި ފޯނެއް ނުދިން ކަމާއި ދައުވާ ކުރަނީ ފޯނު ނުދިމުން ކަމަށް ބުނެ ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ވަކީލާ ވަނީ އަލީ ހަމީދުގެ ވަކީލުގެ އެދުމުގެ މަތީން ސާފުނުވާ ކަންކަން ސާފުކޮށްދެއްވާފައެވެ. އޭގެ ފަހުން ވެސް އަލީ ހަމީދު ވިދާޅުވީ ދައުވާއަކީ ދައުވާއެއްގައި ހުންނަން ޖެހޭނެ ޝަރުތުތައް ހަމަނުވާ ދޮގު ދައުވާއެއް ކަމަށެވެ.

މައުމޫނުގެ ވަކީލު މައުމޫނު ހަމީދު ވެސް ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށް މިހާތަނަށް ހިނގަމުން އައި ހުރިހާ ކަމަކީ ވެސް ގާނޫނާ ހިލާފުކަން ކަމަށާއި އެހެން ކަމުން ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވީ ދައުވާއަކީ އެއްވެސް ނުހައްގު ދައުވާއެއް ކަމަށެވެ. އަދި އެއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއް ނޫން ކަމަށާއި އެންމެ ބޮޑު ސަބަބަކީ އެ ފަދަ ދައުވާއެއް ވާން ވާނީ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާނެ ކުށުގެ އަމަލަކަށް ވާން ޖެހޭނެ ކަމަށެވެ. ތިން ބޭފުޅުންގެ އެދިވަޑައިގަތުމަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހަޅުންތަކަށް ވަނީ ފުރުސަތު ދެއްވާފައެވެ. ދައުވާ ލިބޭ ބައެއް ބޭފުޅުން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކަށް ދެ ހަފްތާގެ މުހްލަތެއް ދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް ގާޒީ ވަނީ އެ މުއްދަތު ދެވެން ނެތް ކަމަށް ނިންމަވާއެވެ. އަދި އިތުރު އަޑުއެހުމެއް އަންނަ މެއި މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު އަންނަ ހޯމަ ދުވަހުގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކޯޓަށް ހުށަހަޅަން ޖެހެއެވެ.

ގާޒީ ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް މިހާރު ނިންމެވި ނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތަށް ބެލުމަށް ފަހު އެ ނިންމުން ބަދަލުކުރުމަކީ ވެސް ގާޒީއަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

ބުދަ ދުވަހު މެންދުރު ފަހު 3:00 ގައި ބޭއްވުމަށް ތާވަލުކޮށް ދައުވާ ލިބޭ ތިން ބޭފުޅުން ކޯޓަށް ހާޒިރުކުރި ނަމަވެސް މި މައްސަލައިގެ އަޑުއެހުން ފެށުނީ 17:30 ހާއިރެވެ. އަދި އަޑުއެހުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ. އަޑުއެހުންތައް ކުރިއަށް ގެންދިޔައީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ބައެއް ވަކީލުން ނުހިމަނައެވެ. އެގޮތަށް ދިމާވީ ކްރިމިނަލް ކޯޓުގައި އޮތް އެހެން މައްސަލަތަކަށް ވަޑައިގެން އެ ބޭފުޅުން ވަޑައިގަންނަވަން ޖެހިވަޑައިގަތުމުންނެވެ. ނަމަވެސް އަބްދުﷲ ސައީދު ވަނީ އެމަނިކުފާނުގެ އިސް ވަކީލުންނާ ނުލައި އަޑުއެހުން ކުރިއަށްދާން ޖެހުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު