Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޭބަލް ޓެނިސް

ދީމާ ރިހި މެޑަލް ހޯދިއިރު ރަފާ ލޯ މެޑަލް ހާސިލްކޮށްފި

22 އެޕްރީލު 2018 | އާދީއްތަ 14:13

ދީމާ ރިހި މެޑަލް ހާސިލްކުރީ ހޯޕްސް ކެޓަގަރީއިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 އެޕްރީލު 2018 | އާދީއްތަ 14:13
މި މުބާރާތުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ދީމާ

މި މުބާރާތުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ދީމާ

ރާއްޖޭގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ ރިހި މެޑަލް ހޯދިއިރު އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހާސިލްކޮށްފިއެވެ.

އުމުރުން އެންމެ 10 އަހަރުގެ ދީމާ ރިހި މެޑަލް ހާސިލްކުރީ މި މުބާރާތުގައި 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކުރެވިފައިވާ ހޯޕްސް ކެޓަގަރީގައި ސްރީ ލަންކާގެ ކުޅުންތެރިޔާ 3-0 އިން ބަލިކޮށްގެންނެވެ. މި ބައިގެ ރަން މެޑަލް ހޯދީ އިންޑިއާއިންނެވެ. ލަންކާގެ ކުޅުންތެރިޔެއްގެ މައްޗަށް ކުރި ހޯދައިގެން ދީމާ ރިހި މެޑަލް ހޯދާފައިވާއިރު ދީމާއަކީ މިދިޔަ އަހަރު ލަންކާގެ ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ރާއްޖޭގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދި އުމުރުން 14 އަހަރުގެ ރަފާ ވަނީ މި މުބާރާތުގައި ހަތަރު ލޯ މެޑަލް ހޯދާފައެވެ. 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވާ ކެޑޭޓް ކެޓަގަރީއިން ރަފާ ރިހި މެޑަލް ހޯދީ ސްރީ ލަންކާގެ ކުޅުންތެރިޔާގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. 15 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ ޖޫނިއަރ ކެޓަގަރީއިން ރަފާ ރިހި މެޑަލް ހޯދީ ހަމަ އެނަތީޖާއިން ސްރީ ލަންކާގެ ކުޅުންތެރިޔާ ބަލިކޮށްގެންނެވެ.

މީގެއިތުރުން ލައިސާ ފަތުހުﷲ އަދި ރަފާގެ ޕެއާއިން ވަނީ ކެޑޭޓް ކެޓަގަރީގެ ރިހި މެޑަލް ހޯދާފައެވެ. ހަމައެހެންމެ މި ދެ ކުޅުންތެރިން ހިމެނޭ ރާއްޖޭގެ ކެޑޭޓް ކެޓަގަރީގައި ވާދަކުރާ ޓީމުން ވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ.

މިއީ 2016 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން ހޯދި މެޑަލްގެ އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ހަ މެޑަލް ހޯދާފައިވާއިރު އެފަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން މެޑަލްއެވެ.

މިއީ މި ސަރަހައްދުގައި ބޭއްވޭ ޓޭބަލް ޓެނިސްގެ އެންމެ ވާދަވެރި މުބާރާތަށްވާއިރު މި މުބާރާތުގައި މި ސަރަހައްދުގެ ހަ ގައުމަކުން ބައިވެރިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ރާއްޖެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
12 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް

12 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް