Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - އުތުރު ކޮރެއާ

އުތުރު ކޮރެއާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

18 އެޕްރީލު 2018 | ބުދަ 05:41

މިއީ އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު އުތުރު ކޮރެއާގެ ލީޑަރާއި ބައްދަލުކުރައްވާނެ ފުރަތަމަ ފަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 އެޕްރީލު 2018 | ބުދަ 05:41
އުތުރު ކޮރެއާގެ މައްސަލައިގައި ޓްރަމްޕް ވާހަކަ ދެއްކެވީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު

އުތުރު ކޮރެއާގެ މައްސަލައިގައި ޓްރަމްޕް ވާހަކަ ދެއްކެވީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުކުރެއްވުމުގެ ކުރިން ކުރަން ޖެހޭ މަޝްވަރާތައް ދެޤައުމުގެ މެދުގައި މަތީ ފަންތީގައި ކުރިއަށްދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއިއެކު ޓްރަމްޕްގެ އަމިއްލަފުޅު ރިސޯޓްކަމަށްވާ ފްލޮރިޑާގެ މާރަލާގޯގައި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކިމް އާއި ބައްދަލު ކުރެއްވުމަށް 5 ތަނެއް ކަނޑައަޅައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިމަޝްވަރާތަކުން ބައްދަލުކުރެއްވުން އޮންނާނެ ފައިނަލް މަންޒިލެއް ކަނޑައެޅޭނެ ކަމަށެވެ. މަޝްވަރާތަކުގެ ވާހަކަ ދެކެވުނުއިރު، ގިނަ މުހައްލިލުން ބުނަމުން އައީ ވާހަކަތައް ބޭއްވުން އެންމެ ގާތް އެއްތަނަކީ ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ޕަންމުންޖޮމް ގައެވެ. އެސަރަހައްދަކީ އެމެރިކާ ސިފައިން ހަރަކާތްތެރިވާ، އދގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.

އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު މީގެ ކުރިން އުތުރު ކޮރެއާގެ ވެރިޔަކާއި ބައްދަލުކުރައްވާފައި ނުވާއިރު، ކިމް ޖޮން އުން އާއި ބައްދަލު ކުރެއްވުމަށް މިދިޔަ މަހު ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގަތުމުން މުޅި ދުނިޔެއަށް ސިހުން ލިބިގެންދިޔައެވެ. ނިއުކްލިއަރ ޕްރޮގްރާމާއި އިންސާނީ ހައްޤުތަކުގެ މައްސަލައިގައި ދުނިޔެއާއި އެއްކޮށް އެކަހެރިވެފައިވާ އުތުރު ކޮރެއާ އިން އެމެރިކާ އާއިއެކު މަޝްވަރާތަކަށް ދިޔުމަށް އެއްބަސްވީ ދާދި ފަހުން ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގައި ނިމިގެން ދިޔަ ފިނި މޫސުމުގެ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމާއި ގުޅޭ ގޮތުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާއި ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

ޓްރަމްޕް ވިދާޅުވީ ކިމް އާއިއެކު އޮންނަ ބައްދަލުވުން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ ކުރީކޮޅު، ނުވަތަ "އެއަށްވުރެ ވެސް ތަންކޮޅެއް އަވަހަށް" ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި އުތުރު ކޮރެއާގެ ވާހަކަ ޓްރަމްޕް ދެއްކެވިއިރު، އެމެރިކާ އާއި އުތުރު ކޮރެއާގެ ދެމެދުގައި މަޝްވަރާތައް ފެށިއްޖެނަމަ އުތުރު ކޮރެއާގެ މައްސަލައިން 'ބާކީ'ވެދާނެކަމުގެ ބިރުވެރިކަން ޝިންޒޯ އަބޭއަށް އޮތްކަމަށް މުރާސިލުން ފާހަގަކުރެއެވެ. އެހެން ނަމަވެސް އަބޭ އަކީ އިރުމަތީ ޤައުމުތަކުގެ ވެރިންގެ ތެރެއިން ޓްރަމްޕްއާއި އެންމެ އަރިސް އެއް ބޭފުޅާއެވެ. މިއީ މާރަލާގޯގައި އަބޭއާއި ޓްރަމްޕް ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ.

އުތުރު ކޮރެއާގެ މައްސަލައިގައިވެސް ޖަޕާނާއި އެމެރިކާގެ ވިސްނުން އެއްގޮތްކަމަށް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.

އުތުރު ކޮރެއާއިން އެމެރިކާ އާއި ހަމަޔަށް ފޯރާވަރުގެ މިސައިލްތައް ޓެސްޓްކޮށްފައިވާއިރު، މިހާތަނަށް ނިއުކްލިއަރ 6 ޓެސްޓެއް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް