Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

ކިމް ޖޮންގް-ނަމް އަވަހާރަ ކޮށްލާފައިވަނީ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 22:12
ކިމް ޖޮން-ނަމް އަވަހާރަކޮށްލީ މެލޭޝިއާހައި ހުންނަވަނިކޮށް

ކިމް ޖޮން-ނަމް އަވަހާރަކޮށްލީ މެލޭޝިއާހައި ހުންނަވަނިކޮށް

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައި އަވަހާރަ ކޮށްލައިފިއެވެ.

އުމުރުފުޅުން 45 އަހަރުގެ ކިމް ޖޮންގް-ނަމް އަވަހާރަ ކޮށްލާފައިވަނީ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއާޕޯޓްގައި އުޅުއްވަނިކޮށް ޒަހަރު ލާފައިވާ ތިނޯސްތަކެއް އޭނާގެ ގައިކޮޅަށް ހަރައިގެން ކަމަށް ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ނަމް އަވަހާރަކޮށްލާފައިވަނީ އުތުރު ކޮރެއާއަށް ނިސްބަތްވާ ދެ އަންހެނަކުވެގެންނެވެ.

މެލޭޝިޔާ ފުލުހުންނާ ހާވަލާދީ ރިޕޯޓްތައް ބުނާ ގޮތުން އެެއާޕޯޓުގައި ހުއްޓާ ނަމްގެ ގައިކޮޅަށް ވިހަ ތިނޯސްތައް ހަރާލުމަށްފަހު ހަމަލާ ދިން ދެ އަންހެނުން ޓެކްސީއަކަށް އަރައިގެން ވަނީ ފިލާފައެވެ.

ފުލުހުން ބުނީ އޭނާ އަވަހާރަވީ ހޮސްޕީޓަލަށް ގެންދެވުނު މަގުމަތީގައި އެމްބިއުލާންސްގައިކަމަށެވެ.

އޭނާގެ ހަށިގަނޑު ޕްޓްރަޖާޔާ ހޮސްޕިޓަލްގައި އޭނާގެ އޮޓޮޕްސީ ހަދާފައިވާއިރު ފުލުހުން އިންތިޒާރުކުރަމުންދަނީ އެ ރިޕޯޓަށެވެ.

ކިމް ޖޮންގް-ނަން އަވަހާރަ ކޮށްލަން އުތުރު ކޮރެއާގެ އޭޖެންޓުން މީގެ ކުރިންވެސް އެތައް ފަހަރަކު މަސައްކަތް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް-އިލްއަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ހީކުރެވުނީ ކިމް ޖޮންގް-ނަމްއެވެ. ނަމަވެސް ވަގު ޕާސްޕޯޓެއްގައި އޭނާ 2001 ވަނަ އަހަރު ޖަޕާނަށް އެތެރެވާން އުޅެނިކޮށް ފަޅާއަރައި، އެކަމާހެދި ކިމް ޖޮންގް-ނަންގެ މަގްބޫލްކަންކުޑަވި އެވެ. އޭގެފަހުން އޭނާ ދިރިއުޅުއްވަމުން ގެންދެވީ ގައުމުން ބޭރުގައެވެ. ސިންގަޕޫރު، އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ފްރާންސްގައެވެ. ގިނައިން ދިރިއުޅުއްވަމުން ގެންދެވީ ޗައިނާގެ ސަރަހައްދެއް ކަމަށްވާ މަކާއުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު