Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒު ރަހީނުކޮށް، ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 45 ދުވަސް، ވަގުތުން ދޫކޮށްލަން ގޮވާލަން: ޖޭޕީ

16 އެޕްރީލު 2018 | ހޯމަ 11:41

ރިޔާޒު ހައްޔަރުކުރީ މާރޗް މަހުގެ ދެވަނަ ދުވަހު އެއްވުމުގެ ތެރެއިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އެޕްރީލު 2018 | ހޯމަ 11:41
އަބްދުﷲ ރިޔާޒު ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 45 ދުވަސް ވެފައިވާތީ ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން

އަބްދުﷲ ރިޔާޒު ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 45 ދުވަސް ވެފައިވާތީ ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވަގަށްނަގައި ރަހީނުކޮށްފައި ކަމަށާއި ވަގުތުން ރިޔާޒު ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.

ރިޔާޒު ހައްޔަރު ކޮށްފައިވާތާ 45 ދުވަސް ހަމަވުމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ޚާއްސަ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރިޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރުކުރިއިރު، މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނު ސަސްޕެންޑް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ރިޔާޒު ނުވަތަ ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ހައްޔަރު ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ރިޔާޒު ހައްޔަރުކޮށް، މިއަދަށް 45 ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައި އެވަނީ ރަހީނުކޮށްގެން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަލީ ހުސައިން ވިދާޅުވީ ރިޔާޒު ހައްޔަރު ކުރީ ކުށުގެ މާހައުލަކުން ވެސް ނޫން ކަމަށާއި އެތައް ބަޔަކު ސުލްހަވެރިކަމާއެކު ކުރި އިހުތިޖާޖެއްގެ ތެރެއިން ރިޔާޒާއެކު އިތުރު ބަޔަކު ހައްޔަރުކުރި ކަމަށެވެ. އަދި ރިޔާޒާއެކު ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަލީ ހުސައިން ވިދާޅުވީ ޝަރީއަތް ނިމެންދެން ރިޔާޒު ބަންދުކުރަން ނިންމާފައިވަނީ މާކުރިން ހިންގާފައިވާ ޝަރީއަތަކާ ގުޅިގެންކަން ކަމަށާއި އެމައްސަލައާ ގުޅިގެން ޝަރީޢަތް ނިމެންދެން ރިޔާޒު ޖަލުގައި ބަހައްޓަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސައިން ވިދާޅުވީ ކުއްލި ނުރައްކަލުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ގެންގޮސް ޝަރީއަތް ނިމެންދެން ބަންދުކުރީ ވަގުވަގަށް ކަަމަށާއި ވަކީލަކު ހަމަޖެއްސުމަށް ދިން މުއްދަތު ހަމަނުވަނީސް ކޯޓަށް ރިޔާޒު ގެންގޮސް ބަންދުކުރީ ވަކީލަކާ ވެސް ނުލައި ކަމަށެވެ. ކޮންމެ މީހަކަށް ދެވޭ އަނިޔާއަކީ ވެސް އަނިޔާއެއް ކަމަށާއި މިކަންކަމާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޝަރީއަތް ނިމެންދެން ރިޔާޒު ޖަލުގައި ބަންދުކުރަން އަމުރުކުރިއިރު، މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ވެސް ވަނީ ބަދަލުވެފައި ކަމަށެވެ.

އަލީ ހުސައިން އާއި އަމީތުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދުއާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ރިޔާޒަށް ލިބެންޖެހޭ ހަންގުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނިގުޅައިގަނެފައިވާ ކަމަށާއި ޖަލުގައި ލާއިންސާނީ އަނިޔާ ދެމުންދާއިރު އެކަންކަމުގައި އުޅޭ ފަރާތްތަކުން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް