Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޭމްސް ކޯމޭ

އަޚުލާގީ ގޮތުން ބަލާއިރު ރައީސްކަމަށް ޓްރަމްޕް ކުފޫ ހަމައެއް ނޫން: ކޯމޭ

ޓްރަމްޕްވަނީ ކޯމޭއަކީ އެތައް ދޮގެއް ހައްދާވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 އެޕްރީލު 2018 | ހޯމަ 09:37
އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭ(ކ) އަދި ރައީސް

އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭ(ކ) އަދި ރައީސް

އަޚުލާގީ ގޮތުން ބަލާއިރު ޑޮނަލްޑް ޓްރަމްޕް ރައީސަކަމަށް ކުފޫ ހަމަނުވާ ކަމަށާއި އަންހެނުންނާ މެދު އަމަލުކުރަނީ "މަސްފޮއްޗަކާ ދޭތެރޭ އަމަލުކުރާހެން" ކަމަށް އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭ ވިދާޅުވެއްޖެއެވެ.

މިއީ އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ކޯމޭ ވަކިކުރެއްވި ފަހުން މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.

އޭބީސީއަށް ދެއްވި އިންޓަރވިއުގައި ކޯމޭ ވިދާޅުވީ ޓްރަމްޕްއަކީ "ތެދު އެއީ އެބޭފުޅަކަށް އަގެއް ހުރި އެއްޗެއް ކަމަށް ނުވާ ބޭފުޅެއް" ކަމަށެވެ.

އިންޓަވިއު ދެއްކުމުގެ ކުރިން ރައީސް ޓްރަމްޕް ވަނީ ބަހުގެ ހަމަލާ ދެއްވައި ކޯމޭއަކީ އެތައް ދޮގެއް ހައްދާވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ އެމަނިކުފާނު ސިއްހީގޮތުން ފިޓް ނޫންހެނެއް. އަޅުގަނޑަށް ހީވަނީ އެމަނިކުފާނަކީ އަޚުލާގީ ގޮތުން ރައީސް ކަމަށް ފިޓް ނޫން ބޭފުޅެއް ކަމަށް" އޭބީސީއިން އާދީއްދަ ދުވަހުގެ ރޭ ގެނެސް ދިން ޕްރޮގްރާމްގައި ކޯމޭ ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ކޯމޭ މަގާމުން ވަކިކުރެއްވީ އެންމެ ފަހުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އީމެއިލް މައްސަލައިގެ ތަހްގީގު ގެންދެވި ގޮތުން ކަމަށެވެ. އެހެން ނަމަވެސް ޑިމޮކްރޭޓުން ބުނަމުން ދަނީ ޖޭމްސް ކޯމޭ މަގާމުން ވަކިކުރެއްވީ އެފްބީއައި އިން ތަހްގީގު ކުރަމުންދާ، ރައީސް ޓްރަމްޕާއި ރަޝިއާގެ ގުޅުމުގެ ތުހުމަތުގެ މައްސަލައިގައި ކަމަށެވެ.

ކޯމޭ މަގާމުން ވަކިކުރެއްވިކަން އެންގެވި ސިޓީފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، ކޯމޭއަށް، އެކަށީގެންވާ ގޮތެއްގައި މުައައްސަސާ ހިންގެވުމަށް ނުކުޅެދިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު