Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދޫމާގެ ކެމިކަލް ހަމަލާ

އެމެރިކާއާއި އެގައުމުގެ ބައިވެރިން ސީރިޔާއަށް ބޮން އަޅަން ފަށައިފި

14 އެޕްރީލު 2018 | ހޮނިހިރު 04:41

ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަމަށް ރިޕޯޓްކޮށްފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 އެޕްރީލު 2018 | ހޮނިހިރު 04:41
ސީރިޔާގެ ދައުލަތުގެ ޓީވީއިން ވަނީ އެ ގައުމުގެ ސިފައިން ހަމަލާދީ 10 އަކަށްވުރެ ގިނަ މިސައިލް ވައްޓާލިކަމަށް ބުނެފަ

ސީރިޔާގެ ދައުލަތުގެ ޓީވީއިން ވަނީ އެ ގައުމުގެ ސިފައިން ހަމަލާދީ 10 އަކަށްވުރެ ގިނަ މިސައިލް ވައްޓާލިކަމަށް ބުނެފަ

އެމެރިކާއާއި އިނގިރޭސިވިލާތާއި ފްރާންސް ގުޅިގެން ސީރިޔާގެ ކެމިކަލް ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަން ކަމަށް އެފަރާތްތަކުން ތުޙުމަތުކުރާ ތަންތަނަށް ހޮނިހިރު ދުވަހުގެ ފަތިހު ބޮންއަޅަން ފަށައިފިއެވެ.

މި ހަމަލާތަކަކީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ސީރިޔާގެ ޣޫތާގެ ޓައުނެއްކަމަށްވާ ދޫމާގައި ދިން ކަމަށްބުނާ ކެމިކަލް ހަމަލާގެ ރައްދުގައި ދީފައިވާ ހަމަލާތަކެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ގައުމާއި މުޚާތަބު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، "ފްރާންސްއާއި އިނގިރޭސި ވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން ހިންގާ އޮޕަރޭޝަން ދަނީ ކުރިޔަށް" ކަމަށެވެ.

ސީރިޔާ މީޑިއާތަކުން ވަނީ އެ ޤައުމުގެ ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ރިޕޯޓްކޮށްފައެވެ.

ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.

ސީރިޔާގެ ދައުލަތުގެ ޓީވީއިން ބުނެފައިވަނީ އެ ޤައުމަށް ގުޅިފައިވާ ކޯލިޝަނުން އެޅި 10 އަކަށްވުރެ ގިނަ މިސައިލަށް އެޤައުމުޔގެ ސިފައިން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.

ސީރިޔާ ސަރުކާރުގެ މައި މަދަދުގާރު ކަމުގައިވާ ރަޝިއާއިން، އެމެރިކާގައި ހުންނަވާ އެގައުމުގެ އެމްބަސެޑަރ މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އެފަދަ އަމަލެއްގެ ރައްދެއް ނުދީ ދޫކޮށް ނުލާނެ" ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭވެސްވަނީ ހަމަލާތަކުގައި އެ ގައުމުތަކުން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
29 މެއި 2017

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

29 މެއި 2017
އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް