Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސްގެ ކުއްލިހާލަތު

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

1 ޖޫން 2017 | ބުރާސްފަތި 09:25

ސިފައިން މަރުވީ ވައިގެ މަގުން ދިން ހަމަލާތަކެއްގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 ޖޫން 2017 | ބުރާސްފަތި 09:25
ސިފައިން މަރުވެފައިވަނީ މަރާވީ ސީޓީގައި ސިފައިން ދިން ހަމަލާއެއްގައި

ސިފައިން މަރުވެފައިވަނީ މަރާވީ ސީޓީގައި ސިފައިން ދިން ހަމަލާއެއްގައި

ފިލިޕީންސްގެ ހަނގުރާމަވެރިންގެ އަތްދަަށަށް ގެންގޮސްފައިވާ ދެކުނުގެ މަރާވީ ސިޓީ އަނބުރާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ފިލިޕީންސްގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި ފިލިޕީންސް އަސްކަރިއްޔާގެ 10 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

މިންޑަނާއޯ އައިލެންޑްގެ މަރާވީ ސިޓީގައި ބުދަ ދުވަހު ހިނގި މި ހާދިސާގައި އިތުރު 8 މީހަކު ވަނީ ޒަޚަމް ވެފައެވެ.

"އަސްކަރިއްޔާގެ ސިފައިންގެ ގްރޫޕަކަށް އަޅުގަނޑުމެން އަމިއްލައަށް ވައިގެމަގުން ދިން ހަމަލާތަކެއް ވަނީ އަމާޒުވެފަ"، މިނިސްޓަރ ޑެލްފިން ލޮރެންޒާނާ ވިދާޅުވިއެވެ.

"އެއީ ދެރަކަމެއް. އެކަމަކު ބައެއް ފަހަރު އެކަން ހިނގާ" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ބައެއް ފަހަރު ބޯ ދުންފިނީގައި ކުރާ ހަނގުރާމައިގައި، ނޫނީ ކޯޑިނޭޝަން ރަނގަޅަށް ނުގެންދެވިގެން އަޅުގަނޑުމެންގެ އަމިއްލަ މީހުންގެ ގަޔަށް ހަމަލާއަރާ" އޭނާ ވިދާޅުވިއެވެ.

ހަނގުރާމަވެރި އައިއެސް ޖަމާއަތާއި ގުޅުން އޮންނަ ފިލިޕީންސްގެ ޖަމާއަތަކުން މަރާވީ ސިޓީގެ ބައެއް ހިފާފައިވާއިރު، ސަރުކާރުގެ ބާރުގެ ދަށަށް އެބައި ގެންދިއުމަށް ފިލިޕީންސްގެ އަސްކަރިއްޔާއިން ވަނީ އެއްގަމާއި ވައިގެ މަގުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މަރާވީން ހަނގުރާމަވެރިން ފައްސާލުމަށް ކުރިޔަށްގެންދާ މި އޮޕަރޭޝަންގައި އާއްމުންވެސް ހިމެނޭގޮތުން އެތައް ބަޔަކު ވަނީ މަރުވެފައެވެ.

މިންޑަނާއޯ އަކީ އެތައް ބައިވަރު މުސްލިމުން އުޅެމުންދާ ރަށަކަށްވާއިރު ހަނގުރާމަވެރި ގްރޫޕްތަކުން ދަނީ އެމީހުންގެ އަމިއްލަ ވެރިކަމެއް އެ ސަރަޙައްދުގައި ގާއިމް ކުރެވޭތޯ ބަލަމުންނެވެ.

މެއި މަހުގެ 23 ވަނަ ދުވަހު ހަނގުރާމަވެރިން ފެށި ހަމަލާތަކުގައި ކްރިސްޓިއަނުންގެ ފައްޅިތަކާއި ސިޓީ ޖަލު އަދި ދެ ސްކޫލެއްގައި ހުޅުޖަހައި މައި ދެ މަގާއި ސިޓީއަށް ދާން އޮންނަ ދެ ބްރިޖް ވަނީ ހިސާރުކޮށްފައެވެ.

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގައި 100 ވަރަކަށް މުސްލިމް ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާއެކު ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު މައި ސިޓީ، މަރާވީ ހަނގުރާމަވެރިންގެ އަތްދަށަށް ގެންދިއުމުން ރައީސް ރޮޑްރިގޯ ޑުޓާޓޭވަނީ އެ ރަށުގައި މާޝަލް ލޯ ތަންފީޒު ކުރައްވަން ފައްޓަވާފައެވެ.

އެ ސިޓީއަކީ 200،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެއްކަމަށްވާއިރު އެއީ މުސްލިމުންގެ އަދަދުގިނަ ސިޓީއެކެވެ.

މާޝަލް ލޯގެ ދަށުން އަސްކަރިއްޔާއިން މީހުން ހިފާ ހައްޔަރުކޮށް، ދައުވާއެއް ނުކޮށް ދިގު މުއްދަތެއް ވަންދެން ހައްޔަރުގައި ބޭތިއްބުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް